Roadha Mihaaru
ބޭންކުތަކުގެބޯޑުން ސިޔާސީ މީހުންނަށް ފުރުސަތު ބޮޑުކޮށްފި

ބޭންކުތަކުގެ ބޯޑުގައި ސިޔާސީ މީހުންގެ އާއިލާގެ މީހުންނަށް ތިބެވޭގޮތް ހަދައިފި

16 މެއި 2021

ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން އެހެނިހެން މާލީ އިދާރާތަކުގެ ބޯޑުގައި ސިޔާސީ މީހުންގެ އާއިލާގެ މީހުންނަށް ތިބެވޭ ގޮތަށް ގަވާއިދު އިސްލާހު، އެ ބޭފުޅުންނަށް ފުރުސަތު ބޮޑުކޮށްދީފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން އެހެނިހެން މާލީ އިދާރާތަކުގެ ބޯޑުގައި ސިޔާސީ މީހުންގެ އާއިލާގެ މީހުންނަށް ތިބެވޭ ގޮތަށް ގަވާއިދު އިސްލާހު، އެ ބޭފުޅުންނަށް ފުރުސަތު ބޮޑުކޮށްދީފި އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އިން އިއްޔެ ގެޒެޓްކުރި ގަވާއިދުގައި ބުނީ، ސިޔާސީ މީހުންގެ އާއިލާ މީހުންގެ ތެރެއިން މިހާރު ބޯޑުގައި ނުތިބެވޭނީ ކެބިނެޓު މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އާއިލާ މީހުންނަށް އެކަނި ކަމަށެވެ.

ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހުގެ 21 ގައި އެ އިދާރާ އިން ގެޒެޓު ކުރި ގަވާއިދުގައިވާ ގޮތުން، ކެބިނެޓާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ކައުންސިލްތަކާއި ރައީސް އައްޔަން ކުރައްވާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ސިޔާސީ ޕާޓީއެއްގެ މުހިންމު މަގާމެއް އަދާކުރައްވާ ބޭފުޅުންގެ އާއިލީ ބޭފުޅުނަށް ވެސް މިފަދަ ތަންތަނުގެ ބޯޑުގައި ނުތިއްބެވޭނެ އެވެ.

އެކަމަކު، އެމްއެމްއޭ އިން މިހާރު މި ގެނައި ބަދަލުގެ ސަބަބު ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކުގައި ސިޔާސީ ނުފޫޒު އިތުރަށް ވަރުގަދަވާނެ ކަމަށް ބައެއް މީހުން ދެކެ އެވެ.