Roadha Mihaaru
ހާޒިރީ ނުބެލެހެއްޓޭތީ، އެލަވަންސް ލިބުން ލަސްވެއްޖެ

އެލަވަންސް ލަސްވަނީ ހާޒިރީ ރަނގަޅަށް ނުބެލެހެއްޓިގެން: އެޗްއީއޯސީ

22 މެއި 2021

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މަސައްކަތްކުރާ ވޮލަންޓިއަރުންގެ އެޓެންޑެންސް ބެލެހެއްޓުމުގައި މައްސަލަތަކެއް އެބަހުރި ކަމަށާއި އެ ފަރާތްތަކަށް ދޭން ކަނޑައެޅި އެލަވަންސް ލިބުން ލަސްވުމުގެ އެއް ސަބަބަަކީ އެއީ ކަަމަށް އެ ސެންޓަރުން ރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މަސައްކަތްކުރާ ވޮލަންޓިއަރުންގެ އެޓެންޑެންސް ބެލެހެއްޓުމުގައި މައްސަލަތަކެއް އެބަހުރި ކަމަށާއި އެ ފަރާތްތަކަށް ދޭން ކަނޑައެޅި އެލަވަންސް ލިބުން ލަސްވުމުގެ އެއް ސަބަބަަކީ އެއީ ކަަމަށް އެ ސެންޓަރުން ރޭ ބުނެފި އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ބްރީފިންއެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަަރު އަހުމަދު ނާސިރު ވިދާޅުވީ ފޯމްތައް ފުރުމާއި އެޓެންޑެންސް ބެލެހެއްޓުމުގައި މައްސަލަތަކެއް ހުރީ ބަލަހައްޓަން ޖެހެނީ ވަރަށް ގިނަ ބައެއްގެ މައުލޫމާތު ކަމަށް ވާތީ ކަމަށެވެ. ވޮލަންޓިއަރުން މަސަކަތްކުރަމުން އަންނަނީ އެކަން ދެނެ ތިބެ، ގައުމީ ކަމެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފޯމްތައް ފިލްކުރުމާ އަދި ހަމަ އެހެންމެ އެ ކުދިންގެ އެޓެންޑެންސް ބެލެހެއްޓުމާ، ވަަރަށް ގިނަ ފަރާތްތަކެއް މި ބަލަހައްްޓަނީ އިނގޭތޯ އެހެންކަމުުން އެކަހަލަ އިޝޫތަކެއް އެބައުޅޭ،" ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވި އެވެ.

ނާސިރު ވިދާޅުވީ އެލަވަންސް އެއްކޮށް ޖަމާކުރުމުން އެއްކޮށް ނޫން ކަމަށާއި އެކި މުއްދަތުތަކަށް ބަހާލައިގެން ޖަމާކުރަމުން އަންނަ ކަމަށެވެ.

ވޮލަންޓިއަރުންނަށް އެލަވަންސް ލިބުން ލަސްވާ ކަމުގެ ޝަކުވާ އޮތްކަން އެނގޭ ގޮތަށް ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނާސިރު ވިދާޅުވީ ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރަން އަންނަ މީހުންނަށް އެޗްއީއޯސީން ދީފައި ވާނެ މެސެޖަކީ، އެގޮތަށް ބައިވެރިވީތީ ޝުކުރު އަދާކުރާ ކަމަށާއި، އެލަވަންސެެއް ދޭން ސަރުކާރުން ހަމަޖައްސާފައި އޮތް ހާ ދުވަހަކު އެލަވަންސެއް ލިބޭނެ ކަމުގެ މެސެޖެެވެ. މީގެ މާނައަކީ އެއީ ކޮވިޑް މެނޭޖްކުރުމުގެ މަސައްކަތުގައި ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވި ފަރާތްތަކަކީ އެލަވަންސެއް ދޭނެ ވާހަކަ ބުނެގެން، އެލަވަންސް ލިބޭނެ ކަމަށް ބަލައިގެން ބައިވެރިވި ފަރާތްތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ފްރޮންޓްލައިން މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނާއި ވޮލަންޓިއަރުންނަށް ވެސް ސަރުކާރުން އަންނަނީ އެލަވަންސް ދެމުންނެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކަށް އެލަވަންސް ނުލިބޭ ކަމުގެ ޝަކުވާ އެކަމަކު އަބަދުވެސް އިވެ އެވެ. އެގޮތުން މާލޭގައި މަސައްކަތް ކުރާ ފަރާތްތަަކަށް ލިބިފައި، އަތޮޮޅުތަކުގައި މަސައްކަތް ކުރާ މީހުންނަށް އެ ލަވަންސް ލިބުން ލަސްވާ ކަމަށް ވެސް ކުރިން ވާހަކަ ދެކެވުނެވެ.

އެ މައްސަލަތައް ދިމާވަނީ ފޯމްފުރުން ފަދަ އިދާރީ ކަންތައްތަކާ ހެދި ކަމަށް އެޗްއީއޯސީން ކުރިން ވެސް ބުންޏެވެ.