09 މެއި 2021
ހިޔާ މަޝްރޫއުގެ ސިވިލް ސާވިސް ކެޓަރީގައި 50 ޕޮއިންޓަށް ވުރެ މަދުން ލިބިފައި ވާތީ ފްލެޓް ނުލިބޭނެ ކަމަށް ނިންމުމުން، އެގޮތަށް ދިމާވި މީހެއްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.
ހިޔާ މަޝްރޫއުގެ ސިވިލް ސާވިސް ކެޓަރީގައި 50 ޕޮއިންޓަށް ވުރެ މަދުން ލިބިފައި ވާތީ ފްލެޓް ނުލިބޭނެ ކަމަށް ނިންމުމުން، އެގޮތަށް ދިމާވި މީހެއްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.
ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) ގެ ފަރާތުން ބުރާސްފަތި ދުވަހު ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅީ މައްސަލަ ހުށަަހަޅައިދޭން އެ މީހާގެ ފަރާތުން ޕީއައިއެލްސީގައި އެދުމުންނެވެ.
ޕީއައިއެލްސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އާންމުކުރި ފްލެޓް ލިސްޓުގައި ވެސް ފްލެޓް ލިބޭ މީހުންގެ ތެރޭގައި އެ މީހާގެ ނަން އޮތެވެ. އަދި މި ސަރުކާރުގައި ފްލެޓްތަކުގެ މައްސަލަ ބަލަން އުފެއްދި ކޮމިޓީން އެކުލަވާލި ލިސްޓުގައި ވެސް އެ މީހާގެ ނަން އޮތީ ފްލެޓް ލިބޭ މީހުންގެ ތެރޭގަ އެވެ. ނަމަވެސް މި ސަރުކާރުން ފަހުން ވަނީ ސިވިލް ސާވިސް ކެޓަގަރީން 50 ޕޮއިންޓް ނުލިބޭ ނަމަ ފްލެޓް ނުދޭނެ ކަމަށް ބުނެފަ އެވެ.
އޮފިޝަަލް ވިދާޅުވި ގޮތުގައި ސިވިލް ސާވިސްގައި މަަސައްކަތްކުރާތާ ނުވަ އަހަރު ވެފައިވާ އެ މީހާގެ ދެ ކުދިން ވެސް ތިބެ އެވެ. ފްލެޓަށް އެދުމުން އޭނާއަަށް ލިބުނީ 38 ޕޮއިންޓު ނަމަވެސް ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި އޭނާގެ ނަން ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފަންސާސް ޕޮއިންޓް ހަމަނުވާތީ ފްލެޓް ނުލިބޭނެ ކަމަށް ރަސްމީކޮށް އެންގީ ފްލެޓް ލިބުނު މީހުންނަށް ލިބޭ އެޕާޓްމަންްޓްތައް ކަނޑައަޅަން އެޗްޑީސީން ނެގި ގުރުއަތުގެ ދަށުން އޭނާގެ ނަން ހިމަނާފައި ނުވާތީ ކަންވީ ގޮތް ބެލުމަށް ހައުސިން މިނިސްޓްރީއަށް ގުޅުމުން ކަމަށް ޕީއައިއެލްސީން ބުންޏެވެ.
"އެމީހާއަކަށް ލިޔުމަކުން ވެސް އިތުރު ގޮތަކުން ވެސް ނެތް [ކުރިން] އަންގާފައެއް 50 ޕޮއިންޓުން ދަށްވީމަ ނުލިބޭނެއޭ. ގުޅާފައި އެހީމަ މިނިސްޓްރީން ބުނަނީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގަ ނެރުނު އިއުލާނެއްގަ އޮންނާނެ ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ފްލެޓަށް އެދުނުއިރު އާންމުކުރި އުސޫލުގައި ވެސް ސިވިލް ސާވިސް ކެޓަރީން ކުރިމަތިލައި މީހުންނަށް 50 ޕޮއިންޓުން ދަށްވެއްޖެ ނަމަ ފްލެޓް ނުލިބޭނެ ކަމަކަށް ނޯވެ އެވެ. އެހެންކަމުން، ކުރިމަތިނުކުރުވާ ޝަރުތެއްގެ ދަށުން އެމީހާގެ އަތުން ފްލެޓް ނެގި މައްސަލަ ކޯޓަށް ހުށަހަޅަން ނިންމީ އެވެ.
ޔާމީންްގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭއްގައި ތަރައްގީކުރަން ފެށި އެ ފްލެޓްތައް ލިބުނު މީހުންނަށް ލިބޭ އެޕާޓްމަންޓްތަކުގެ ގުރު ނަގަން ފަށާފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެގޮތުން އެޗްޑީސީން ގުރު ނަގަނީ، ފައިނަލް ލިސްޓު ހައުސިން މިނިސްޓްރީން އެތަނަށް ފޮނުވުމުންނެެވެ.
ހިޔާ މަޝްރޫއުގެ ފްލެޓް ބެހުމުގައި އަމަލުކޮށްފައިވާ ގޮތް މި ސަރުކާރުން އަލުން ރިވިއު ކުރި ގޮތާ ގުޅޭ ގޮތުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމާ ގުޅިގެން ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީން ފެބްރުއަރީ 28 ގައި ވަނީ ހިޔާ ފްލެޓު ދިން ގޮތާއި މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ރާވާފައިވާ ގޮތް ދިރާސާކުރަން ފަށައިފަ އެވެ. އެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓްގައި ސިވިލް ސާވިސް މުވައްޒަފުންނަށް ދިރިއުޅުމުގެ ހާލަތަށް ބެލުމެއް ނެތި ގެދޮރުވެރިކަމަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ރަނގަޅު މީހުން ވެސް ސިވިލް ސާވިސް ކެޓަގަރީގެ ދަށުން ފްލެޓް ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.
އެހެންކަމުން ސިވިލް ސާވިސް ކެޓަގަރީ އަށް ކުރިމަތިލާ މީހުންގެ ދިރިއުޅުމުގެ ހާލަތު ވަޒަަންކޮށް، ޕޮއިންޓު ދޭނެ އުސޫލެއް ފްލެޓު ކޮމިޓީން ކަނޑައަޅައި، އެ ކެޓަގަރީ އަލުން ރިވިއު ކުރަން ވެސް އެންގި އެވެ.
ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން ކުރިއަށް
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ހިޔާގެ ކުލި މައްސަލާގައި އެޗްޑީސީގެ ވަރުގަދަ އިންޒާރެއް
"ހިޔާ" އަށް ކުލި ދަައްކާ މީހުން މަދެއް ނޫން:އެޗްޑީސީ
ހަތް މަހަށް ފަހު ހިޔާފްލެޓްތަކުން ކުލި ނަގަން ފަށައިފި
300 ފްލެޓުން ސްޓެލްކޯގެ މުވައްޒަފުންނަށް އުފަލެއް
ހިޔާ ފްލެޓެއްގައި ގެސްޓްހައުސް ހަދައި ދުވަހު ކުއްޔަށް
ހިޔާގެ ދިރިއުޅުން: ހަމަ އެ ޝަކުވާތައް، ނިމުމެއް ނެތް
ހިޔާގެ ލިފްޓެއްގައި މީހަކު ތާށިވެ ދެ ގަޑިއިރު
ފްލެޓްގެ ފިނިޝިން މުއްދަތު އިތުރުނުކުރާތީ މުޒާހަރާކޮށްފި