Roadha Mihaaru
ޖޯ ކޯލްއަށް ޖޮބް އިންޓަވިއުގެ ފުރުސަތު ވެސް ނުދިން

އިނގިރޭސި އެފްއޭއިން ޖޯ ކޯލްއަށް ޖޮބް އިންޓަވިއު ވެސް ނުކުރި

15 މެއި 2021

ލަންޑަން (15 މެއި) - އިނގިރޭސި 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗް ކަމުގެ ވަޒީފާއަށް ހުށަހެޅުމުން އިންޓަވިއުއަށް ވެސް ދައުވުތު ނުދޭ ކަމަށް ޗެލްސީގެ ކުރިގެ މިޑްފީލްޑަރު ޖޯ ކޯލް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (15 މެއި) - އިނގިރޭސި 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗް ކަމުގެ ވަޒީފާއަށް ހުށަހެޅުމުން އިންޓަވިއުއަށް ވެސް ދައުވުތު ނުދޭ ކަމަށް ޗެލްސީގެ ކުރިގެ މިޑްފީލްޑަރު ޖޯ ކޯލް ބުނެފި އެވެ.

ޒުވާން ޓީމުގެ ކޯޗް ކަމުގައި ހުރި އެއިޑީ ބޫތުރޮއިޑް، މިދިޔަ މަހު މަގާމުން ވަކި ކުރުމުން އެ މަގާމަށް ކުރިމަތި ލުމަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައި ޖޯ ކޯލް ވެސް އެ މަގާމަށް ހުށަހެޅި އެވެ.

ވެސްޓްހަމް އާއި ލިވަޕޫލަށް ވެސް ކުޅުނު، ކޯލް ބުނީ އެއީ އޭނާގެ ހަޔާތުގައި ވަޒީފާއަކަށް ހެދި ހުށަހެޅި ހަމައެކަނި ފަހަރު ކަމަށެވެ. ނަމަވެސް ޖަވާބަކަށް އައީ އިންޓަވިއު ވެސް ފުރުސަތު ނެތް ކަމަށެވެ.

"އިހުތިރާމާ އެކު ނޫނެކޭ ބުނެފައި އޮތީ،" އޭނާ ބުންޏެވެ. "އަހަރެން އުފާވިސް އެންމެ ކުޑަ މިނުން އިންޓަވިއުއަށް ދައުވަތު ލިބި އިންޓަވިއުގައި އެމީހުންގެ ކުރިމަތީގައު ހުއްޓި ހުންނަން ވެސް."

ބީޓީ ސްޕޯޓްސްގެ ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ ކޯލް ބުނީ، 21 އަހަރުން ދަށުގެ ޓީމުގެ ފުރުސަތު އޭނާ ދެކުނީ ވަރަށް ހާއްސަ ފުރުސަތެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އޭނާ އާ މެދު ކަންތައް ކުރި ގޮތާ މެދު އެއްވެސް ހިތް ބުރަ ކަމެއް ނެތް ކަމަށްވެސް ކޯލް، 39، ބުންޏެވެ.