މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް އިންތިހާބު ކޮށްފައިވާ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން މަގާމުގެ ހުވާ މިއަދު ހުވާކުރައްވައިފި އެވެ.
17 މެއި 2021
މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް އިންތިހާބު ކޮށްފައިވާ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން މަގާމުގެ ހުވާ މިއަދު ހުވާކުރައްވައިފި އެވެ.
އޮންލައިންކޮށް ބޭއްވި އެ ރަސްމިއްޔާތުގައި، މޭޔަރުކަމަށް އަަލަށް އިންތިހާބުކުރި ޑރ. މުއިއްޒާއި އިންތިހާބީ ކައުންސިލަރުންނަށް ހުވާލައި ދެއްވީ ހައި ކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ އެވެ.
އެ ރަސްމިއްޔާތުގައި، މޭޔަރުންނާއި ކައުންސިލަރުން ހުވާގައި ސޮއިކުރެއްވިއިރު މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ވެސް އިގްރާރުގައި ސޮއިކުރައްވައި، ސްކްރީނުން ދައްކާލައިފައިވެ އެވެ.
ހުވާގެ ރަސްމިއްޔާތުގެ ތެރެއިން، ނިމިދިޔަ ދައުރުގައި ސިޓީ ކައުންސިލަށް ކުރިމަތިވި ގޮންޖެހުންތަކާއި އެތަނުން ކުރި މަސައްކަތްތަކުގެ ވީޑިއޯ ރިޕޯޓެއް ވެސް ދައްކައިލި އެވެ.
ހުވާގެ ރަސްމިއްޔާތަށް ފަހު، ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ވަނީ ބާއްވައިފަ އެވެ.
މަގާމުގެ ހުވާކުރެއްވުމަށް ފަހު، މާލޭގެ އާ މޭޔަރު ޑރ. މުއިއްޒު އިގްރާރުގެ ލިޔުން ދައްކާލައްވަނީ.
ޕީޕީއެމްގެ ޓިކެޓުގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު މޭޔަރު ކަމަށް އިންތިހާބުވެވަޑައިގަތީ ވޯޓުލީ މީހުންގެ 61 ޕަސެންޓުގެ ތާއީދާ އެކުގަ އެވެ. މިއީ މާލޭގެ މޭޔަރު ކަމަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ. އަދި މާލެ ސިޓީ ކައުންސިލުގެ މެޖޯރިޓީ ވެސް މި ފަހަރު ލިބުނީ ޕީޕީއެމަށެވެ. އެ ޕާޓީން ޖުމުލަ 11 ގޮނޑިއެއް ކާމިޔާބުކޮށްފައިވެ އެވެ.
މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތް އެމްޑީޕީ އަށް މި ފަހަރުގެ އިންތިހާބުގައި ކާމިޔާބުކުރެވުނީ އެންމެ ފަސް ގޮނޑި އެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް ވަނީ އެއް ގޮނޑި ހޯދައިފަ އެވެ.
މާލޭ ސިޓީ ކައުންސިލުގެ އިތުރުން އެހެން ސިޓީ ކައުންސިލްތަކާއި އަދި ރަށު ކައުންސިލުތަކަށް އަލަށް އިންތިހާބުވި މެމްބަރުންގެ ހުވާކުރުން ވެސް މިއަދު އޮންނާނެ އެވެ. ކޮވިޑާ ގުޅިގެން މޮނިޓަރިންގައި އޮތް ރަށްރަށުގައި ހުވާކުރުމުގެ ރަސްމިއްޔާތު އޮންލައިންކޮށް ކުރިއަށް ގެންދަން ލޯކަލް ގަވާމަންޓް އޮތޯރިޓީން ލަފާދީފައިވާއިރު އެކި ރަށްރަށުގަައި އެ ރަސްމިއްތު ކުރިއަށް ގެންދަން ނިންމީ އެކި ގަޑިގަޑީގަ އެވެ.
ހައި ކޯޓުން ނެރެފައިވާ އަމުރާ ގުޅިގެން ގއ. ކޮނޑޭ ކައުންސިލްގެ ރައީސް، ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް، ލ. މާބައިދޫ ކައުންސިލްގެ ރައީސް އަދި ތ. ކަނޑޫދޫ ކައުންސިލް މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު ވަނީ ފަސްކޮށްފަ އެވެ.
އާ ކައުންސިލް ސިޔާސީ ޖަގަހައަކަށް ނުވާނެ: މުއިއްޒު
މާލޭގެ ޑެޕިއުޓީ މޭޔަރު އިންތިހާބުކުރާނީ ފަހުން
މޭޔަރުގެ ގިނަ ބާރުތަކެއް މުއިއްޒު ދޫކޮށްލައްވައިފި
ޕާކުތައް ކުއްޔަށް ދޫކުރުން ކައުންސިލް ޖަލްސާއަށް!
ސިނަމާލެ ފްލެޓްތައް ތަޅާލައި އަލުން އިމާރާތް ކުރަނީ
މާލެ ބަލަހައްޓަން 78 "މަގުފާރަވެރިން" މަގުތަކަށް!
ތާރުމަގު މަރާމާތުކުރަން ޗައިނާގެ ކުންފުންޏަކަށް
ގަސްތައް ކަނޑާތީ އަނެއްކާވެސް މޭޔަރުގެ ކަންބޮޑުވުން!
މާލޭގައި ސްމާޓް ސްޓްރީޓް ލައިޓް ހަރުކުރަން ފަށައިފި
މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ރޯދައަށް ނިމޭނެ