20 މާޗް 2021
އަންނަ އަންގާރަ ދުވަހު ވަން ޕްލަސްގެ ސީރީޒް 9 ގެ ފޯނު ނެރެން ތައްޔާރުވަމުން އަންނަ އިރު އެ ދުވަހު ލޯންޗްކުރާ އެ ސީރީޒްގެ ފޯނުތަކުގެ ތެރެއިން ގޭމިން އަށް ހާއްސަ ފޯނެއް ވެސް ލޯންޗްކުރަން ނިންމައިފި އެވެ.
އަންނަ އަންގާރަ ދުވަހު ވަން ޕްލަސްގެ ސީރީޒް 9 ގެ ފޯނު ނެރެން ތައްޔާރުވަމުން އަންނަ އިރު އެ ދުވަހު ލޯންޗްކުރާ އެ ސީރީޒްގެ ފޯނުތަކުގެ ތެރެއިން ގޭމިން އަށް ހާއްސަ ފޯނެއް ވެސް ލޯންޗްކުރަން ނިންމައިފި އެވެ.
ވަން ޕްލަސްގެ ސީއީއޯ ޕީޓް ލައު ނިއުސް 18 އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ފޯނު އެންމެ ފުރަތަމަ ނެރޭނީ އިންޑިއާގެ މާކެޓަށް ހާއްސަކޮށްގެން ކަމަށާއި ފޯނުގެ ނަމަކީ ވަންޕްލަސް 9އާރް 5ޖީ ކަމަށެވެ. މާނަ އަކީ 5 ނެޓްވޯކާ އެކު ވީޑިއޯ ގޭމް ކުޅޭ މީހުންނަށް ވަރަށް ހާއްސަ ކަންތައްތަކެއް އެ ފޯނުގައި ހުންނާނެ ކަމެވެ.
.@oneplus CEO @PeteLau on #OnePlus9R, the company's plans for India, and 5G, in conversation with @vishalmathur85. Read our exclusive interview here:#OnePlus9Series #OnePlusxHasselbladhttps://t.co/k6hbYn56Os
— News18 Tech (@News18Tech) March 18, 2021
އަންގާރަ ދުވަހު ބާއްވާ އިވެންޓްގައި ލޯންޗްކުރަން ހަމަޖެހިފައިވާ ކަމަށް ކުރިން އިއުލާންކޮށްފައި ވަނީ ސީރީޒް 9ގެ ދެ މޮޑެލްއެކެވެ. އެއީ ވަން ޕްލަސް 9 އާއި 9 ޕްރޯ އެވެ.
ޕީޓް ވިދާޅުވި ގޮތުގައި ވަންޕްލަސް 9އާރް 5ޖީ ބޭނުންކުރަން ވެސް އެހާމެ ފަސޭހަވާ ގޮތަށް ވިސްނައިގެން ފަރުމާކޮށްފައިވާ ފޯނަކަށްވާތީ ގޭމް ކުޅޭ މީހުން ގަޔާވާނެ ވަރަށް ގިނަ ކަންކަން ފޯނުގައި ހުންނާނެ އެވެ. އެގޮތުން ފޯނު އޭނާ ސިފަކޮށް ދެއްބީ "ފާސްޓް އެންޑް ސްމޫތު" ޑިވައިސްއެއްގެ ގޮތުގަ އެވެ.
އަދި އެންމެ އުފާވެރި ޚަބަރަކީ އަންގާރަ ދުވަހު ލޯންޗްކުރާ އަނެއް ދެ މޮޑެލް އަށް ވުރެ އަގު ވެސް ހެޔޮވާނެ އެއްޗަކަށް ގޭމިން އަށް ހާއްސަ ފޯނު ވުމެވެ. ސީރީޒް 9 ގެ ފޯނުތަކުގެ އަގުތަކާއި އޭގެ ފީޗާތަކާ ބެހޭ މައުލޫމާތަށް އިންތިޒާކުރަމާ ހިނގާށެވެ.
މައިކްރޮމެކްސްގެ އާ ފޯނު ވިއްކުން މި މަހުގެ ފަހުކޮޅު
އިންޑިއާގެ މައިކްރޮމެކްސްގެ ފޯނު އަލުން ނެރެނީ
5ޖީއާ އެކު ވަންޕްލަސްގެ އަގުހެޔޮ ފޯނެއް
އިންޑިއާގައި އައިފޯން 11 އުފައްދަން ފަށައިފި
ވަންޕްލަސް 8 ޗައިނާގައި ވިކި ހުސްވެއްޖެ
"ކޮންސެޕްޓް ވަން" އަކީ ވަންޕްލަސްގެ ފަތްޖެހި ފޯނު؟
ވީވޯ އިންޑިއާގެ ލޯގޯ ފަރުމާކޮށްގެން 7،000 ޑޮލަރު
ވަންޕްލަސް 7 ޕްރޮ އަކީ ފެން ނުވަންނަ ފޯނެއްތަ؟
ވާވޭ ޕީ30 ޕްރޮ: މުޅި ދުނިޔެ އިންތިޒާރުގައި
އާ ކަމެއް ނެތުމުން، ސްމާޓްފޯނު ވިޔަފާރި ދަށްވަނީ