Roadha Mihaaru
ދީޕިކާގެ އާއިލާ ކޮވިޑަށް ޕޮޒިޓިވް

ދީޕިކާގެ އާއިލާ ކޮވިޑަށް ޕޮޒިޓިވް

05 މެއި 2021

ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯންގެ އާއިލާގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯންގެ އާއިލާގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އާއިލާ އިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބައްޕަ ޕްރަކާޝް ޕަދްކޯނާއި މަންމަ އުޖާލާ ޕަދްކޯންގެ އިތުރުން ކޮއްކޮ އަނީޝާ ޕަދުކޯން ހިމެނެ އެވެ.

އެ ތިން މީހުންގެ ތެރެއިން ޕްރަކާޝް އަށް މި ވަގުތު ފަރުވާ ދެމުން އަންނަނީ ބެންގަލޫރްގެ ހޮސްޕިޓަލެއްގަ އެވެ. އަދި ދީޕިކާގެ މަންމަ އާއި ކޮއްކޮ ތިބީ ހޯމް ކަރަންޓީނުގަ އެވެ.

ނަމަވެސް ދީޕިކާ އާއި ފިރިމީހާ ރަންވީރު ސިންގް ކޮވިޑަށް ޕޮޒިޓިވްކަމެއް އަދި ކަށަވަރެއް ނޫނެވެ. ނަމަވެސް ބައެއް މީޑިއާތަކުން ބުނީ ދީޕީކާ ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އިންޑިއާ މިހާރު ކޮވިޑްގެ ދެވަނަ ރާޅުގެ ތެރޭގައި އޮތް އިރު، ކޮވިޑް ހާލަތު ކުރިން ގޯސް ނުވާހާ ބޮޑަށް އެ ގައުމުގައި އެ ބަލީގެ ހާލަތު ގޯހެވެ.

މި އަހަރުގެ މިހާތަނަށް ވެސް ވަރަށް ގިނަ ފިލްމީ ތަރިން ކޮވިޑަށް ޕޮޒިޓިވްވެ، އަދި މިހާރު ވެސް ބައެއް ތަރިން ބައްޔަށް ފަރުވާ ހޯދަމުން އަންނަ އިރު މިދިޔަ އަހަރު ވެސް ގިނަ ތަރިންތަކަކަށް ކޮވިޑް ޖެހުނެވެ.