Roadha Mihaaru
އަދުރޭއާ ދެކޮޅަށް ހެކި ހޯދި ގޮތުން އޭނާ ސަލާމަތްވެއްޖެ

އަދުރޭއާ ދެކޮޅަށް ހެކި ހޯދި ގޮތުން ކޯޓުން މައްސަލަ ބޭރުކޮށްފި

10 މެއި 2021

ހަޑިހުތުރު ބަހުން ވާހަކަ ދެއްކި ކަމަށް ބުނެ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ މައްޗަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައި، އެ މައްސަލަ މިއަދު ބޭރުކޮށްލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހަޑިހުތުރު ބަހުން ވާހަކަ ދެއްކި ކަމަށް ބުނެ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ މައްޗަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައި، އެ މައްސަލަ މިއަދު ބޭރުކޮށްލައިފި އެވެ.

އަބްދުއްރަހީމްގެ މައްޗަށް ދައުލަތުން އެ ދައުވާކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމް ކްރިމިނަލް ކޯޓުން އިއްވި ދުވަހު އެ ސަރަހައްދުގައި ކުރި މުޒާހަރާއެއްގައި އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗަށް ނިސްބަތްކޮށް، ހުތުރު ބަހެއް އޭނާ ބޭނުން ކުރެއްވި ކަމަށް ބުނެ އެވެ.

އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، ކްރިމިނަލް ކޯޓުން މިއަދު އެ ދައުވާ ބޭރުކޮށްލީ ތަހުގީގު މަރުހަލާގައި ގާނޫނާ ޚިލާފަށް ހެކި ހޯދާފައިވާތީ އެވެ. އެއީ އޯޑިއޯ އަދި ވީޑިއޯ ރިޕޯޓް ހެދުމަށްޓަކައި ސާމްޕަލް ނެގުމުގައި ޖިނާއީ އިޖްރައާތުގެ ގާނޫނާ ޚިލާފަށް އަމަލު ކޮށްފައިވާތީ އެވެ.

ތަހުގީގު މަރުހަލާގައި ހަނު ހުރެފައި ވަނިކޮށް ސާމްޕަލް ނެގުމަކީ ޖިނާއީ އިޖްރައާތުގެ ގާނޫނާ ޚިލާފް ކަމަކަށް ވާތީ އެ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ. އަދި އެންމެ މުހިންމު ދެ ހެކި ބަލައިނުގަނެވޭނެ ކަމަށް ނިންމުމާ އެކު، ދެން ހުރި ހެކިތަކުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.