Roadha Mihaaru
"މޯލްޑިވްސް ވިތު ފަލަސްތީން" ފޭސްބުކުން ނެރެލައިފި

ދިވެހި ޒުވާނުންގެ "މޯލްޑިވްސް ވިތު ފަލަސްތީން" ފޭސްބުކުން ނެރެލައިފި

22 މެއި 2021

ދިވެހި ޒުވާނުންތަކެއް އިސްވެ އުފެއްދި ފޭސްބުކް ގްރޫޕް "މޯލްޑިވްސް ވިތު ފަލަސްތީން" އެ ޕްލެޓްފޯމުން މިއަދު ބޭރުކޮށްލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދިވެހި ޒުވާނުންތަކެއް އިސްވެ އުފެއްދި ފޭސްބުކް ގްރޫޕް "މޯލްޑިވްސް ވިތު ފަލަސްތީން" އެ ޕްލެޓްފޯމުން މިއަދު ބޭރުކޮށްލައިފި އެވެ.

ފޭސްބުކުން އެ ފިޔަވަޅު އެޅިއިރު، އެ ގްރޫޕްގެ މެމްބަރުންގެ ގޮތުގައި 50،000 އާ ގާތްކުރާ އަދަދަކަށް މީހުން ތިއްބެވެ.

އިޒުރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމާލަތަކާ ދެކޮޅަށް އަޑުއުލުމަށްޓަކައި ރާއްޖޭގައި ބާއްވާ ހުރިހާ ހަރަކާތްތަކެއްގެ އެންމެ ފަހުގެ މައުލޫމާތު މި ގްރޫޕުން ލިބެން ހުއްޓެވެ. އޭގެ ތެރޭގައި އިވެންޓުތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް ހިމެނެ އެވެ.

މި ގްރޫޕް ހުއްޓުވިއިރު، ފަލަސްތީނާ އެއްކޮޅަށް އަންނަ ހަފުތާގައި ވެސް ޚާއްސަ ހަރަކާތްތަކެއް ބާއްވަން އައީ ރާވަމުންނެވެ.

އިޒުރޭލާ ދެކޮޅަށް އަޑުއުފުލާ މީހުންނާއި ޕޭޖުތަކާއި އަދި ގްރޫޕްތައް ވެސް ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމުތަކުން މި ދުވަސްކޮޅު ދަނީ ހުއްޓުވަމުންނެވެ.

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިހާރު އެކަން ހުއްޓައިލުމަށް ފަހު ދީނީ ކަންކަމަށް މީހުން ހޭލުންތެރިކުރުވަން އުޅޭ ސަލަފް ޖަމިއްޔާގެ މެމްބަރު އަލީ ރަމީޒްގެ ޓުވިޓާ އެކައުންޓް ވެސް އިއްޔެ ވަނީ ސަސްޕެންޑުކޮށްފަ އެވެ. އެ އެކައުންޓް ސަސްޕެންޑްކުރި ސީދާ ސަބަބެއް ސާފު ނުވި ނަމަވެސް، އެ ސަސްޕެންޝަން އައީ ފަލަސްތީނު މިނިވަންކުރުމަށް ގޮވާލައި ޓުވީޓްތަކެއް ކުރި ފަހުންނެވެ.