Roadha Mihaaru
އައްޑޫގައި އިންޑިއާ ކޮންސިއުލޭޓް އަޅާކަށް އަދި ނުނިންމާ

އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް އަޅާކަށް އަދި ނުނިންމަން: ރައީސް

26 މެއި 2021

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަން އިންޑިއާ ސަރުކާރުން ނިންމި ނަމަވެސް އެކަމާ ބެހޭ ގޮތުން ދިވެހި ސަރުކާރުން އަދި އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށް ރައީސްް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަން އިންޑިއާ ސަރުކާރުން ނިންމި ނަމަވެސް އެކަމާ ބެހޭ ގޮތުން ދިވެހި ސަރުކާރުން އަދި އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށް ރައީސްް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން މިއަދު ބުނީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮންސިއުލޭޓެއް ހުޅުވަން އިންޑިއާގެ ކެބިނެޓުން މިއަދު ރުހުން ދީފައިވާ ކަަމަށާއި އެ ކޮންސިއުލޭަޓް ހުޅުވާނީ އައްޑޫގައި ކަމަށެވެ.

އެކަމަކު، ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އައްޑޫގައި ކޮންސިއުލޭޓް އެޅުމަކީ އަދި ހަމައެކަނި އިންޑިއާގެ ނިންމުމެއް ކަމަށެވެ. ނަމަވެސް އެކަން ދިވެހި ސަރުކާރަށް އިންޑިއާ އިން އަދި ހުށަހަަޅާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި، ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއް ފަރާތުން އަނެއް ފަރާތަކަށް އެދޭ އެދުންތައް ފުރިހަމަކުރަން ދެއްކެވެން ޖެހޭ ވާހަކަތައް އެކަމުގައި ދެއްކެވޭނެ އެވެ.

"އަޅުގަނޑުމެން އަދި ޑިސިޝަނެއް އެއަކު ނުނަގަން. އެނގިވަޑައިގަންނަވާނެ އިންޑިއާ އާއި ރާއްޖެއާ ދޭތެރޭގައި އެބަ އޮތް ވަރަށް ގާތް ގުޅުމެއް. އަދި [އަވަށްޓެރި] އެހެން ގައުމުތަކާ އެކީގައި ވެސް އެބަހުރި،" ރައީސް ވިދާޅުވި އެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ރާއްޖޭގެ ހައިކޮމިޝަން ހުންނަ އިރު އެ ގައުމުގެ ދެކުނުގައިވާ ތުރިވަަނަންތަޕޫރަމްގައި ރާއްޖޭގެ ކޮންސިއުލޭޭޓެއް ހުންނަ ކަމަށް ކަމަށާއި އެހެންވީމާ އިންޑިއާގެ ނިންމުމާ ދޭތެރޭ ވިސްނަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިންޑިއާގެ ނޫސްތަކުން އެ ގައުމުގެ ސަރުކާރާ ހަވާލާދީ ބުނީ އައްޑޫގައި ކޮންސިއުލޭޓެއް ހުޅުވަން ނިންމީ އެގައުމުން ގެންގުޅޭ އަަވަށްޓެރިންނަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ. އެ ސިޔާސަތުގެ ދަށުން އިންޑިއާގެ ޑިޕްލޮމެޓިކް މަސަައްކަތްތައް އަވަށްޓެރި ގައުމުތަކުގައި ފުޅާކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ. އަދި އެއީ އިންޑިއާގެ ކުންފުނިތަކަށް ރާއްޖޭގެ މާކެޓް ހުޅުވި އެކްސްޕޯޓް އިތުރުވާނެ ކަމެއް ކަމަށް އިންޑިއާ ސަރުކާރާ ހަވާލާދީ ނޫސްތަކުން ބުންޏެވެ.