20 މެއި 2021
ގެވެށިއަނިޔާގެ ތުހުމަތުކޮށް ތަހުގީގު ފެށުމާ އެކު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އިސްތިއުފާ ދެއްވައިފި އެވެ.
ގެވެށިއަނިޔާގެ ތުހުމަތުކޮށް ތަހުގީގު ފެށުމާ އެކު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އިސްތިއުފާ ދެއްވައިފި އެވެ.
އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ނެރުއްވި ބަޔާނުގައި އީސަ ވަނީ ގެވެށިއަނިޔާކުރި ކަމަށް އޭނާ އަށް ކުރާ ތުހުމަތަށް އިންކާރު ކުރައްވައިފަ އެވެ
އީސަ އިސްތިއުފާ މި ދެއްވީ އަނބިކަނބަލުންނަށް އަސްރާ ނަސީމަށް އަނިޔާކުރި މައްސަލަ ޕޮލިހަށް ހުށަހަޅައި ފުލުހުން އޭނާ ހައްޔަރުކުރަން މަސައްކަތް ފެށުމާ އެކު އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން ވަކިކުރުމުގެ މަސައްކަތް ވެސް ކުރަނިކޮށެވެ. ނަަމަވެސް މިއަދު މެންދުރު ފަހު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ކޯރަމް ހަމަނުވެގެން އީސަ ވަކިކުރެވޭ ގޮތެއް ނުވި އެވެ.
"އަޅުގަނޑުގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށިއަނިޔާގެ މައްސަލައެއް މި ވަގުތު ތަހުގީގުކުރެވެމުން ދާތީ، ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އެންމެ ފުރިހަމަ ގޮތުގައި އެއްބާރުލުން ދިނުމަށްޓަކައި، މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އަޅުގަނޑު އިސްތިއުފާ ދިން ވާހަކަ ދަންނަވަމެވެ." އީސަގެ ސިޓީގައިވެ އެވެ.
ނަމަވެސް ތުހުމަތަށް އިންކާރު ކުރައްވަމުން، އީސަގެ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ފުލުހުންނަށް އިތުބާރު އެބަ އޮތް ކަމަށާއި ދައުލަތުގެ މުއައްސަސާތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އީސަގެ ފަރާތުން ލިބުނު ކަމަށް ބުނާ އަނިޔާތަކަށް އަނބިކަނބަލުން ވަނީ ހޮސްޕިޓަލުން ފަރުވާ ވެސް ހޯއްދަވައިފަ އެވެ. އަދި އަނިޔާއާ ބެހޭ ގޮތުން އަސްރާ ވަނީ ސޯޝަލް މީޑިއާގައި ލިޔުއްވައިފަ އެވެ.
އީސަ އަށް ކުރި ތުހުމަތާ އެކު އެތައް ބަޔަކު އަންނަނީ އޭނާގެ އިސްތިއުފާ އަށް ގޮވާލަމުންނެވެ. މީގެ ތެރޭގައި އޭނާ ނިސްބަތްވާ އެމްޑީޕީގެ މެންބަރުން ވެސް ހިމެނެ އެވެ.
އީސަގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
އީސަގެ ތަހުގީގު ނިމި، ދައުވާކުރަން ފޮނުވަނީ
ކޯރަމް ހަމަނުވެގެން އީސައާ މެދު ގޮތެއް ނުނިންމުނު
އެންމެން ގޮވަނީ މެމްބަރު އީސަގެ އިސްތިއުފާ އަށް
ރިޔާސަތުން އީސަގެ ނިންމުމާ ހެދި ކޮމިޓީ ހޫނުވެއްޖެ
މާރާމާރީއާ ގުޅިގެން އީސަ ހައްޔަރުކުރަން ގޮވަނީ
ތަޅުމުގައި އަނިޔާވި މެންބަރު ހޮސްޕިޓަލަށް
މަޖިލީހުގެ ނިޒާމު ގެއްލުވާލުމުން ޖަލްސާ ކުރިއަށްނުދިޔަ
އަސްރާ އަށް ވެސް ރޮނގު ހުރަހެއް ނުކުރެވުނު!
ގާޒީ ސަލާމުގައި؛ އީސަގެ ޝަރީއަތް ކެންސަލް