ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް އަންނަ މަހުގެ ކުޑަކުދިންގެ ވާހަކަ ފޮތެއް ނެރެން ނިންމަވައިފި އެވެ.
06 މެއި 2021
ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް އަންނަ މަހުގެ ކުޑަކުދިންގެ ވާހަކަ ފޮތެއް ނެރެން ނިންމަވައިފި އެވެ.
ބައްޕައަކާއި ފިރިހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ ފޮތުގެ ނަމަކީ "ދަ ބެންޗް" އެވެ. އަންނަ މަހުގެ 8 ގައި ނެރެން ނިންމާފައިވާ ފޮތާ ބެހޭ ގޮތުން މޭގަން ވިދާޅުވެފައި ވަނީ ވާހަކައިގެ އަސްލަކީ ދަރިކަލުން އާޗީ އަށް ހާއްސަ ކުރެއްވި ޅެމެއް ކަމަށެވެ. އެއީ މެއި 6، 2019 ގައި ދަރިކަލުން އުފަންވުމުގެ ދުވަސްކޮޅެއް ފަހުން ޖޫން މަހުގެ 16 ގައި ފާހަގަކުރި އެ އަހަރުގެ ބައްޕައިންގެ ދުވަހު ހެރީ އަށް ލިޔުއްވި ޅެމެއް ކަމަށް ވިދާޅުވި އެވެ.
އެހެންވެ މޭގަންގެ "ދަ ބެންޗް" އަކީ ހެރީ އާއި ދަރިކަލުން އާޗީގެ ގުޅުމުގެ ވާހަކަ މަންމަ ކިޔައިދޭ ގޮތެވެ.
"އުންމީދަކީ މި ފޮތަކީ ކޮންމެ އާއިލާއަކާ ވެސް ގުޅޭ ކަހަލަ އެއްޗަކަށްވުން،" ދެވަނަ ދަރިއަކަށް ބަލިވެއިންނެވި މޭގަން ވިދާޅުވި އެވެ.
ޕެންގްއިން ރޭންޑަމް ހައުސްގެ ތައްގަނޑުގައި ނެރޭ "ދެ ބެންޗް" ގައި ކުޑަކުދިން ގަޔާވާ ކަހަލަ އިލަސްޓްރޭޝަންތައް ވެސް ހިމަނާފައިވެ އެވެ. އެ މަސައްކަތްކޮށްފައި ވަނީ އެވޯޑް ހޯދާފައިވާ ކެލިފޯނިއާގެ އިލަސްޓްރޭޓަރު ކްރިސްޓިއަން ރޮބިންސަނެވެ.
"ދަ ބެންޗް" ވިއްކާނީ 18.99 ޑޮލަރު (291ރ.) އަށެވެ.
ޕްރިންސް ހެރީ ބަޔޮގްރަފީ ލިޔުއްވަނީ
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
ހެރީއާއި މޭގަން އަށް ޕްރިންސް ޗާލްސް ރައްދު ދެއްވަނީ
ސްޓާޓަޕެއްގެ އިސް މަގާމެއް ޕްރިންސް ހެރީ އަށް
އާއިލާއާ ދުރަށް ވަޑައިގަތް ސަބަބު ހެރީ ވިދާޅުވެއްޖެ
ހެރީގެ ނިންމެވުމަށް ވިލިއަމްގެ ނުރުހުން
ހެރީ ދެން ޝާހީ ޒިންމާތަކަށް ވަޑައެއްނުގަންނަވާނެ
މޭގަންގެ "އާއިލީ ވާހަކަ" ބައްޕަގެ ޑޮކިއުމަންޓަރީއަކުން
ސްޓާޓަޕަކަށް މޭގަން މާކަލް އިންވެސްޓްކޮށްފި
ހެރީގެ ދަރިކަލުންގެ ފޮޓޯ ނެގި އެޖެންސީން މާފަށް އެދިއްޖެ