Roadha Mihaaru
އާރްޓީއެލް: ރައްޔިތުންގެ ބޮޑު އިތުބާރެއް ލިބިއްޖެ

އާރްޓީއެލްއަށް އެއް އަހަރު: ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިއްޖެ

02 މެއި 2023

ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ރައްޔިތުން ދަތުރުފަތުރުގެ ވައްޓަފާޅި ބަދަލުކޮށްލައި، ރަށްރަށަށް ދިއުމަށް ކުރި ހޭދައަށް، ބޮޑު ލުޔެއް ލިބުނީ މިދިޔަ އަހަރުގެ މެއި 2 ވަނަ ދުވަހު ސަރުކާރުން އިސް ނަގައިގެން ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ހިދުމަތް ފެށުމާ ގުޅިގެންނެވެ.

ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ރައްޔިތުން ދަތުރުފަތުރުގެ ވައްޓަފާޅި ބަދަލުކޮށްލައި، ރަށްރަށަށް ދިއުމަށް ކުރި ހޭދައަށް، ބޮޑު ލުޔެއް ލިބުނީ މިދިޔަ އަހަރުގެ މެއި 2 ވަނަ ދުވަހު ސަރުކާރުން އިސް ނަގައިގެން ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ހިދުމަތް ފެށުމާ ގުޅިގެންނެވެ.

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ހެދި "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އާރްޓީއެލްގެ ޒޯން 1 (ހއ. ހދ. ށ) ގެ ދަށުން، ހދ. އަތޮޅުގެ 13 ރަށް ހިމެނޭހެން ފަސް ރޫޓެއްގެ ދަތުރުތައް ފެށުމާ އެކު، އަތޮޅުގެ ރައްޔިތުން ރަށު ބަންދުން ވީއްލުނީ އެވެ. އަދި އެމްޓީސީސީގެ 42 އަހަރުގެ ދިގު ތާރީހުގައި ކަނޑުދަތުރުފަތުރުގެ ނިޒާމަށް އަންނާނެ އެންމެ ހެޔޮ ބަދަލުގައި ސިއްކަ ޖެހިގެން ދިޔައީ އެވެ.

މުޅި ރާއްޖެ ގުޅާލާ އާރްޓީއެލް ހައި ސްޕީޑް ފެރީ ހިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ ޖެނުއަރީ 17، 2021 ގަ އެވެ. ދެވަނަ އަދި ތިންވަނަ ފިޔަވަހި އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލްގަ އެވެ.

އާރްޓީއެލް ހިދުމަތް ދޭ އެމްޓީސީސީގެ މުވައްޒަފުންތަކެއް-- ފޮޓޯ: އެމްޓީސީސީ

އާރްޓީއެލް ހިދުމަތް ދޭ އެމްޓީސީސީގެ މުވައްޒަފުންތަކެއް-- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 20 އަތޮޅަށް އާރްޓީއެލްގެ ހިދުމަތް ދޭން ނިންމާފައިވަނީ ހަ ޒޯނަކަށް ބަހާލައިގެންނެވެ.

ހަ ޒޯނު ބެހިފައިވާ ގޮތް

- ޒޯނު 1 (ހއ. ހދ. ށ)

- ޒޯން 2 (ނ، ރ، ބ އަދި ޅ)

- ޒޯން 3 (ކ، އއ، އދ، އަދި ވ)

- ޒޯން 4 (މ، ފ، ދ، ތ އަދި ލ)

- ޒޯން 5 (ގއ އަދި ގދ)

- ޒޯން 6 (ސ އަދި ޏ)

އާރްޓީއެލް ހިދުމަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޓީސީސީގެ ސީއީއޯ އާދަމް އަޒިމް-- ފޮޓޯ: އެމްޓީސީސީ

އާރްޓީއެލް ހިދުމަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޓީސީސީގެ ސީއީއޯ އާދަމް އަޒިމް-- ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅަށާއި، ފޭސް 2 ގެ ދަށުން ޒޯން 2 ގެ ޅ. އަތޮޅަށް މިހާރު ވަނީ ސްޕީޑް ފެރީގެ ހިދުމަތް ދޭން ފަށައިފަ އެވެ. އެއީ ބޮޑުތިލަދުންމަތީގެ 41 ރަށާއި ޅ. އަތޮޅުގެ 5 ރަށާއެކު، ޖުމްލަ 46 ރަށެވެ.

ކުރިއަށްއޮތް ތަނުގައި، ބާކީ 16 އަތޮޅަށް ހިދުމަތް ދޭން ފެށި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުދަތުރުފަތުރުގެ އެއް ވިއުގައަކުން ގުޅާލާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އާރްޓީއެލް ފެރީ ހިދުމަތް ފެށިގެން މިވީ އެއް އަހަރު ދުވަހު ހދ. އަތޮޅުގައި 101,802 ރައްޔިތުން ދަތުރު ކޮށްފައިވެ އެވެ. އޭގެ އިތުރުން ހއ. އަތޮޅުގައި 89,993 ރައްޔިތުން، ށ. އަތޮޅުގައި 61,421 ރައްޔިތުން، އަދި ޅ. އަތޮޅުގައި 9,111 ރައްޔިތުން ދަތުރު ކޮށްފައިވެ އެވެ. އެއާ އެކު ޖުމްލަ 262,327 ރައްޔިތުން އާރްޓީއެލްގެ ހިދުމަތް ވަނީ ބޭނުންކޮށްފަ އެވެ.

ވޭތުވެދިޔަ އަހަރެއްހާ ދުވަހު ހދ. އަތޮޅުގައި 4,599 ދަތުރު، ހއ. އަތޮޅުގައި 5,546 ދަތުރު، ށ. އަތޮޅުގައި 3,280 ދަތުރު، ޅ. އަތޮޅުގައި 1,076 ދަތުރާ އެކު ޖުމްލަ 14,501 ޝެޑިއުލް ދަތުރު ވަނީ ކޮށްފަ އެވެ. އާރްޓީއެލްގެ ދަތުރުތަކުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް އެއްވެސް ދަތުރެއް ކެންސަލް ނުކޮށް ހަފްތާގެ ކޮންމެ ދުވަހަކު ކުރެވުނު ކަމެވެ. އެއާ އެކު ރައްޔިތުންގެ ބޮޑު އިތުބާރެއް އެމްޓީސީސީގެ އާރްޓީއެލް ދަތުރުތައް ވަނީ ލިބިފަ އެވެ.

އާރްޓީއެލްގެ ދަތުރުތަކުގެ ތަފްސީލު. އާރްޓީއެލް ހިދުމަތް ދިނުމުގައި 500 އަށް ވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވޭ-- ފޮޓޯ: އެމްޓީސީސީ

އާރްޓީއެލްގެ ދަތުރުތަކުގެ ތަފްސީލު. އާރްޓީއެލް ހިދުމަތް ދިނުމުގައި 500 އަށް ވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވޭ-- ފޮޓޯ: އެމްޓީސީސީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް ހިދުމަތުގެ ދަށުން ފެރީ އަދި ބަހުގެ ހިދުމަތް ފޯރުކޮށްދިނުމަށް 514 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުންޏެވެ.

ރައްޔިތުންނަށް ލުއި ފަސޭހަ އަދި އަވަސް ހިދުމަތްތަކެއް އާރްޓީއެލް އިން ފޯރުކޮށްދެމުން އަންނަނީ އެންމެ ޒަމާނީ، ދުވެލި ހަލުވި، އުޅަނދުތަކެއްގަ އެވެ. އެއާ އެކު ކުރިއަށް ވުރެ އެތައް ގުނައެއް އަވަސްކޮށް ރަށްރަށަށް މިހާރު ދަތުރުކުރެވެ އެވެ. އެއާކޯން ކުރެވިފައިވާ މި އުޅަނދުތައް ހުންނާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަރާ ފޭބޭ ގޮތަށެވެ. އަދި ބަލިމީހުން އުފުލުމަށް ވެސް ފަސޭހަވާނޭ ގޮތަށް ހަދައިފަ އެވެ. އާރްޓީއެލް އިން ދަތުރުކުރާ ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، އެންސްޕާގެ ދަފުތަރުގައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ސްކޫލް ކުދިން ޔުނިފޯމްގައި ތިބޭނަމަ، އެ ކުދިންނަށް ހިލޭ ދަތުރު ކުރެވޭނެ އެވެ.

އުޅަނދުގައި ފާހާނާ އާއި ލަގެޖް ބެހެއްޓޭނެ ޖާގަ ހުރެ އެވެ. އެމްޓީސީސން ބުނީ އާރްޓީއެލް އުޅަނދުތަކަކީ ރާއްޖޭގެ މޫސުމާއި އޮއިވަރާއި ބާންޏާއި ރާޅަށް ބެލުމަށް ފަހު ދެ މޫސުމަށް ވެސް، ފަހިވާނޭހެން ބަނދެފައިވާ، އުޅަނދުތަކެއް ކަމަށެވެ.

އާރްޓީއެލް ލޯންޗު ފެރީގެ އެތެރޭގެ ފޮޓޯއެއް ---ފޮޓޯ: ނިޝާން އަލީ | މިހާރު

އާރްޓީއެލް ލޯންޗު ފެރީގެ އެތެރޭގެ ފޮޓޯއެއް ---ފޮޓޯ: ނިޝާން އަލީ | މިހާރު

ހަފްތާގެ ކޮންމެ ދުވަހަކު އާރްޓީއެލްގެ ދަތުރުތައް ކުރެވޭނެ ގޮތް ވުމުން ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާޢީ ތަރައްގީއަށް ކުރިއެރުންތަކެއް ލިބި، ސަރަޙައްދީ ގޮތުން ރައްތަކަށް ތަރައްގީ ލިބެމުން އެބަ އާދެ އެވެ. ލޯކަލް ޓޫރިޒަމާއި ހޯމްސްޓޭ ޓޫރިޒަމް ފުޅާކުރުމުގެ ފުރުސަތު އިތުރަށް ވަނީ ރަށްރަށުގެ ރައްޔިތުންނަށް ފަހިވެފަ އެވެ.

ކައިރި ރަށްރަށުގައި ވަޒީފާ އަދާކުރުމުގެ އިތުރުން ތައުލީމު ހާސިލްކުރުމަށް ހުރި ފުރުސަތުތަކަށް ވެސް ލުއިފަސޭހަކަން ލިބިފައިވެ އެވެ. އަތޮޅު ހޮސްޕިޓަލްތަކަށް އަދި އަތޮޅު ވެރިކަންކުރާ ރަށްރަށުން ބޭނުންވާ ސިއްހީ އަދި އިދާރީ ހިދުމަތް ހޯދުމަށް ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ވަނީ ލިބިފަ އެވެ.

މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ، ހިންގާ މަޝްރޫއުތައް އެއީ ހަމައެކަނި ދިރިތިބުމަށްޓަކައި ކުރާ ކަންކަމުގެ އިތުރަށް، ދިރިއުޅުމުގެ މަގު ކޮށައި އަލިކޮށްދޭ ވަސީލަތްތައް ކަމުގައި ހެދުމެވެ. އެމަނިކުފާނު އެ ވިދާޅުވި ގޮތަށް އެކަން ބޮޑު ތިލަދުންމަތިންނާއި ފާދިއްޕޮޅު އަތޮޅުން މިއަދު އެދަނީ ފެންނަމުންނެވެ.

އާރްޓީއެލް ޅ. އަތޮޅަށް ފުރި ދެ ލޯންޗުގެ ތެރެއިން ލޯންޗެއް ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އާރްޓީއެލް ޅ. އަތޮޅަށް ފުރި ދެ ލޯންޗުގެ ތެރެއިން ލޯންޗެއް ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ހިދުމަތް ބޭނުންކުރަމުންދާ ރައްޔިތުންގެ ފަރާތުން ދަތުރުމަތީގައި ފެންނަމުންދާ ރަނގަޅު އާދަތައް، ހިދުމަތް ފޯރުކޮށްދޭ، އެމްޓީސީސީން ބަލައިގަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ. އެމްޓީސީސީގެ އަމާޒަކީ ވެސް ކަސްޓަމަރުންނާ ގާތުން ލުއި ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމެވެ. ކޮންމެ ފެރީއެއްގައި ވެސް ކެޕްޓަނާއި ފަޅުވެރިންގެ ގޮތުގައި ތިބޭނީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމާގުޅޭ ހާއްސަ ޓްރޭނިން ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާ މުވައްޒަފުންނެވެ. ޝެޑިއުލާ އެއްގޮތަށް ފެރީ ގަޑިއަށް ފުރާތޯ އެ މުވައްޒަފުން ޔަޤީން ކުރާނެ އެވެ. އެހެން ހައި ސްޕީޑް ފެރީތަކާއި ހިލާފަށް އާރްޓީއެލް ފެރީތައް ވަކި ޝެޑިއުލަކަށް ކުރިއަށް ގެންދިޔުމުން ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. އެމްޓީސީސީގެ ފެރީ ގަޑިއަށް ފުރުމަކީ ރައްޔިތުންގެ ތައުރީފު އަބަދު ވެސް ލިބޭ ކަމެކެވެ. އެކަން ކައުންސިލްތަކުން އެ ކުންފުންޏަށް ފޮނުވާ ސިޓީތަކުން އެކަން އެނގޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޓެކްނޮލޮޖީއާ ރައްޓެހި މި ޒަމާނުގައި، އާރްޓީއެލް ހިދުމަތް އެމްޓީސީސީން ފޯރުކޮށްދެނީ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ވަގުތަކު ވެސް، ކޮންމެ ރައްޔިތެއްގެ އަތުގައި އޮންނަ ސްމާޓް ފޯނުން، ދަތުރުގެ ޝެޑިއުލް ބަލާލެވި، ޓިކެޓް ބުކްކޮށް އަދި ޓިކެޓަށް ފައިސާ ދެއްކޭނެ އެވެ. ސްމާޓް ފޯނެއް ނެތް މީހުންނަށް ވެސް ޓިކެޓްގެ ނަންބަރު ދައްކާލައްވައިގެން ދަތުރުކުރެއްވޭނެ އެވެ. ޓިކެޓް ގަތުމަށް ކަސްޓަމަރުންނަށް، އާރް.ޓީ.އެލް ވެބްސައިޓް އަދި އެޕްލިކޭޝަން ބޭނުންކުރެއްވޭނެ އެވެ.

އާރްޓީއެލް ހިދުމަތް ރައީސް ފައްޓަވާދެއްވަނީ. ރާއްޖޭގެ ހަތަރު އަތޮޅެއްގައި އާރްޓީއެލް ހިދުމަތް އަންނަނީ ދެމުން-- ފޮޓޯ: ރައީސް އޮފީސް

އާރްޓީއެލް ހިދުމަތް ރައީސް ފައްޓަވާދެއްވަނީ. ރާއްޖޭގެ ހަތަރު އަތޮޅެއްގައި އާރްޓީއެލް ހިދުމަތް އަންނަނީ ދެމުން-- ފޮޓޯ: ރައީސް އޮފީސް

ރައީސާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ދެއްވާ ޔަގީން ކަމަކީ ބާކީ އޮތް 16 އަތޮޅަށްވެސް ވީއެންމެ އަވަހަށް އާރްޓީއެލްގެ ހިދުމަތް ފޯރުކޮށްދިނުމެވެ. މިއީ، މުޅި ރާއްޖެއަށް އެކީ އެއްހަމައަކުން، ތަންފީޒުކުރެވޭނެ ވަކި ހާއްސަ ތަސައްވަރެއް ކަމަށް، ހއ. ދިއްދޫގައި އޮތް، އާރްޓީއެލް ބޮޑު ތިލަދުންމަތި ގުޅާލުމުގެ ހަފްލާގައި ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ކުޑައެއް ބޮޑެއް، އުތުރެއް ދެކުނެއް އަދި މެދު ރާއްޖެތެރެއަށް އެއް ހަމަހަމަކުން މި ހިދުމަތް ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އާރްޓީއެލްގެ ފެރީގެ ހިދުމަތް ހަ ޒޯނެއްގައި ފެށިގެން ދާއިރު، ޒަމާނީ ފެރީގެ ހިދުމަތް ދޭ 82 އުޅަނދެއް އޮންނާނެ އެވެ. އަދި 180 އަށް ވުރެ ގިނަ ފެރީ ޓާމިނަލް ހުންނާނެ އެވެ. މި އުޅަނދުތަކަށް ހިދުމަތް ދޭނެ ބޯޓުޔާޑު ރާއްޖޭގެ ތިން ސަރަޙައްދެއްގައި ގާއިމު ކުރާނެ އެވެ. މުޅި ރާއްޖެއަށް މި ހިދުމަތް ފުޅާވެގެން އަންނަ އިރު އެތައް ސަތޭކަ ވަޒީފާ އަލަށް އުފެދޭނެ އެވެ. އެ މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ލިބި، ހިދުމަތަށް ބޭނުންވާ ތަމްރީނުތައް ދެވޭނެ އެވެ.

އާރްޓީއެލް ހިދުމަތް ފޯރުކޮށްދޭން ފެށިތާ އަހަރެއްވީ އިރު މިއީ ރައްޔިތުން ގަޔާވާ އިތުބާރު ލިބިފައިވާ ހިދުމަތަކަށް ވަނީ ވެފަ އެވެ.

ނޯޓް: މިއީ އެމްޓީސީސީގެ ޕްރޮމޯޝަނަލް އާޓިލަކްއެކެވެ.