Roadha Mihaaru
ނަޝީދުގެ ގިނަ ސާޖަރީތައް ކާމިޔާބުކަމާ އެކު ކޮށްފި

ނަޝީދުގެ ގިނަ ސާޖަރީތަކެއް ކޮށްފިން، އަދި އެއް ޕްރޮސީޖާ އެބަ އޮތް: އޭޑީކޭ

07 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މާލޭގައި ރޭ ދިން ހަމަލާގައި އެމަނިކުފާނަށް ލިބިފައިވާ ގެއްލުންތަކަށް ފަރުވާކުރުމަށް، މިހާތަނަށް ގިނަ ސާޖަރީތަކެއް ކާމިޔާބުކަމާ އެކު ކޮށްފައިވާ ކަމަށާއި އަދި އެއް ޕްރޮސީޖާ ކުރިއަށް ގެންދަން ޖެހޭ ކަމަށް އޭޑީކޭ އިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މާލޭގައި ރޭ ދިން ހަމަލާގައި އެމަނިކުފާނަށް ލިބިފައިވާ ގެއްލުންތަކަށް ފަރުވާކުރުމަށް، މިހާތަނަށް ގިނަ ސާޖަރީތަކެއް ކާމިޔާބުކަމާ އެކު ކޮށްފައިވާ ކަމަށާއި އަދި އެއް ޕްރޮސީޖާ ކުރިއަށް ގެންދަން ޖެހޭ ކަމަށް އޭޑީކޭ އިން މިއަދު ބުނެފި އެވެ.

ނަޝީދުގެ ސިއްހީ ހާލުކޮޅާ ބެހޭ ގޮތުން އޭޑީކޭ އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ދެން އޮތީ ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ އެއް ޕްރޮސީޖާ ކަމަށެވެ. އެއީ ސާޖަރީއެއް ކަން ނުވަތަ އެހެން ފަރުވާއެއް ކަމެއް ނުބުނެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ނަޝީދުގެ ލިވަ އާއި ފުއްޕާމެޔަށް ވެސް ވަނީ ގޮއްވާލި އެތިން ބުރައިގެން ދިޔަ އެތިކޮޅުތަކުން ގެއްލުންވެފަ އެވެ. އެމަނިކުފާނުގެ މޭކަށިތަކަށް ވެސް ގެއްލުން ވެފައިވާ ކަމަށް މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުންޏެވެ.

ނަޝީދުގެ އަރިސް ބައެއް ބޭފުޅުން ސޯޝަލް މީޑިއާގައި ހާމަކޮށްފައި ހުރި މައުލޫމާތަށް ބަލާއިރު ލިވަ އަށް ލިބުނު ގެއްލުމާ ގުޅިގެން ފެށި ސާޖަރީތަކަށް ކުރިން ލަފާކުރި ހަތް ގަޑިއިރަށް ވުރެ ވެސް އިތުރަށް ވަނީ ވަގުތު ހޭދަވެފަ އެވެ. .

ނަޝީދަށް ރޭ ބަޔަކު ހަމަލާދިނީ ނީލޯފަރު ހިނގުމުން ހިންގަވާފައި ވަޑައިގެން، ކާރުކޮޅަށް އަރާވަޑައިގަންނަަވަން އުޅުއްވަނިކޮށެވެ. އެއްޗެއް ގޮއްވާލައިގެން ދިން އެހަމަލާއަކީ ސީދާ ނަޝީދަށް އަމާޒުކޮށްގެން ދިން ހަަމަލާއެއް ކަން މިހައިތަނަށް ކުރި ތަހުގީގުން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހަމަލާގެ ތަހުގީގަށް ފުލުހުންނަށް ލިބެން ހުރި ފޮރެންސިކް ހުރިހާ ވަސީލަތެއް ބޭނުންކުރަމުން އަންނަ ކަމަށާއި ތަހުގީގުގައި އޮސްޓްރޭލިއާ ފުލުހުން ބައިވެރިވެ އަދި އިނގިރޭސި ވިލާތުން ވެސް އެހީތެރިކަން ލިބޭ ކަމަށް ފުލުހުން ބުންޏެވެ.

ހަމަލާއާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ލިިބިފައިވާ ނަމަ ފުލުހުންގެ ނަންބަރު 9704000 އަށް ގުޅައި އެކަން ހިއްސާކުރަން ފުލުހުން އެދޭ ކަމަށާއި ދޭ މައުލޫމާތު ސިއްރުކަން ހިފަހައްޓާނެ ކަމަށް ވެސް ބުންޏެވެ.