Roadha Mihaaru
އެމްޓީސީސީގެ ފަހުރު: ގައުމު ބިނާކުރަން ދިވެހި ދަރިން

އެމްޓީސީސީގެ ފަހުރު: ގައުމު ބިނާކުރުމުގައި ރައްޔިތުންގެ ދަރިން

04 މެއި 2021

މަސައްކަތުގެ މައިދާނުގައި އެންމެ މުހިއްމު ރައުސްމާލަކީ ވަޒީފާތަކުގައި އުޅޭ މުވައްޒަފުން ކަމާމެދަކު އެއްވެސް ފަރާތަކުން ދެބަހެއް ނުވާނެ އެވެ. މިވަގުތު ރާއްޖޭގައި އޮތް އެންމެ ޒަމާންވީ ކުންފުނީގެ އަމާޒަކީ ކުންފުންނީގެ މަސައްކަތްތަކުގައި ދިވެހި މުވައްޒަފުންގެ ބައިވެރިވުން އެއް އަހަރުން އަނެއް އަހަރަށް އިތުރުކުރުމެވެ. އެމްޓީސީސީގެ ޓީމު މަސައްކަތްކުރަން ޖެހިފައިވަނީ ބަދަލުވަމުންދާ މާހައުލެއްގައި ކަމަށްވުމާ އެކު، އެއީ ގާބިލް ބާރުވެރިކުރުވިފައިވާ އެކުގައި މަސައްކަތް ކުރުމުގެ ރޫހާއި ކުންފުނީގެ އެކި ދާއިރާތައް ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އޮތް ޓީމަކަށް ވާންޖެހެ އެވެ.

މަސައްކަތުގެ މައިދާނުގައި އެންމެ މުހިއްމު ރައުސްމާލަކީ ވަޒީފާތަކުގައި އުޅޭ މުވައްޒަފުން ކަމާމެދަކު އެއްވެސް ފަރާތަކުން ދެބަހެއް ނުވާނެ އެވެ. މިވަގުތު ރާއްޖޭގައި އޮތް އެންމެ ޒަމާންވީ ކުންފުނީގެ އަމާޒަކީ ކުންފުންނީގެ މަސައްކަތްތަކުގައި ދިވެހި މުވައްޒަފުންގެ ބައިވެރިވުން އެއް އަހަރުން އަނެއް އަހަރަށް އިތުރުކުރުމެވެ. އެމްޓީސީސީގެ ޓީމު މަސައްކަތްކުރަން ޖެހިފައިވަނީ ބަދަލުވަމުންދާ މާހައުލެއްގައި ކަމަށްވުމާ އެކު، އެއީ ގާބިލް ބާރުވެރިކުރުވިފައިވާ އެކުގައި މަސައްކަތް ކުރުމުގެ ރޫހާއި ކުންފުނީގެ އެކި ދާއިރާތައް ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އޮތް ޓީމަކަށް ވާންޖެހެ އެވެ.

މުވައްޒަފުން ހޯދުމާއި ތަމްރީނުކުރުން އަދި ދެވޭ އުޖޫރަ ކަނޑައެޅުމުގައި އެމްޓީސީސީ ގެންގުޅޭ ސިޔާސަތަކީ ރޭވުންތެރިކަމާ އެކު ވިޔަފާރި ހިންގުމަށް މަގުފަހިކޮށްދޭ، އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ފުރުސަތު ލިބޭ، ލީޑާޝިޕް ވަރުގަދަކޮށްދިނުމެވެ. މުވައްޒަފުންގެ ބައިވެރިވުން ހޯދާ، ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ފުރުސަތު ލިބޭ ސިޔާސަތެކެވެ.

ކުންފުނީގެ މުވައްޒަފުންނަކީ ހުނަރުވެރި ގާބިލު ބަޔަކަށް ހެދުމަށްޓަކައި، މުވައްޒަފުން ތަމްރީން ކުރުމާއި، ތަރައްގީ ކުރުމަކީ، ކުންފުނިން އަގުވަޒަންކުރާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ތަފާތު ވިޔަފާރިތަކުގައި ކުންފުނިން އަދާކުރަމުންދާ އިސް ދައުރު އަދާކުރަމުން ގެންދިއުމަށް ބޭނުންވާ ހުނަރާއި ފަންނުވެރިކަން ކަށަވަރުކުރުމަށް، ނަތީޖާ ނެރެވޭ ސިޔާސަތުތަކެއްގެ ދަށުން ތަމްރީނު ޕްރޮގްރާމްތައް ހިންގަމުން ގެންދެވެ އެވެ.

އެމްޓީސީސީގެ މުވައްޒަފުންނަށް ޓްރެއިނިން އެއް ދެނީ

އެމްޓީސީސީގެ މުވައްޒަފުންނަށް ޓްރެއިނިން އެއް ދެނީ

ކުންފުންޏަށް ބޭނުންވާ މުހިއްމު ދާއިރާތަކުން ރާއްޖެ އާއި ރާއްޖޭން ބޭރުން ފުރަތަމަ ޑިގްރީ އާއި ޕްރޮފެޝަނަލް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މުވައްޒަފުންނަށް ހޯދައިދެވެ އެވެ. ކުންފުނީގެ އަމާޒަކީ ކުންފުނީގެ މުައްޒަފުންނަކީ ގިނަ ދުވަހު ވަޒީފާގައި ދެމިތިބޭ، ކުންފުންޏަށް އެ މުއައްޒަފުންގެ ފަރާތުން ދިގު ރާސްތާގައި ފައިދާތަކެއް ލިބޭބަޔަކަށް ހެދުމެވެ. ނަތީޖާ ނެރެދޭ ވަކިވަކި މުއައްޒަފުންނާއި ޓީމްތައް ފާހަގަކޮށް އެފަރާތްތަކަށް ހިތްވަރުދީ އެފަރާތްތަކުގެ އަގު ކުންފުނިން އަބަދުވެސް ވަޒަންކުރެ އެވެ. އަހަރީ ޕްރޮގްރާމެއްގެ ދަށުން ހައްޖު އަދި އުމްރާގެ އަޅުކަން ގާއިމުކުރަން މުވައްޒަފުންނަށް ފުރުސަތު ދެވެ އެވެ. އަދި "ހެލްތު އިންޝުއަރެންސް" ގެ ހިދުމަތް ހުރިހާ މުވައްޒަފުންނަށް ފޯރުކޮށްދެވެ އެވެ. މީގެ 40 އަހަރު ކުރިން އުފެދުނު އެމްޓީސީސީގެ ކުރިއެރުމުގައި ދިވެހި މުވައްޒަފުންގެ ހިއްސާ ބޮޑެވެ.

ކުންފުނީގެ ބޯޑާއި މެނޭޖްމަންޓުން ފެށިގެން އެންމެ އާދައިގެ މުވައްޒަފުންނާއި ހަމައަށް ފެންނަ މޫނުތަކުގެތެރޭގައި ގިނައީ ދިވެހި މުވައްޒަފުންނެވެ. ޕްރޮޖެކްޓް ސައިޓްތަކުގެ ސުޕަވައިޒަރުން ފެށިގެން ލޯންޗު ކެޕްޓަނުންގެ ގޮތުގައި ހަރަކާތްތެރިވާ ދިވެހި މުވައްޒަފުން ވެސް މަދެއް ނޫނެވެ. ކުންފުނީގައި މިހާރު ވަޒީފާއަދާކުރާ 2،332 މުވައްޒަފުންގެ ތެރެއިން ގިނަ މުވައްޒަފުންނަކީ ދިވެހިންނެވެ.

އެމްޓީސީސީން ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ނަމުގައި 2018 ވަނަ އަހަރު ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް މިއަހަރު އަލުން ފެށުމަށް ނިންމި ނިންމުމަކީ، ކުންފުނީގެ ޓީމުގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުންފުނިން ދޭ މުހިއްމުކަން ރަމްޒުކޮށްދޭ ކަމެކެވެ. ހުނަވަރު ޕްރޮގްރާމްގެ މަގްސަދަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުމެވެ. މި ޕްރޮގްރާމްގެ ތެރެއިން ހެވީ ވެހިކަލް އޮޕްރޭޓް ކުރުމާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރު އޮޕަރޭޓް ކުރުމާއި، އިންޖިނިއަރިން، ވެލްޑިންގް، ޑްރެޖިން އަދި އެންވަޔަރަމެންޓަލް ސާވޭއިންގެ ދާއިރާއިން ގިނަ ބައިވެރިންތަކެއް ތަމްރީން ކުރެވިގެންދާނެ އެވެ.

އެމްޓީސީސީގެ މުވައްޒަފެއް ވެލްޑިން މަސައްކަތް ކުރަނީ

އެމްޓީސީސީގެ މުވައްޒަފެއް ވެލްޑިން މަސައްކަތް ކުރަނީ

ހުނަވަރު ޕްރޮގްރާމް ބެހިގެން ވަނީ ދެ ބަޔަކަށެވެ. އެއީ މިއަހަރު ޖެނުއަރީ މަހުން ފެށިގެން ކުރިއަށްދާ ހުނަވަރު ލައިސެންސިން ޕްރޮގްރާމްއާއި ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމެވެ. ހުނަވަރު ލައިސެންސިން ޕްރޮގްރާމްގެ ދަށުން މިއަހަރުގެ ޖެނުއަރީ މަހުގެތެރޭ އައްޑޫ އާއި ފުއައްމުލަކުގައި އެމްޓީސީސީން ކުރިއަށް ގެންދިޔަ "އޯޕަން ޑޭ" އިން ގިނަ ބައިވެރިންތަކަކަށް ހުނަވަރު ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ. އަދި މިއަހަރުގެ މެއި މަހު ފެށޭ ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމްގެ ދަށުން، މިއަހަރު އެކަނި 30 ދިވެހިން ތަމްރީން ކުރެވިގެންދާނެ އެވެ. އެމްޓީސީސީގެ އަމާޒަކީ މި ޕްރޮގްރާމްގެ ދަށުން 3 އަހަރު ދުވަހުގެތެރޭ 100 ދިވެހިން ތަމްރީން ކުރުމެވެ.

އެމްޓީސީސީން ގަބޫލުކުރާ ގޮތުގައި، ދިވެހިން މުވައްޒަފުންނަކީ ހުނަރުވެރި ކަމަށް ގާބިލު ވަޒީފާއަށް ކަމޭހިތާ އިހުލާސްތެރި ބައެކެވެ. ކުންފުނީގެ އަމާޒަކީ އަބަދުވެސް ދިވެހިންނަށް އިސްކަން ދީގެން ދިވެހިންނަށް ފުރުސަތުތައް ހޯދައިދީގެން، ދިވެހިންގެ ބައިވެރިވުމާ އެކު ކުންފުނި ކުރިއެރުވުމެވެ. އޮކްޓޯބަރު 7، 2020 ގައި އެމްޓީސީސީގެ ބޮޑު ޑްރެޖަރު މަހާ ޖައްރާފުގެ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލުކުރުމަކީ ވެސް ކުންފުނިން ނިންމި ތާރީހީ ނިންމުމެކެވެ. އެމްޓީސީސީގެ މިނިންމުމުގެ ސަބަބުން ބިދޭސީ ފަޅުވެރިންގެ މުސާރައިގެ ގޮތުގައި ދިވެހިރާއްޖެ އިން ބޭރުވާ ފައިސާ ރާއްޖޭގައި ހިފެހެއްޓި، ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ފަހިވެ މިކަމުގެ ހެޔޮ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރާނެ އެވެ.

އެމްޓީސީސީގެ މަގްސަދަކީ ތަފާތުތައް އެކުލެވޭ މުވައްޒަފުން ބައިވެރިކޮށް ޓީމު ބިނާކޮށް، އެންމެންގެ ބައިވެރިވުން ލިބޭ، އެކަކު އަނެކަކަށް އިހްތިރާމްކުރާ މަސައްކަތުގެ މާހައުލެއް ގާއިމުކޮށް ވިޔަފާރިތަކަށް ކުރިއެރުން ހޯދުމެވެ. އެމްޓީސީސީ ގަބޫލުކުރާގޮތުގައި ޓީމުތަކުގެ ތެރޭގައި ހިމެނޭ ތަފާތުކަމުގެ ސަބަބުން މަސައްކަތުގައި މުވައްޒަފުންގެ ފަރާތުން ލިބޭ ބައިވެރިވުން އިތުރުވެ އެވެ. އަދި މީގެ ސަބަބުން ވިޔަފާރީގެ ކުރިއެރުމަށް މަގުފަހިކޮށްދީ، މުވައްޒަފުންގެ ބޭނުންތަކާއި ތަފާތު ކަސްޓަމަރުން، ވިޔަފާރީގެ ބައިވެރިން އަދި ނަފާވެރިންގެ ބޭނުންތައް ދެނެގަތުމަށް އެހީތެރިވެދެ އެވެ. އަދި ޓީމުގައި އެކުލެވޭ ހުނަރު އިތުރުވެ ފުޅާވެގެންދެ އެވެ.

އެއްވެސް މީހަކަށް ތަފާތުކުރުމެއްނެތި، މީގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންވެސް ހިމެނޭގޮތަށް، ވަޒީފާގެ ފުރުސަތު ދިނުމާއި ވަޒީފާގެ ކުރިއެރުން ހޯދައިދިނުން އަދި ތަމްރީނުކުރުމާއި މުވައްޒަފުންގެ އަގު ވަޒަންކުރުމަކީ ކުންފުނިން މުހިންމުކަންދޭ ކަމެކެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާދިނުމުގައި ވަޒީފާގެ މަސްއޫލިއްޔަތަށް ބަދަލުގެނެވޭ މިންވަރަކުން ވަޒީފާގެ ޑިޒައިން ބަދަލުކޮށް، ކަމާގުޅޭ ތަމްރީނު އެފަދަ މުވައްޒަފުންނަށް ފޯރުކޮށްދެވެ އެވެ.

އެމްޓީސީސީގެ ކައުންޓަރުން ލިޔުންތަކެއް ބަލައިގަންނަނީ

އެމްޓީސީސީގެ ކައުންޓަރުން ލިޔުންތަކެއް ބަލައިގަންނަނީ

އެމްޓީސީސީއަކީ ދެ ޖިންސުގެ މުވައްޒަފުންނަށް ވެސް ވަޒީފާގައި ކުރިއަށް ދިއުމުގެ ހަމަހަމަ ފުރުސަތުތަކެއް ފޯރުކޮށްދޭ ކުންފުންޏެކެވެ. މިގޮތުން ކުންފުނީގެ ތަރައްޤީގެ ދަތުރުގައި އަންހެން މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމަކީ ކުންފުނިން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. ދިވެހި އަންހެން ކަނބަލުން ތަފާތު އެކި ދާއިރާތަކުގައި ފިރިހެނުންނާއި އެއްހަމައެއްގައި ފައިހަމަކުރަމުންދާތަން މިއަދުގެ މުޖުތަމައުއިން ދަނީ ފެންނަމުންނެވެ. ދިވެހި އަންހެނުންނާއި މެދު ޒަމާނުއްސުރެ މުޖުތަމައުގައި ހުރި ބޯދާ ވިސްނުންތަކާއި، ނަޒަރިއްޔާ ބަދަލުކުރުމަށް އެކަނބަލުން ވަނީ ގުރުބާނީތަކެއް ވެފަ އެވެ. އެކަނބަލުންގެ މި ގުރުބާނީގެ ދަތުރުގައި އިސް ދައުރެއް އަދާކުރުމަށް އެމްޓީސީސީ އޮތީ އަތުކުރި އޮޅާލައިގެންނެވެ. އެކުންފުނިން އިއުލާނުކުރާ އެއްވެސް ވަޒީފާއަކީ ވަކި ޖިންސަކަށް އަމާޒުކޮށްގެން އިއުލާނުކުރާ ވަޒީފާތަކެއް ނޫނެވެ.

ކުންފުނީގެ އެގްޒެކެޓިވް އަދި އިދާރީ މަގާމުތަކެކޭ އެއްފަދައިން ކުންފުނީގެ ފަންނީ މަގާމުތަކުގައިވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ ކުންފުނީގެ އަމާޒެވެ. ވެލްޑަރުންނާއި ކާޕެންޓަރުންނާއި މޭސަނުންނާއި ލޯންޗް އޮޕަރޭޓަރުންނާއި ފަޅުވެރިންގެ ވަޒީފާތަކުން ކުރިއަށްއޮތް ދުވަސްތަކުގައި އަންހެން ކަނބަލުން ފެނިގެން ދިއުމަކީ ކުންފުނީގެ އުއްމީދެވެ. މިގޮތުން "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން، މިއަހަރުގެ ނޮވެމްބަރު މަހު ސްޕީޑް ފެރީގެ ހިދުމަތް ފެށިގެން ދާއިރު، މުވައްޒަފުންގެ 50 ޕަސެންޓް ހޮވުމުގައި، އަންހެން ކަނބަލުންނަށް ފުރަތަމަ އިސްކަން ދިނުމަށް އެމްޓީސީސީއިން ވަނީ ނިންމާފަ އެވެ.

ވަޒީފާގެ މާޙައުލަކީ މުވައްޒަފުންނަށް އަމާން ރައްކާތެރި މާޙައުލަކަށް ވުމަކީ ކޮންމެ މުވައްޒަފަކަށް ވެސް ލިބިދޭންޖެހޭ އަސާސީ ހައްގެކެވެ. އަދި އެމްޓީސީސީ ފަދަ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏެއްގައި މުވައްޒަފުންގެ މި ހައްފު ކަށަވަރު ކުރުމަށް މެނޭޖްމަންޓުން ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ. މިގޮތުން އެމްޓީސީސީގެ ޕްރޮޖެކްޓް ސައިޓް ތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ތިބެނީ ފުރިހަމަ އަށް ސޭފްޓީ ކިޓް އަޅައިގެންތޯ ސައިޓް ސުޕަވައިޒަރުން އަބަދުވެސް ކަށަވަރު ކުރެ އެވެ. އަދި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާނޭ ފިޔަވަޅުތައް މިސައިޓްތަކުގައި އަބަދުވެސް ހުންނަނީ ފުރިހަމަ ކުރެވިފަ އެވެ. މިގޮތުން މަސައްކަތުގެ މާހައުލުގައި ދިމާވި އެކްސިޑެންޓެއްގައި އެމްޓީސީސީގެ މުވައްޒަފަކު ހާލުބޮޑުވި ވާހަކައެއް ތިއިން ބޭފުޅަކުން މިއިން ދުވަހަކުވެސް އައްސަވާފައި ނުވާކަމީ މިކަމުގެ ހެއްކެކެވެ. ޕްރޮޖެކްޓް ސައިޓްތަކެކޭ އެއްފަދައިން އެމްޓީސީސީގެ ކަނޑު އަދި އެއްގަމު ދަތުރުފަތުރު ކުރާ މުވައްޒަފުންނަކީ ވެސް އެ މުވައްޒަފުންގެ އަމިއްލަ ސަލާމަތަށާއި ކަސްޓަމަރުންގެ ސަމާލުކަމަށް އަބަދުވެސް ސަމާލުކަންދޭ ބައެކެވެ.

އެމްޓީސީސީގެ ސޯޝަލް މީޑިއާ ސައިޓްތައް މެދުވެރިކޮށް ކޮވިޑްގެ ދުވަސްވަރު އާއި ކަނޑުގަދަ ވިއްސާރަ ދުވަސްވަރު އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތަކާ ގުޅޭގޮތުން ޢާއްމުން އަބަދުވެސް ހޭލުންތެރިކުރަމުން ގެންދެވެއެވެ. އަދި ކުންފުނީގެ އެކި އެކި ޑިވިޝަން ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް "ފަޔާ ސޭފްޓީ" އަދި "ފަސްޓް އެއިޑް" ޓްރޭނިން ފަދަ ޓްރޭނިންތައް ފޯރުކޮށްދެމުން ގެންދެވެ އެވެ

އެމްޓީސީސީއަކީ ދިވެހި ރައްޔިތުންގެ ކުންފުންޏެވެ. ކުންފުނި ކުރިއަރުވާ ހިންގަން ކުންފުންޏަށް ބޭނުންވަނީ ދިވެހި މުވައްޒަފުންގެ ހިދުމަތެވެ. މެދުކެނޑުމެއްނެތި އެންމެގިނައިން ވަޒީފާގެ ފުރުސަތުތައް ދިވެހިންނަށް ފަހިކޮށްދޭ ކުންފުންޏަކަށް ހަމަ ގައިމުވެސް އެމްޓީސީސީ ވާނެ އެވެ. އެމްޓީސީސީގެ އަމާޒަކީ އެމަނިކުފާނު ދެއްކެވި މަގުން ހިނގުމެވެ. މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހު ދެއްވި ޚިތާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ފަދައިން ގައުމެއްގެ ތަރައްގީއަށް އެންމެ ބޮޑު ދިރުމެއް އަންނަނީ އެ ގައުމެއްގެ އަމިއްލަ ދަރިން ގައުމު ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތާ ހަވާލުވެގެންނެވެ.