Roadha Mihaaru
ލ.ގަމާއި ފޮނަދުއަށް އަރައިފޭބުން މަނާކޮށްްފި

މާންދޫ އާއި ގަމުން ކޮވިޑް ކޭސްތަކެއް، ގަން-ފޮނަަދުއަށް އަރައިފޭބުން މަނާ

24 އެޕްރީލް 2021

ލ. އަތޮޅުގައި ގަައި ކޯޒްވޭތަކުން ގުޅާލާފައިވާ ރަށްތަކުގެ ތެރެއިން ގަމާއި ސިނާއީ ރަށް މާންދޫން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމުން އެ ރަށްތަކަށް އަރައިފޭބުން ވަގުުތީ ގޮތުން މަނާކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ލ. އަތޮޅުގައި ގަައި ކޯޒްވޭތަކުން ގުޅާލާފައިވާ ރަށްތަކުގެ ތެރެއިން ގަމާއި ސިނާއީ ރަށް މާންދޫން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމުން އެ ރަށްތަކަށް އަރައިފޭބުން ވަގުުތީ ގޮތުން މަނާކޮށްފި އެވެ.

ގަމު ކައުންސިލުން ބުނި ގޮތުގައި މާންދޫން ފެނުނު ކޮވިޑް ކޭސްތަކަކަށް ފަހު ގަމު މުކުރިމަގު އަވަށުން ތިން މީހަކު ވަނީ އެބައްޔަށް ޕޮޒިޓިވްވެފަ އެވެ. ގަމާއި ފޮނަދުއަށް އަރައިފޭބުން މަނާކުރީ އެހެންވެ އެވެ. އެރަށްތަކަށް އަރައިފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކުރީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެންނެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވުމަށް ފަހު އަނެއްކާވެސްް ވަނީ ކޭސްތައް އިތުރުވާން ފަށައިފަ އެވެ. އެޗްޕީއޭ އިން އެންމެ ފަހުން އާއްމުކުރި މައުލޫމާތުގައިވާ ގޮތުން، ބުރާސްފަތި ދުވަހުގެ ހަވީރު 6:00 އިން ފެށިގެން އިއްޔެ ހަވީރު 6:00 އަށް ޓެސްޓްކުރި 3،094 ސާމްޕަލްގެ ތެރެއިން 319 ސާމްޕަލް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެއާއި އެކު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަަދަދު މިހާރު ވަނީ 3،000 އަށް ވުރެ މަތިވެފަ އެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަަަންނަ މީހުންގެ އަދަދަކީ މިހާރު 98 އެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަައަކީ 27،403 އެވެ. އޭގެ ތެރެއިން 71 މީހުން ވަނީ އެ ބަލީގައި މަރުވެފަ އެވެ.