11 މެއި 2021
ކޮވިޑް-19އާ ގުޅިގެން، ދުވާަލެއްގެ މައްޗަށް އެވްރެޖުކޮށް ސަރުކާރުން 7.9 މިލިއަން ރުފިޔާ ހޭދަ ކުރާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކޮވިޑް-19އާ ގުޅިގެން، ދުވާަލެއްގެ މައްޗަށް އެވްރެޖުކޮށް ސަރުކާރުން 7.9 މިލިއަން ރުފިޔާ ހޭދަ ކުރާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮވިޑް-19 އަށް 3.3 ބިލިއަން ރުފިޔާ ވަނީީ ހޭދަކޮށްފަ އެވެ. ރާއްޖެ އިން ކޮވިޑް-19 ފެނުނުތާ މިހާރު 423 އެއްހާ ދުވަސް ވެފައިވާއިރު މިއީ ދުވާލަކަށް ބަލާ ނަމަ 7.9 މިލިއަން ރުފިޔާ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މި މުއްދަތުގައި ކޮވިޑް-19އާ ގުޅުން ހުރި ދާއިރާތަކުގެ ތެރެއިން ސިއްހީ އަދި އިޖުތިމާއީ ދާއިރާ އަށް 1.6 ބިލިއަން ރުފިޔާ ހޭދަކުރި އެވެ. އިކޮނޮމިކް ރެސްޕޮންސްގެ ދަށުން ކުރި ހޭދަ ވަނީ 1.7 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.
ސިއްހީ އަދި އިޖުތިމާއީ ދާއިރާއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށެވެ. އެ އިދާރާ އަށް 867.9 މިލިއަން ރުފިޔާ ވަނީ މިހާތަނަށް ހޭދަކޮށްފަ އެވެ.
ދެ ވަނައަށް އެންމެ ބޮޑު ހޭދައެއް ކުރީ ހެލްތު މިނިސްޓްރީއަށެވެ. އެއީ 469.2 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އައިޖީއެމްއެޗަށް 102.4 މިލިއަން ރުފިޔާ، ޑިޒާސްޓާ މެނޭޖްމަންޓް ފަންޑަށް 84 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި މިދިޔަ ހަފުތާގައި އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ އައިޖީއެމްއެޗަށެވެ. އެއީ 1.8 މިލިއަން ރުފިޔާ އެވެ. އެހެން ތަންތަނަށް މިދިޔަ ހަފުތާގައި ކުރި ހަރަދުވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
އިކޮނޮމިކް ރެސްޕޮންސްގެ ދަށުން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ކޮވިޑް-19 ރިކަވަރީ ލޯން ސްކީމަށެވެ. މި ލޯނުތަކަށް މިހާތަނަށް 1.15 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވާއިރު، އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި 420.9 މިލިއަން ރުފިޔާ އަދި ކަރަންޓު ބިލުތަކުން ޑިސްކައުންޓުގެ ގޮތުގައި 117.7 މިލިއަން ރުފިޔާ އާއި ފެން ބިލުތަކަށް 26 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރި އެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު އަނެއްކާވެސް ވަރަށް ބޮޑަށް ގޯސްވެ، ބޮޑެތި ހަރަދުތަކެއް ސަރުކާރުން ކުރަން މިހާރު ވަނީ ޖެހިފަ އެވެ.
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
ސަބްސިޑީ ތިން ގުނަ ކުޑަކޮށް، ސީދާ މީހާއަށް
"އަމާޒަކީ ޖީޑީޕީ 10 ބިލިއަން ޑޮލަރަށް ގެންދިއުން"
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
އެއާޕޯޓް ޓެކްސް އާއި ގްރީން ޓެކްސް ބޮޑުކުރަނީ
އިސްލާހީ އެޖެންޑާއިން ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު
އިސްލާހީ ފިޔަވަޅުތަކުގެ ހެޔޮ އަސަރު ރޭޓިން އަށް ކުރާނެ
މި އަހަރުގެ ބަޖެޓު ފައިނޭންސިން އަށް ދަތިތަކެއް!
މާލީ ހާލަތުގެ ހަގީގަތް ކިޔައިދޭން ނާޒިމްގެ އިލްތިމާސް