Roadha Mihaaru
ނަޝީދު ލައިފް ސަޕޯޓު މެޝިނުން ނަގައިިފި

ނަޝީދު ލައިފް ސަޕޯޓު މެޝިނުން ނަގައިިފި

08 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ވަރާ ދޭތެރޭގައި ޑޮކްޓަރުން ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި އެ މަނިކުފާނު މިހާރު ވަނީ ލައިފް ސަޕޯޓިން މެޝިނުން ވެސް ނަގާފައި ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ވަރާ ދޭތެރޭގައި ޑޮކްޓަރުން ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި އެ މަނިކުފާނު މިހާރު ވަނީ ލައިފް ސަޕޯޓިން މެޝިނުން ވެސް ނަގާފައި ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.

"ލައިފް ސަޕޯޓް" އަކީ ހާލުބޮޑުވެފައިވާ މީހުން ނޭވާ ލެއްވުމަށާއި މުހިއްމު އެހެން ބައެއް ކަންތައްތަކަށް މެޝިން ބޭނުން ކުރުމެވެ.

ނަޝީދުގެ ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލައިފް ސަޕޯޓުން ނެގުމުން އެ މަނިކުފާނު ކޮންމެވެސްވަރަކަށް ވާހަކަފުޅު ދެއްކެވި ކަމަށެވެ.

"ކުރިއަށް ވުރެ ވަރުގަދަކޮށް އެނބުރި ވަޑައިގަންނަވަން ވައުދުވެވަޑައިގެންނެވި. އަޅުގަނޑު ނަޝީދުގެ ވާހަކަ ގަބޫލުކުރަން،" ޓްވީޓްގައި ނާޝިދު ވިދާޅުވި އެވެ.

އޭޑީކޭއިން މިއަދު ބުނީ ނަޝީދުގެ ސިއްހީ ހާލުކޮޅާ ބެހޭ ތަފްސީލުދޭން މިއަދު މެންދުރުފަހު މީޑިއާ ބްރީފިން އެއް ބާއްްވާނެ ކަމަށެވެ.

ނާޝިދުގެ ޓްވީޓް

ހަމަލާއަށް ފަހު އޭޑީކޭ ހޮސްޕިޓަލްގައި ނަޝީދުގެ ގިނަ ސާޖަރީތަކެއް ހެދުމަށް ފަހު މިހާރު ފަރުވާދެމުން ގެންދަނީ އައިސީޔޫގަ އެވެ.

އޭޑީކޭއިން ބުނި ގޮތުގައި ނަޝީދުގެ ފުއްޕާމެޔާއި ފުރަމޭ އަދި ބަނޑުފުޅަށް ވެސް ވަނީ ގެއްލުންތައް ވެފަ އެވެ. އައިޑީ ގޮވުމުގަން ބުރައިގެން ދިޔަ ގިނަ އަދަދެއްގެ ޝާޕްނަލް އެ މަނިކުފާނުގެ ހަށިކޮޅަށް ވަދެފައިވާތީ އެ އެއްޗިހި ނެގުމަށް ގިނަ ސާޖަރީތަކެއް ހެދި އިރު، އެކަމަށް 16 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވި އެވެ.

އެމްްއެންޑީއެފުން ރޭ ބަންޑާރަކޮށީގައި ބޭއްވި މީޑިއާ ބްރީފިން ގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ނަޝީދަށް ހަމަލާދީފައި ވަނީ އިމްޕްރޮވައިސްޑް އެކްސްޕްްލޮސިވް ޑިވަައިސް (އައިއީޑީ) އަކުން ކަމަށާއި ގޮއްވާލާފައި ވަނީ ވަރަށް ބާރުގަދަ އެއްޗެއް ކަމަށެވެ.