16 މެއި 2021
ސްކޭޓް ކުރުމަކީ ރާއްޖޭގައި ފުޅާވަމުން އަންނަ ކުޅިވަރެއް. އެހެން ކުޅިވަރުތަކާ ހިލާފަށް މި ކުޅިވަރަކީ ވަރަށް ގިނަ ހުނަރުތަކެއް ހުންނަން ޖެހޭ ކުޅިވަރެއް. ސްކޭޓްގައި މޮޅު މީހަކަށް ވަނީ އެ މީހެއްގެ ހުނަރު. އެހެން ވެއްޖިއްޔާ، އުމުރުން އެންމެ ހަ އަހަރުގެ ޔޫސުފް ލައުކް ބިން މުހަންމަދު އަކީ މިކަމުގައި އަރާ ހުރި ހުނަރުވެރިއެއް.
ރެހެންދި ސްކޫލުގެ ގްރޭޑް ހަތަރެއްގައި ކިޔަވަމުން އަންނަ ލައުކް، 10، ގެ ހުނަރުތައް ފެނިއްޖެ ނަމަ ވަރަށް ގިނަ ބަޔަކު ހައިރާންވާނެ. އޭނާ ސްކޭޓްކުރަން ފެށީ އުމުރުން އެންމެ ހަ އަހަރުގައި. އޭނާ ބުނާ ގޮތުން މަންމަ އާއި ބައްޕަ ދިން ސްކޭޓް ބޯޑު ހުޅުމާލެ ސެންޓްރަލް ޕާކްގައި ބީއްސާލި ދުވަހުން ފެށިގެން އޭނާ އަޒުމް ކަނޑައެޅީ މި ކުޅިވަރުން ކުރިއަށް ދާން. އޭގެ ފަހުން އޭނާ އޭގެ ހުނަރުތައް ދަސްކުރީ ޔޫޓިއުބް ބަލައިގެން.
އެންމެން ވެސް ބުނާ ގޮތުގައި ސްކޭޓިންގައި ލައުކްގެ އެއްވެސް ބިރެއް ނެތް. މި ކުޅިވަރުގެ ތަޖުރިބާކާރުން ބުނާ ގޮތުން މި ކުޅިވަރުގައި އެންމެ މުހިންމީ ވެސް ބިރު ކަނޑާލުން. ލައުކް ސްކޭޓް ކުރާތަން ފެނިއްޖެ ނަމަ، ގަބޫލުކުރަން ޖެހޭ އެއް ކަމަކީ އޭނާގެ ޖެހިލުން ކުޑަކަން.
ލައުކް އެންމެ ސަޕޯޓް ކުރާ ސްކޭޓަރަކީ އެމެރިކާގެ މަޝްހޫރު ސްކޭޓަރު ސީޖޭ ކޮލިންސް. ލައުކް ސީޖޭ ކޮލިންސް ހުނަރުތައް ޔޫޓިއުބުން ބަލައިގެން އޭނާ ދަސް ވެސް ކުރޭ.
ލައުކް ބޭނުން ވަނީ ސްކޭޓްގެ ދާއިރާއިން ރާއްޖެ އަށް ރީތި ނަމެއް ހޯދައިދީ ސްކޭޓްގެ ދާއިރާއިން ރާއްޖޭގެ ގުނާލެވޭ މޮޅު ސްކޭޓަރަކަށް ވުމަށް. ބައެއް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ލައުކް އަކީ ރާއްޖޭގައި ދެން ވިދާލާނެ އެންމެ އުންްމީދީ ސްކޭޓަރު. އޭނާގެ އެ ހުނަރާއި އެ ހިތްވަރު ހުރި ކަމަށް ވަރަށް ގިނަ ބަޔަކު ބުނޭ.
މި ކުޅިވަރުން ކުރިއަށް ދާން ލައުކް އަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ އޭނާގެ މަންމަ އާއި ބައްޕަގެ ފަރާތުން. މި ކުޅިވަރުންް ކުރިއަށް ދާން ބޭނުންވާ މީހުންނަށް އޭނާ ބުނެލަން ބޭނުންވަނީ، ހިތްވަރާއި އަމިއްލަ ނަފްސަށް އިތުބާރާއި އެކު ކުރާހިތުން ކޮށްފި ކޮއްމެ ކަމެއް ކާމިޔާބު ވާނެ ކަމަށް. ލައުކްގެ ހުނަރު އިތުރުތައް ބަލާލަން ބޭނުންވާ މީހުނނަށް ލައުކްގެ އިންސްޓަގްރާމް ޕޭޖް، ލައުކްސްކޭޓް އިން ވެސް ފެންނާނެ.
ދަރިވަރަކު ގްރޫމްކުރި ޓީޗަރު ވަޒީފާއިން ވަކިކޮށްފި
ދަރިންގެ ހަރަދު ދޭންޖެހެނީ ބައްޕައެއް އެކަންޏެއް ނޫން
އާމްދަނީދަށް ގައުމުތަކުގެ ކުދިންނަށް ކެންސަރު ބޭސް ހިލޭ
ފުލުހަކާއި ކުއްޖަކާ ދެމެދު ހިނގި ހަމަނުޖެހުމެއް ބަލަނީ
ހަރަދުނުދޭ މީހުންގެ ނަން ހާމަކުރުން:ހަމަހަމަކަމެއް ނެތް
ކުއްޖަކު ފަސްވަނަ ބުރިން ވެއްޓެނިކޮށް ސަލާމަތްކޮށްފި
ފެލިދޫގައި ހާލުގައި އުޅޭ އާއިލާއަކަށް ގެއެއް އަޅައިދެނީ
މަރުގެ މައްސަލައެއްގައި "ކުޑަކުއްޖަކު" އުމުރަށް ޖަލަށް
ކުޑަކުދިންގެ ކުށަށް ވެސް އޮސްޓްރޭލިއާގައި ބޮޑު އަދަބު
ހިޔާ ފްލެޓްގެ ޓަވަރަކުން ވެއްޓި ކުޑަކުއްޖަކު މަރުވެއްޖެ