Roadha Mihaaru
މަޖިލިސް އަނެއްކާވެސް އޮންލައިންކޮށް ގެންދަން ނިންމައިފި

މަޖިލީހުގެ ޖަލްސާތައް އަނެއްކާވެސް އޮންލައިންކޮށް ބާއްވަން ނިންމައިފި

24 މެއި 2021

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވުމުން ރައްޔިތުންގެ މަޖްލީހުގެ ޖަލްސާތައް ތަޅުމުގައި ބޭއްވުން ހުއްޓާލައި އަނެއްކާވެސް އޮންލައިން ޖަލްސާތައް ބާއްވަން ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވުމުން ރައްޔިތުންގެ މަޖްލީހުގެ ޖަލްސާތައް ތަޅުމުގައި ބޭއްވުން ހުއްޓާލައި އަނެއްކާވެސް އޮންލައިން ޖަލްސާތައް ބާއްވަން ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މާދަމާއިން ފެށިގެން ޖަލްސާތައް ބާއްވާނީ އޮންލައިންކޮށް ކަމަށާއި އެ ގޮތަށް ކުރިއަށް ގެންދަން އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށެވެ. އެގޮތަށް ނިންމީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދަން ކަމަށް ވެސް ބުންޏެވެ.

ކޮވިޑް ކޮންޓްރޯލްކުރުމަށް ޓަކައި މާލެ ސަރަހައްދުގައި އަޅާ އިތުރު ފިޔަވަޅުތައް އަންނަ ބުދަދުވަހު އިއުލާނުކުރާނެ ކަމަށް ސަރުކާރުން ރޭ ބުންޏެވެ. އެ ފިޔަވަޅުތަކުގެ ތަފްސީލު އަދި ނުދިން ނަަމަވެސް މަޖިލީހުގެ މި ނިންމުމަކީ ބެލެވޭ ގޮތުގައި އެ ފިޔަވަޅުތަކާ ގުޅިގެން ނިންމި ނިންމުމެކެެވެ.

މިދިޔަ އަހަރު ރާއްޖޭގައި ފުރަތަމަ ކޮވިޑް ފެތުރެން ފެށުމުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން މަޖިލީހުން އޭރުވެސް ޖަލްސާތައް ބޭއްވީ އޮންލައިންކޮށެވެ. އެކަމަކު އެފަހަރު، ތަޅުމުގައި ޖަލްސާތައް އަލުން ބާއްވަން ފެށީ ލޮކްޑައުން ފިޔަވަޅު އުވައިލުމުގެ ކުރިންނެވެ

ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 20،000 އަށް ވުރެ މަތިވެފަ އެވެ. އެބަލީގައި މަރުވި މީހުންގެ އަދަދަކީ މިހާރު 142 އެވެ. ރާއްޖޭން ކޮވިޑް ޖެހުނުމީހުންގެ ޖުމްލައަކީ 55،924 އެވެ.