Roadha Mihaaru
ދެކުނު ގޮފިން 93 ޕަސެންޓް މައްސަލަ ނިންމައިފި

ހައި ކޯޓު ދެކުނު ގޮތްޕަށް ހުށަހެޅި މައްސަލަތަކުގެ 93 އިންސައްތަ ނިންމައިފި

17 ނޮވެމްބަރ 2016

އައްޑޫގައި ހުންނަ ހައި ކޯޓުގެ ދެކުނު ގޮތްޕަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 93 އިންސައްތަ މައްސަލަ ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އައްޑޫގައި ހުންނަ ހައި ކޯޓުގެ ދެކުނު ގޮތްޕަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 93 އިންސައްތަ މައްސަލަ ނިންމައިފި އެވެ.

ސ. މީދޫގައި ހުންނަ ހައި ކޯޓުގެ ދެކުނު ގޮފިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް 135 މައްސަލައެއް އެތަނަށް ހުށަހެޅުނުއިރު އޭގެ ތެރެއިން 115 މައްސަލައެއް މިދިޔަ މަހުގެ ނިޔަލަށް ވަނީ ނިންމައިފަ އެވެ. އެއީ ހުށަހެޅުނު މައްސަލަތަކުގެ 93 އިންސައްތަ އެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ހައި ކޯޓުގެ ދެ ގޮފި ގާއިމް ކުރަންޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް 2014 ގައި ގެނައި އިސްލާހުގެ ދަށުން މީދޫގައި ގާއިމްކުރި އެ ގޮފީގައި ތިއްބަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

ދެކުނު ގޮފީގެ މަސައްކަތް މިއަހަރު ކުރީކޮޅު ފެށުނަސް އުތުރު ގޮފީގެ މަސައްކަތް އަދިވެސް ނުފެށެ އެވެ. އެ ގޮފީގެ މަސައްކަތް ނުފެށެނީ ހައި ކޯޓުގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަން ނުކުރެވި އޮތުމުންނެވެ.