Roadha Mihaaru
"ނައިވްސް އައުޓް 2" ގެ ކާސްޓަށް މި ފަހަރު ކޭޓް

"ނައިވްސް އައުޓް 2" ގެ ކާސްޓަށް މި ފަހަރު ކޭޓް

23 މެއި 2021

ޑެނިއަލް ކްރެއިގް ކާމިޔާބު ފިލްމު "ނައިވްސް އައުޓް" ގެ ސީކްއެލްގެ ދާދި ފަހުން އިތުރު އެކްޓަރުންތަކެއް ގުޅިފައި ވަނިކޮށް އެ ލިސްޓަށް ބަތަލާ ކޭޓް ހަޑްސަން ވެސް އިތުރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑެނިއަލް ކްރެއިގް ކާމިޔާބު ފިލްމު "ނައިވްސް އައުޓް" ގެ ސީކްއެލްގެ ދާދި ފަހުން އިތުރު އެކްޓަރުންތަކެއް ގުޅިފައި ވަނިކޮށް އެ ލިސްޓަށް ބަތަލާ ކޭޓް ހަޑްސަން ވެސް އިތުރުވެއްޖެ އެވެ.

ގްރީސްގައި ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނަ "ނައިވްސް އައުޓް 2" ގައި 42 އަހަރުގެ ބަތަލާ ކުޅޭނީ ކޮން ކަހަލަ ކެރެކްޓާއެއް ކަމެއް އަދި ނޭނގުނަސް، އޭނާގެ ރޯލަކީ ވަރުގަދަ ބޮޑު ރޯލެއް ކަމަށް ހޮލީވުޑް ރިޕޯޓާ އިން ބުންޏެވެ. ކޭޓް މިހާތަނަށް އެތައް ފިލްމެއް ކުޅެފައިވާ އިރު އޭނާގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ފެބްރުއަރީގައި ގެނެސްދިން މިއުޒިކަލް ޑްރާމާ "މިއުޒިކް" އެވެ.

ދެހާސް ވަނަ އަހަރުގެ "އޯލްމޯސްޓް ފޭމަސް" އިން ގޯލްޑެން ގްލޯބް އެވޯޑް ހާސިލުކޮށްފައިވާ ކޭޓްގެ ކުރިއަށް ހުރި ފިލްމުތަކަކީ "މޮނަ ލީސާ އެންޑް ދަ ބްލަޑް މޫން" އާއި "ޝްރައިވާ" އެވެ.

"ނައިވްސް އައުޓް 2" ގެ ކާސްޓާ ދާދި ފަހުން ގުޅުނު ތަރިންގެ ތެރޭގައި ޑޭވް ބަޓިސްޓާ އާއި އެޑްވަޑް ނޯޓޮންގެ އިތުރުން އާ ފަންނާނުންތަކެއް ވެސް ހިމެނެ އެވެ. އެއީ ލެޒްލީ އޮޑޯމް ޖޫނިއާ، ކެތުރީން ހާން އަދި ޖެނެލް މޮނާއީ އެވެ.

ދެހާސް ނަވާރައިގެ "ނައިވްސް އައުޓް" އަކީ ރިއަން ޖޯންސަން ލިޔެ، ޑައިރެކްޓްކުރި މިސްޓްރީ ތުރިލާއެކެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖޭމްސް ބޮންޑްގެ ރޯލް ކުޅޭ ކްރެއިގާ އެކު، ހިމެނެނީ ކްރިސް އިވަންސް، މައިކަލް ޝެނަން، ޑޮން ޖޯންސަން، ކެތެރީން ލޯންގްފޯޑް، ޖެމީ ލީ ކާޓިސް، އަނާ ޑި އާމަސް އަދި ކްރިސްޓޯފާ ޕްލަމާ އެވެ.

މި ފަހަރު ނެޓްފްލިކްސް އިން ބޮޑު ހޭދައެއްކޮށްގެން ހަދާ "ނައިވްސް އައުޓް 2" ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.