Roadha Mihaaru
ކޮވިޑް ކޭސްތައް އަދިވެސް 100 އިން މަތީގައި

ކޮވިޑް ކޭސްތައް އަދިވެސް 100 އިން މަތީގައި

06 ފެބުރުއަރީ 2021

ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް ކުއްލިއަކަށް މާ ބޮޑަށް އިތުރުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރިތާ ހަތަރު ދުވަސްވީ އިރުވެސް ކޭސްތައް މަދުނުވެ، މިދިޔަަ 24 ގަޑި އިރުގެ ތެރޭގައި ވެސް 109 މީހަކު އެބައްޔަށް އަލަށް ޕޮޒިޓިވް ވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް ކުއްލިއަކަށް މާ ބޮޑަށް އިތުރުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރިތާ ހަތަރު ދުވަސްވީ އިރުވެސް ކޭސްތައް މަދުނުވެ، މިދިޔަަ 24 ގަޑި އިރުގެ ތެރޭގައި ވެސް 109 މީހަކު އެބައްޔަށް އަލަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ އާއްމުކުރި މައުލޫމާތުގައިވާ ގޮތުން ،އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް 109 މީހަކު އެބައްޔަށް ޕޮޒިޓިވްވި އެވެ. އެއީ 3،220 ސާމްޕަލެއްގެ ތެރެއިންނެވެ.

އެޗްޕީއޭއިން ބުނިގޮތުގައި އޭގެ ތެރެއިން 78 މީހުންނަަކީ މާލެ ސަރަހައްދުގައި ތިބި މީހުންނެވެ. މީހުން އުޅޭ އެހެން ރަށްރަށުގައި ތިބި 11 މީހަކާއި ރިސޯޓްތަކުގައި ތިބި 20 މީހަކު ވެސް މި 24 ގަޑި އިރުގެ ތެރޭގައި އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެއެވެ.

މިއަދުގެ ކޭސްތަކާ އެކު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،039 އެވެ. ހޮސްޕިޓަލްތަކުގައި އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 207 މީހުންނެވެ. ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ މިހާރު 16،656 އެވެ. އެ ބަލީގައި ރާއްޖޭން މަރުވި މީހުންގެ އަދަދަކީ 54 އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގަމުން އަންނަ ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި މިއަދު 2،575 މީހަކު ވެކްސިން ޖެހި އެވެ. ރާއްޖޭގައި ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދަކީ މިހާރު 6،854 އެވެ.