Roadha Mihaaru

ވީވޯ އެކްސް ސީރީޒްގެ އާ ފޯނުތަކަށް ތިން އަހަރުގެ އަޕްޑޭޓްސް ދޭން ނިންމައިފި

ޗައިނާގެ ކުންފުނި ވީވޯގެ އެކްސް ސީރީޒްގެ ދަށުން ނެރެން ނިންމާފައިވާ އާ ފޯނުތަކަށް ތިން އަހަރުގެ އެންޑްރޮއިޑް އަޕްޑޭޓްދޭން ނިންމައިފި އެވެ.

ވީވޯ އެކްސް ސީރީޒްގެ ފޯނުތަކަށް ތިން އަހަރުގެ އަޕްޑޭޓް
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

11 މެއި 2021

ޗައިނާގެ ކުންފުނި ވީވޯގެ އެކްސް ސީރީޒްގެ ދަށުން ނެރެން ނިންމާފައިވާ އާ ފޯނުތަކަށް ތިން އަހަރުގެ އެންޑްރޮއިޑް އަޕްޑޭޓްދޭން ނިންމައިފި އެވެ.

މިކަން އާދީއްތަ ދުވަހު އިއުލާންކޮށް އެ ކުންފުނިން ބުނީ މި އަހަރުގެ ޖުލައި ފަހުން ލޯންޗްކުރާ އެކްސް ސީރީޒްގެ ފޯނުތަކަށް އެންޑްރޮއިޑް އޯއެސް އަޕްގްރޭޑް އާއި ސެކިއުރިޓީ އަޕްޑޭޓްސް ތިން އަހަރަށް ދޭނެ ކަމަށެވެ. މިކަމުން، ވީވޯގެ އެންމެ ޕްރީމިއަމް މޮޑެލް ކަމަށްވާ އެކްސް ސީރީޒުން ސްމާޓްފޯނުގެ އެންމެ މަތީ ފަންތި ތަޖުރިބާކޮށްލަން މަގުފަހިވާނެ ކަމަށް ބުންޏެވެ. އެކަމަކު އާ ޕޮލިސީ ހިނގާނީ ޔޫރަޕާއި އޮސްޓްރޭލިއާގެ އިތުރުން އިންޑިއާގެ މާކެޓަށް ޖުލައި މަހުގެ ނެރޭ ފޯނުތަކަށެވެ.

"އަހަމެންގެ މަގުސަދަކީ ކަސްޓަމަރުންގެ އުންމީދުތަކާ އެއްވަރުގެ ހިދުމަތްތަކެއް ފޯރުކޮށް ދިނުން. އެހެންވެ އެކްސް ސީރީޒްގެ ކުރިއަށް ހުރި ފޯނުތަކަށް ވެސް ތިން އަހަރުގެ ސޮފްޓްވެއާ އަޕްޑޭޓް ލިބުމަކީ ކަސްޓަމަރުންނަށްޓަކައި ކޮށްދެވޭ ވަރަށް މުހިއްމު ކަމަކަށް ވާނެ،" ވީވޯގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަދި ޗީފް ޓެކްނިކަލް އޮފިސަރު (ސީޓީއޯ) ޔުޖިއަން ޝީ ވިދާޅުވި އެވެ.

އެކްސް ސީރީޒްގެ ދަށުން ވީވޯ އިން އެންމެ ފަހުން ގެނެސްދިނީ މާޗްގައި ނެރުނު އެކްސް60 އާއި އެކްސް60 ޕްރޯގެ އިތުރުން އެކްސް60 ޕްރޯ ޕްލަސް އެވެ.