ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މިދިޔަ އަހަރުގެ މާޗުގައި އިއުލާން ކޮށްފައިވަ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ މަހުގެ ތިނަކާ ހަމައަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ދަންމަވާލައްވައިފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މިދިޔަ އަހަރުގެ މާޗުގައި އިއުލާން ކޮށްފައިވަ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ މަހުގެ ތިނަކާ ހަމައަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ދަންމަވާލައްވައިފި އެވެ.
އޭނާ ސޮއިކުރައްވައި ނެރުއްވި އެންގުމުގައި ވިދާޅުވީ، ރާއްޖޭގައި ފުޅާދާއިރާއެއްގައި އަދިވެސް ކޮވިޑް އިތުރަށް ފެތުރުމުގެ ނުރައްކާ އެބައޮތް ކަަމަށާއި އެހެންވެ، މާޗު 12، 2020 ގައި އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ ޖޫން މަހުގެ ތިނަކާ ހަމައަށް ދަންމަން ނިންމާފައިވާ ކަމަށެވެ.
މި ހާލަތުގައި، ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، މި ކުއްލި ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދެވުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް މިނިސްޓަރު ނަސީމް ވަނީ އަންގަވައިފަ އެވެ.
އިތުރު 30 ދުވަހަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ދަންމައިލިއިރު، ރާއްޖޭގެ ކޮވިޑް ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވެ، ކުރިއަށް ވުރެ ބޮޑަށް ހާލަތު ވަނީ ގޯސްވެފަ އެވެ. އެއް ދުވަހެއްގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދު 500 އިން މައްޗަށް އިއްޔެ ވަނީ އަރައިފަ އެވެ. އަދި މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށަށް ވެސް އެ ބަލި ވަނީ ފެތުރި ބިރުވެރިކަން ބޮޑުވެފަ އެވެ.
ސިއްހީ ނުރައްކަލުގެ ހާލަތު އަންނަ މަހާ ހަމައަށް ދަންމާލައިފި
ސިއްހީ ކުއްލި ހާލަތު ދަމަހައްޓައިފި
މާލެ ނޫން އެހެން ރަށްރަށުގެ ފިޔަވަޅުތައް އުވާލައިފި
ހެލްތު އިމަޖެންސީގައި އަމަލުކުރާ ގަވައިދު ހަދައިފި
ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް ދަންމައިފި
ރަށްރަށުން ހަރުކަށިކޮށް އަމަލު އެބަކުރޭ: މައިމޫނާ
ލޮކްޑައުން އުވާލެވޭ ހާލަތަކަށް އަދި ނާދޭ: އަމީން
އިތުރު 14 ދުވަހަށް ލޮކްޑައުން ދަންމައިފި
ހަފުތާއަކަށް ފަހު ކާފިއު އުވާލައިފި
ބިރެއް ނުފިލާ، މުހިންމީ ރައްޔިތުންގެ އެއްބާރުލުން