ކޮވިޑުން ރައްކާތެރިވުމަށްޓަކައި މި މަހުގެ 12 އިން ފެށިގެން މާލެ ސަރަހައްދުގައި އެއް ހަފުތާ އަށް އިއުލާން ކޮށްފައިވާ ކާފިއުގެ މުއްދަތު މި މަހުގެ 25 އާ ހަމައަށް އެޗްޕީއޭ އިން ދަންމާލައިފި އެވެ.
ކޮވިޑުން ރައްކާތެރިވުމަށްޓަކައި މި މަހުގެ 12 އިން ފެށިގެން މާލެ ސަރަހައްދުގައި އެއް ހަފުތާ އަށް އިއުލާން ކޮށްފައިވާ ކާފިއުގެ މުއްދަތު މި މަހުގެ 25 އާ ހަމައަށް އެޗްޕީއޭ އިން ދަންމާލައިފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުއްވި އެންގުމުގައި ވަނީ މި މަހުގެ 12 އިން ފެށިގެން ހަފުތާއެއްގެ މުއްދަތަށް މާލެ ސަރަހައްދުގައި އިއުލާންކުރި ފިޔަވަޅުތައް މާދަމާ އިން ފެށިގެން އިތުރު ހަފުތާއަކަށް ދަންމާލާފައިވާ ކަމަށެވެ. އެ މުއްދަތު ހަމަވާނީ މި މަހުގެ 25 އަށެވެ.
މާލެ ސަރަހައްދުގައި އާދަޔާ ހިލާފަށް ބާރު ސްޕީޑެއްގައި ކޮވިޑް ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި މަހުގެ 12 އިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ފަތިހު 4 އަށް އޮންނަނީ ކާފިއު ހިންގައިފަ އެވެ.
ކާފިއުގެ އިތުރުން މާލެ ސަރަހައްދުގެ ކެފޭ/ރެސްޓޯރަންޓުތައް ހުޅުވައިގެން ކެއުންބުއިމުގެ ހިދުމަތް ދިނުން ވެސް މި މަހުގެ 25 އާ ހަމައަށް މަނާވާނެ އެވެ. ނަމަވެސް ދަންވަރު 12 އާ ހަމައަށް ޑެލިވަރީ/ޓޭކްއަވޭގެ ހިދުމަތް ކެފޭ/ރެސްޓޯރަންޓުތަކުން ދެވޭނެ އެވެ.
މީގެ އިތުރުން ކާފިއު ގަޑީގައި ފިހާރަތައް ހުޅުވުން ވެސް މަނާކޮށްފައިވާއިރު، އެ ތަންތަނުން ވެސް ދެވޭނީ ޑެލިވަރީގެ ހިދުމަތް އެކަންޏެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދުގައި ކާފިއު ހިންގުމާއި ކެފޭ/ރެސްޓޯރަންޓުތައް ބަންދުކުރުމުގެ އިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.
މައިމޫނާގެ މިއަދުގެ އެންގުމުގައިވާ ގޮތުން ނަމަ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް މި މަހުގެ 25 އާ ހަމައަށް އޮންނާނީ މެދުކަނޑާލައިފަ އެވެ.
މުޅި ރާއްޖޭގައި ވެސް ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، މިހާރު އެ ބަލި އެންމެ ބާރަށް ފެތުރެނީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގަ އެވެ. އެގޮތުން މާލެ ސަރަހައްދުން ކޮންމެ ދުވަހަކު އަލަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު އުޅެނީ ހާހުން މަތީގަ އެވެ.
ރާއްޖޭގައި ކޮވިޑް ޖެހިފައިވާ 16،000 އަށް ވުރެ ގިނަ މީހުން ތިބިއިރު 260 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެންނެވެ. ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މާލޭގެ މިސްކިތްތައް ހުޅުވާލައިފި، ޖަމާއަތެއް ނުހެދޭނެ
ހަފުތާއަކަށް ފަހު ކާފިއު އުވާލައިފި
މާލޭގެ ހަރުކަށި ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށްފި
މާލެ ސަރަހައްދުގެ 37 މިސްކިތެއްގައި ނަމާދުކުރެވޭނެ
ލޮކްޑައުންއެއް، ފާސް ނެތި ބޭރުގައި އުޅުން މަނާ!
ކާފިއު ގަޑި އިތުރުކޮށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފި
ރޭގަނޑު 9 އިން ފަތިހު 4 އަށް ކާފިއު
މާލެ ސަރަހައްދުގެ ކާފިއުގަޑި ދަންވަރު 12 އިން 4އަށް
ރޭގަނޑު 10 އިން ފަތިހު 5 އަށް، ކާފިއު ގަޑި
މާލެ ނޫން އެހެން ރަށްރަށުގެ ފިޔަވަޅުތައް އުވާލައިފި