Roadha Mihaaru
މާލެ ސަރަހައްދުގެ ކާފިއުގަޑި ދަންވަރު 12 އިން 4އަށް

މާލެ ސަރަހައްދުގެ ކާފިއު ގަޑި ދަންވަރު 12 އިން ފަތިހު 4 އަށް ބަދަލުކޮށްފި

08 ނޮވެމްބަރ 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއުގެ ވަގުތު އެޗުޕީއޭ އިން އަނެއްކާ ވެސް ކުޑަކޮށްފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއުގެ ވަގުތު އެޗުޕީއޭ އިން އަނެއްކާ ވެސް ކުޑަކޮށްފި އެވެ.

އެ އިދާރާ އިން ރޭ އާންމުކުރި އިއުލާނުގައިވާ ގޮތުން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި މިއަދުން ފެށިގެން ކާފިއު ގަޑި ހިނގާނީ ކޮންމެ ރެއެއްގެ ދަންވަރު 12 އިން ފަތިހު ހަތަރަކާ ހަމައަށެވެ. އެންމެ ފަހުން ގެނައި ބަދަލާ އެކު، ކާފިއު ވަގުތަކީ އެޗުޕީއޭ އިން ހަމަޖައްސާފައިވާ ގޮތުން ކޮންމެ ރެއެއްގެ 11 އިން ފަތިހު ހަތަރަކަށެވެ. ނަމަވެސް ރޭ ގެނައި ބަދަލާ އެކު، ދަންވަރު 12 އާ ހަމައަށް ބޭރުތެރޭގައި އެންމެންނަށް ވެސް އުޅެވޭނެ އެވެ. ދަންވަރު 12 އިން ފެށިގެން އެއްގަމު އުޅަނދު ދުއްވުން ވެސް އާންމު އުސޫލުގެ މަތިން މަނާވާނެ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އެންގެވުމުގައި ވެ އެވެ،

އާ އެންގުމުގައި ލުއިތަކެއް ދީފައިވާއިރު، ކޮވިޑުން ރައްކާތެރިވުމަށް އަދިވެސް ބައެއް ކަންކަން އެޗުޕީއޭ އިން ވަނީ ލިމިޓު ކޮށްފަ އެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގައި އެއްވެސް ވަގުތެއްގައި އެއްފަހަރާ 15 މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އުޅުން މަނާކުރުމާއި މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދާ މީހުން ކަރަންޓީނު ކުރުން ހިމެނެ އެވެ.

ޑިރެކްޓަ ޖެނެރަލް މައިމޫނާ ރޭ ދެއްވި ލުއިތައް:

- ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓު ޑޯ ކުޅިވަރުތަކަށް ހުޅުވައިލުން.

- އެޗުޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް، ވިޔަފާރި ކުރާ ތަންތަނާއި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން، އެކަމާ ގުޅޭ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން ހުޅުވައިލުން.

- އެއްފަހަރާ 15 މީހުންނަށް ވުރެ ގިނަ ނުވާ ގޮތަށް ކުޅިވަރުތައް ބަލަން ދިއުން.

- އެޗުޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް، ޕާކުތަކާއި މައިޒާންތަކާއި ދާރުލްއާސާރުތައް ހުޅުވައިލުން.

- ގޭގައި މަސައްކަތް ކުރަން އޮފީސްތަކުން ކަނޑައަޅަފައިވާ، ހައި ރިސްކު މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އޮފީސްތަކަށް ނުކުމެ މަސައްކަތް ކުރުން.