Roadha Mihaaru
މެލޭޝިއާގެ ހާލަތު ވަރަށް ގޯސް، އައިސީޔޫތައް ފުރެނީ

މެލޭޝިއާގެ ހާލަތު ވަރަށް ގޯސް، އައިސީޔޫތަކުގެ 80 ޕަސެންޓް ފުރިއްޖެ

16 މެއި 2021

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާގައި ކޮވިޑް ޖެހިގެން ހާލުބޮޑުވާ މީހުންގެ އަދަދު ގިނަވެ، ހޮސްޕިޓަލްތަކުގެ އައިސީޔޫތައް ފުރެމުންދާ ކަމަށް އެ ގައުމުގެ ސަރުކާރުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާގައި ކޮވިޑް ޖެހިގެން ހާލުބޮޑުވާ މީހުންގެ އަދަދު ގިނަވެ، ހޮސްޕިޓަލްތަކުގެ އައިސީޔޫތައް ފުރެމުންދާ ކަމަށް އެ ގައުމުގެ ސަރުކާރުން މިއަދު ބުނެފި އެވެ.

މެލޭޝިއާގެ ހެލްތު ޑައިރެކްޓާ ޖެނެރަލް ނޫރު ހިޝާމް ވިދާޅުވި ކަމަށް އެ ގައުމުގެ ނޫސްތަކުން މިއަދު ބުނީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރު ހިމެނޭ ގޮތުން ގިނަ ސިޓީތަަކެއްގައިވާ ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ކޮވިޑަށް ހާއްސަކޮށްފައިވާ އައިސީޔޫ އެނދުތަކުގެ 80 ޕަސެންޓްގައި މިހާރު މީހުން އެޑްމިޓްކޮށްފައިވާ ކަމަށެވެ.

ހިޝާމްވިދާޅުވި ގޮތުގައި ސަރުކާރުގެ ހޮސްޕިޓަލްތަކާއި ޓީޗިން ހޮސްޕިޓަލްތަކުގައި ހުރީ ޖުމްލަ 1388 އައިސީޔޫ އެނދު ކަމަށެވެ. އޭގެ ތެރެއިން 850 އެނދު ހާއްސަކޮށްފައި ވަނީ ކޮވިޑްގެ ބަލިމީހުންނަށް ފަރުވާކުރުމަށެވެ. އޭނާ ވިދާޅުވިގޮތުގައި ކޮވިޑަށް ފަރުވާ ކުރުމަށްް ހާއްސަކުރާ އައިސީޔޫ އެނދުގެ އަދަދަށް ސަރުކާރުން ދޭތެރެދޭތެރެ އިން ބަދަލު ގެނެ އެވެ. އަދި ހޮސްޕިޓަލްތަކުގައިވާ އާއްމު ވޯޑުތަކަށް އިކްއިޕްމެންޓް ހަމަކޮށްް އައިސީޔޫ އަށް ބަދަލުކުރުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިވިދާޅުވި އެވެ.

އެހެން ނަަމަވެސް މެދު ނުކެނޑި ބަލިމީހުން އިތުރުވާ ނަމަ އެކަން ވާނީ ވަރަަށް އުނދަގޫ ކަމަށެވެ.

"[ކޮވިޑްގައި] ހާލުބޮޑުވާ މީހުންގެ އަދަދު މަދުވެއްޖެ ނަމަ އައިސީޔޫ އެނދުތައް ކޮވިޑަށް ހާއްސަކޮށްފައި ބަހައްޓާ އަދަދު މަދުކުރެވޭނެ. އަދި ހާލުބޮޑުވާ މީހުންގެ އަދަދު އިތުރު ވާނަމަ އަދަދު އިތުރުކުރެވޭނެ،" އޭނާ ވިދާޅުވި ކަމަށް ސްޓްރެއިޓްސް ޓައިމް ނޫހުން ބުންޏެވެ.

މެލޭޝިއާ ސަރުކާރުން ބުނެފައިވާ ގޮތުގައި އެގައުމުގައި ކޮވިޑް ޖެހިގެން ހާލުބޮޑުވާ މީހުންގެ އަދަދު މިދިޔަ ހަފްތާފައި ވަނީ އޭގެ ކުރީ ހަފްތާއަށް ވުރެ 44 ޕަސެންޓް އިތުރުވެފަ އެވެ. އައި މީހުން އައިސީޔޫއަށް ލާން ޖެހޭ އަދަދު ވަނީ ކުރީ ހަފްތާއަށް ވުރެ 70 ޕަސެންޓް އިތުރުވެފަ އެެވެ.

މެލޭޝިއާއިން މިއަދު ކޮވިޑަށް ޕޮޒިޓިވް ވި 3،780 މީހުންނާއި އެކު އެގަމުގައި އެބަލި ޖެހުނު މީހުންގެ ޖުމްލައަަކީ މިހާރު 470،110 އެވެ.