ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ކާރުކޮޅަށް އަރުއްވަނިކޮށް އެ މަނިކުފާނަށް އަމާޒުކޮށް، އެއްޗެއް ގޮއްވައިލުމުގެ ސަބަބުން ނަޝީދަށް އަނިޔާވުމާ ގުޅިގެން ފުލުހުންގެ އެލާޓް ލެވެލް ތިނަކަށް މަތިކޮށްފި އެވެ.
06 މެއި 2021
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ކާރުކޮޅަށް އަރުއްވަނިކޮށް އެ މަނިކުފާނަށް އަމާޒުކޮށް، އެއްޗެއް ގޮއްވައިލުމުގެ ސަބަބުން ނަޝީދަށް އަނިޔާވުމާ ގުޅިގެން ފުލުހުންގެ އެލާޓް ލެވެލް ތިނަކަށް މަތިކޮށްފި އެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ބުނީ އެލާޓް ލެވެލް މަތިކޮށް، ހާއްސަ އިސްކަމެއް ދީގެން މިހާރު މި ހާދިސާ މިހާރު ތަހުގީގުކުރަން ފަށައިފައިވާ ކަމަށެވެ.
ނަޝީދަށް ހަމަލާ ދީފައި ވަނީ އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ގ.ކެނެރީގެ ހުންނަ، ކެނެރީމަގުގެ ކޮޅުން މަޖީދީމަގުގައި ކުރީގެ އެމެޓީ ފިހާރަ ހުންނަ ކަންމަތީގަ އެވެ.
ހަމަލާ ދިން ތަނުގައި ފުލުހުންގެ ތަހުގީގު ޓީމެއް ހަރަކާތްތެރިވަނީ.-- ފޮޓޯ: މޯލްޑިވްސް ޕޮލިސް
މި ސަރަހައްދު ބަންދުކޮށް ފުލުހުންނާއި ފުލުހުންގެ ފޮރެންސިކް ޓީމު ވެސް މިހާރު އަންނަނީ މި ހާދިސާ ހިނގި ސަރަހައްދުން ތަހުގީގަށް ބޭނުންވާ ހެކި އެއްކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި މި ހަމަލާގައި ނަޝީދުގެ މޫނުފުޅަށް ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ލިބިވަޑައިގަތަސް ފުރާނފުޅަށް ނުރައްކާވާ ވަރުގެ އެއްވެސް ގެއްލުމެއް ލިބިވަޑައެއް ނުގަންނަވަ އެވެ. ނަޝީދަށް ފަރުވާދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލުން ބުނީ ގިނަ ޒަހަމްތަކަކާ އެކު ނަޝީދު ހޮސްޕިޓަލަށް ގެންދިޔައީ މިރޭ 8:30 ގައި ކަމަށާއި މިހާރު ފަރުވާދެމުން ގެންދާއިރު ހާލަތު ސްޓޭބުލް ކަމަށެވެ.
މި ހަމަލާގައި އިތުރު ހަތަރު މީހަކު ވަނީ ޒަހަމްވެފައިވެ އެވެ.
ހަމަލާ ދިން ތަނުގައި ފުލުހުންގެ ތަހުގީގު ޓީމެއް ހަރަކާތްތެރިވަނީ.-- ފޮޓޯ: މޯލްޑިވްސް ޕޮލިސް
ނަޝީދުގެ ހާލު ބައްލަވައިލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޑިފެންސް މިނިސްޓްރު މާރިޔާ އަހުމަދު ދީދީ އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މިރޭ އޭޑީކޭއަށް ވަޑައިގަތެވެ.
ނަޝީދަށް އަމާޒުކޮށްގެން ދިން މި ހަމަލާ ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ އިސް ބޭފުޅުންގެ އިތުރުން އާންމުން ވެސް އަންނަނީ ކުށްވެރި ކުރަމުންނެވެ އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށާއި ރަނގަޅު ތަހުގީގެއް ކޮށްދޭން އެދޭ ކަމަށެވެ. ނަޝީދަށް އަވަސް ޝިފާ އަކަށް އެދިފައިވެ އެވެ.
ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ރަނގަޅު: އަސްލަމް
މާރިޔާގެ އިސްތިއުފާ އަށް ގޮވާ އަޑުތައް ގަދަވެއްޖެ
ފާތިހު ހައްޔަރު ކުރިއިރު އެއީ ފުލުހެއް ނޫން: ޕޮލިސް
ފައިސާ ހަރަދުކޮށް, ފޮރުވިގެން ތިބީ ކޮން ބައެއް؟
ދެން އޮތީ ފައިސާ ހަރަދުކުރި ގޮތް ބެލުން: އައްބާސް
ހަމަލާދިން މީހުންނަށް ދައުވާކުރުމާ ގުޅޭ ތަފުސީލް މާދަމާ
ބޮން "ހަރުކުރި" ހައިޝަމަށް ދައުވާކުރަން ފޮނުވައިފި
ނަޝީދަށް ދިން ހަމަލާގެ ތަފުސީލު މިރޭ ހާމަކުރަނީ
މާރިޔާ އާއި އިލްޔާސް ލަބީބުގެ މައްސަލަ ފުލުހުން ބަލަނީ
ހަމަލާދޭން އުޅޭ ވާހަކައަށް މާރިޔާ އަޅައެއް ނުލެއްވި