Roadha Mihaaru
މީހެއްގެ ކިޑްނީ ބަދަލުކުރަން ދީޕިކާ 10 ލައްކަ ރުޕީސް

މީހެއްގެ ކިޑްނީ ބަދަލުކުރަން ދީޕިކާ 10 ލައްކަ ރުޕީސް ދީފި

04 ސެޕްޓެމްބަރ 2021

އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި އިންޑިިއާގެ ޒުވާން އަންހެނެއްގެ ދެ ކިޑްނީ ފެއިލްވާތީ އޭނާގެ ކިޑްނީ ޓްރާންސްޕްލާންޓަށް ބޮލީވުޑްގެ ބަތަލާ ދީޕިކާ 10 ލައްކަ ރުޕީސް ހަދިޔާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި އިންޑިިއާގެ ޒުވާން އަންހެނެއްގެ ދެ ކިޑްނީ ފެއިލްވާތީ އޭނާގެ ކިޑްނީ ޓްރާންސްޕްލާންޓަށް ބޮލީވުޑްގެ ބަތަލާ ދީޕިކާ 10 ލައްކަ ރުޕީސް ހަދިޔާކޮށްފި އެވެ.

މީޑިއާތަަކުން ބުނި ގޮތުގައި ހާލު ސީރިއަސްވެގެން މި ވަގުތު ނިއު ދިއްލީގެ ސަފުދަރުޖަންގް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް ބާލާ ޕްރަޖަޕާޓީ، 25، ގެ އޮޕަރޭޝަނަށް މަދުވެގެން 16 ލައްކަ ރުޕީސް ބޭނުންވެ އެވެ.، މިކަމާ ގުޅިގެން އޭނާ އަށް އެހީވާން ފައުންޑޭޝަނަކުން "ސޭވް ބާލާ" ގެ ނަމުގައި ކްރައުޑްފަންޑިން ހަރަކާތެއް ފެށުމާ އެކު ދީޕިކާގެ 10 ލައްކަ ރުޕީސް ނުވަތަ 13,691 ޑޮލަރު (211,560ރ.) ހަދިޔާކޮށްފައިވެ އެވެ.

އެކްޓަރު ރަންވީރު ސިންގްގެ އަންހެނުންގެ ފަރާތުން ލިބުނު އެހީ އަށް، މި އެހީ ހޯދަން މަސައްކަތްކުރި ޗާވް ފައުންޑޭޝަނުން ޝުކުރު އަދާކޮށްފައިވެ އެވެ. އެ ފައުންޑޭޝަކީ އެސިޑް ހަމަލާތަކުގެ ޝިކާއަރަކަށްވާ މީހުންގެ ހައްގުގައި މަސައްކަތްކުރާ ފައުންޑޭޝަނެކެވެ.

ދީޕިކާ އަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކަކެވެ. އަދި އޭނާ އަކީ އިންޑިއާގައި އެސިޑް ހަމަލާތަކުގެ ޝިކާރައަކަށްވެފައިވާ މީހުންނަށް އަބަދު ވެސް އެކި ގޮތްގޮތުން އެހީވާ ތަރިއެކެވެ.

އެންމެ ފަހުން ރިލީޒްވި ދީޕިކާގެ މިދިޔަ އަހަރުގެ ފިލްމު "ޗަޕާކް" އަކީ އޭނާ އެސިޑް ޝިކާރަކަށްވި މީހެއްގެ ރޯލު ކުޅުނު ފިލްމެކެވެ. މެގްނާ ގުލްޒާރު ޑައިރެކްޓްކުރި އެ ފިލްމަކީ ލޯބީގެ މައްސަލައެއްގައި އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވެ، ފަހުން އެފަދަ މީހުންގެ ހައްގުގައި މަސައްކަތްކުރާ ލަކްޝްމީ އަގަރްވާލްގެ ވާހަކަ ކިޔައިދިން ފިލްމެކެވެ.