މެއި 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މީހުންނަށް ފިލަން އެހީތެރިވި ކަމަށް ފުލުހުން ތުހުމަތު ކުރާ ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށް މިވަގުތު ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.
03 އޯގަސްޓް 2021
މެއި 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މީހުންނަށް ފިލަން އެހީތެރިވި ކަމަށް ފުލުހުން ތުހުމަތު ކުރާ ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށް މިވަގުތު ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސެއިން ޝަމީމް ވަނީ 6 މެއިގެ ހަމަލާއާ ގުޅިގެން މިހާތަނަށް ދައުވާ ކުރި މީހުންގެ މައުލޫމާތާއި އެ މީހުންގެ މައްޗަށް ކުރި ދައުވާތައް ސާފުކޮށްދެއްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ދައުވާކޮށްފައި ވަނީ، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ.
މި މީހުންގެ މައްޗަށް ދައުވާ ކުރިޔަސް ފާތިހުގެ މައްޗަށް ދައުވާ ކުރެވޭނެ ވަރަށް ހެކި އަދި ނެތް ކަމަށް ޝަމީމް ވިދާޅުވި އެވެ. ނަމަވެސް، ތަހުގީގުގެ ތެރެއިން އަދި ވެސް ހެކި ލިބިއްޖެ ނަމަ އޭނާއަށް ދައުވާ ކުރެވިދާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ފާތިހަކީ ވެސް ހަމަލާ ދިނުމުގައި ހިމެނޭ މީހުން ފިލުވަން އުޅުނު މީހެއް ކަމަށް ތުހުމަތު ކުރެވުނަސް ފިލުވުމަށް ބޮޑަށް މަސައްކަތް ކުރީ މުޖާޒް ކަމަށެވެ.
"އަހުމަދު ފާތިހުގެ މައްސަލައިގައި އަޅުގަނޑުމެން ނިންމީ މިވަގުތަށް ދައުވާއެއް ކުރެވެން ނެތް ކަމަށް،" ޝަމީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އަދި އިތުރަށް ތަހުގީގުން ކަންކަން ފާހަގަވެއްޖެއްޔާ އިތުރަށް ދައުވާ ކުރުމުގެ ފުުރުސަތު އޮންނާނެ،"
އެންމެ ފަހުން ކޯޓުން ބަންދަށް ޖެހި މުއްދަތު ހަމަނުވާތީ ފާތިހު އަދިވެސް ހުރީ ޖަލުގަ އެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، އޭނާ ދެން އަންނަ ބަންދު އަޑުއެހުމެއްގައި މުޖުތަމައުއަށް ދޫކޮށްލިޔަސް އޭނާގެ ހަރަކާތްތައް ބެލޭނެ ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ގާނޫނުން ލިބިގެންވާ ކަމަށެވެ.
މިހާރު ހަތަރު މީހަކަށް ދައުވާކޮށްފައިވާއިރު، ފަސް މީހެއްގެ ތަހުގީގު އަދިވެސް ކުރިއަށްދެ އެވެ. އެ މީހުންނަކީ މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހަމަލަ ދިނުމަށް އިރުޝާދު ދިން ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް އެވެ.
ތަހުގީގު ކުރުމުގެ މުއްދަތު އިތުރު ކުރުމަށް ފުލުހުން އެދިގެން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ތަހުގީގުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ބޮން ގޮއްވާލި ކަމަށް ބުނާ އަދުހަމްއާއެކު ދައުލަތުން މިހާރު ވަނީ އިއުތިރާފު އެއްބަސްވުމެއް ހަދައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ތަހުގީގަށް އޭނާ އިތުރު މައުލޫމާތު ދެމުންގެންދާނެ އެވެ. އަދި އެއްބަސްވުމުގެ ދަށުން އަދުހަމްއަށް އަންނާނީ 23 އަހަރުގެ ޖަލު ހުކުމެއް ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
ހަމަލާދިން މީހުންނަށް ދައުވާކުރުމާ ގުޅޭ ތަފުސީލް މާދަމާ
ބޮން "ހަރުކުރި" ހައިޝަމަށް ދައުވާކުރަން ފޮނުވައިފި
ބޮން ގޮއްވި އަދުހަމް ކޯޓުގައި ކުށަށް އިއުތިރާފުވި
ނަޝީދަށް ދިން ހަމަލާގެ ތަފުސީލު މިރޭ ހާމަކުރަނީ
ނަޝީދަށް ދިން ހަމަލައާ ގުޅިގެން ދައުވާކުރަން ފޮނުވައިފި
މެއި 6 ގެ ހަމަލާ: އިތުރު ތިން މީހަކަށް ދައުވާކޮށްފި
އަދުހަމް ފިލުވަން ސިފަ ބަދަލުކުރަން އުޅުނު
ހަމަލައަށް ހޭދަކުރިތޯބަލަނީ ވަކި މައްސަލައެއްގެ ގޮތުގައި
ބޮން ގޮއްވި މައްސަލައިގައި ހަތަރު މީހަކަށް ދައުވާކޮށްފި
ހަމަލާގެ ބައިވެރިން އޮޅުވާލައިގެން އިމްކަމް ސަޕޯޓް ހޯދި