Roadha Mihaaru
އީސަގެ ތަހުގީގު ނިމި، ދައުވާކުރަން ފޮނުވަނީ

އީސަގެ ގެވެށި އަނިޔާގެ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާކުރަން ފޮނުވަނީ

31 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާގެ ފަރާތުން އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމާއި ދަރިފުޅަށް ގެވެށި އަނިޔާ ލިބުނު ކަމަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގު އެއްކޮށް ނިންމައި، ދައުވާކުރަން ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާގެ ފަރާތުން އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމާއި ދަރިފުޅަށް ގެވެށި އަނިޔާ ލިބުނު ކަމަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގު އެއްކޮށް ނިންމައި، ދައުވާކުރަން ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަސްރާ އަމިއްލަ އަށް ފުލުހަށް ހުށަހެޅުއްވި މި މައްސަލަ ކުރިއަށް ނުގެންދިއުމަށް އޭނާ ފަހުން އެދިވަޑައިގެންފައިވީ ނަމަވެސް، ފުލުހުން ނިންމީ އެ ތަހުގީގު ކުރިއަށް ގެންދިއުމަށެވެ. މި މައްސަލަ ނުބަލަން އަސްރާ އެދިވަޑައިގަތީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ފުލުހުން އޭރު ބުނެފައި ވަނީ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވެގެން ހުށަހެޅިޔަސް، ޖިނާއީ މައްސަލަތައް ތަހުގީގުކުރާއިރު، މައްސަލައިގެ ތަހުގީގު ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ މި މައްސަލައިގެ ތަހުގީގު މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ސީރިއަސް މައްސަލައެއްގެ ގޮތުގައި މިކަން ފެށިގެން އަޔަސް، އީސަ ވަނީ މި ތުހުމަތުތަކަށް އިންކާރުކުރައްވައި ބަޔާނެއް ނެރުއްވައިފަ އެވެ. އީސަގެ ދޮށީ ދަރިފުޅު ވެސް ބައްޕަގެ ދިފާއުގައި ވާހަކަ ދައްކާފައިވެ އެވެ.

ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވުމާ އެކު ފުލުހުން ވަނީ އީސަ ހައްޔަރުކުރުމުގެ އަމުރެއް ހޯދަން ޕީޖީ އޮފީހުގައި ވެސް އެދިފަ އެވެ. އެ އަމުރު ހޯދުމަށް ކޯޓަށް ހުށަހެޅި ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ، އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަބަބުތަކެއް ހުރި ނަމަވެސް، ގާނޫނީ އެކި ސަބަބުތައް ހުރުމުން އަމުރު ނެރެދެވެން ނެތް ކަމަށެވެ.

އީސަ ހައްޔަރުކުރަން ޖެހޭ ސަބަބުތަކުގެ ތެރޭގައި، މި މައްސަލައިގައި ހެކި ބަސް ދޭން ތިބި މީހުންްގެ ތެރެއިން ބަޔާން ނުނެގި ތިބި މީހުންނަށް އޭނާ ނުފޫޒު ފޯރުވައިފާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ޕީޖީން ބުނެފައި ވިޔަސް، އެހެން ބުނުން ފިޔަވައި އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅައިފައެއް ނުވެ އެވެ. ޕީޖީން ބުނެފައި ވަނީ އީސަ ދޫވެފައި ހުރެއްޖެ ނަމަ، މި މައްސަލައިގައި ހެކި ބަސް ދޭން ތިބި މީހުންނަށް އޭނާގެ ފަރާތުން ނުފޫޒު ފޯރުވައިފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.

Asra edhenee geveshi aniyaage massala nubalan; Ekamaku fuluhun balaane

Asra edhenee geveshi aniyaage massala nubalan; Ekamaku fuluhun balaane

The most trusted news source in the Maldives

Mihaaru

ގެވެށި އަނިިޔާގެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ އެދިވަޑައިގަތް ނަމަވެސް އެއީ ކީއްވެ ކަމެއް ސާފެއް ނުވޭ.

އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުން އެދިފައި ވަނީ، އަސްރާގެ ގައިގައި ގަދަކަމުން އަތްލައި، ތަޅައި މާރާމާރީ ހިންގައި އަދި އެ މީހުންގެ ދަރިފުޅު ގަދަކަމުން އަތުލައި، ގޭގެ ބެލްކަނިން ބޭރަށް މަގުމައްޗަށް ދިއްކޮށް، ކުއްޖާ މަގުމައްޗަށް ވައްޓާލައި، މަރާލާނެ ކަމަށް ބުނެ ކުއްޖާގެ ކަރާމާތަށް ގެއްލުންވާނެހެން އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

މި މައްސަލައާ ގުޅިގެން އީސަގެ އިސްތިއުފާ އަށް ވެސް ގިނަ ބަޔަކު އައީ ގޮވާލަމުންނެވެ. މައްސަލަ ފެންމަތިވުމުން އޭނާ ވަނީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އިސްތިއުފާ ދެއްވައިފަ އެވެ. އަދި މަޖިލީހުގެ ޖެންޑާ ކޮމިޓީން ވެސް މި މައްސަލަ ބެލި އެވެ. ނަމަވެސް އެ ކޮމިޓީން ބައްދަލުވުން ސިއްރުކުރި އެވެ.