Roadha Mihaaru
ގާޒީ އާރިފަށް ތުހުމަތުކުރި ދެވަނަ މައްސަލަ ސާބިތުނުވި

ގާޒީ އާރިފަށް ތުހުމަތުކުރި ދެވަނަ މައްސަލަ ވެސް ސާބިތެއް ނުވި

26 މެއި 2021

ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފްގެ މައްޗަށް ތުހުމަތުކުރި ސުލޫކީ ދެވަނަ މައްސަލަ ވެސް ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފްގެ މައްޗަށް ތުހުމަތުކުރި ސުލޫކީ ދެވަނަ މައްސަލަ ވެސް ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ގާޒީ އާރިފްއާ ގުޅޭގޮތުން 2019 ގައި ވެސް މައްސަލައެއް ބަލަން ފެށި އެވެ. އެ މައްސަލަ ސާބިތުނުވާ ޖޭއެސްސީން ނިންމީ ކަމަށް ނިންމީ މިދިޔަ އަހަރު ފަހުކޮޅު އެވެ.

ގާޒީ އާރިފްއާ ބެހޭ ގޮތުން މިދިޔަ އަހަރުުގެ މާޗް މަހު ޖޭއެސްސީން ބަލަން ފެށި މައްސަލަ ސާބިތުނުވާ ކަމަށް ނިންމީ މިދިޔަ ހަފުތާގައި ކަމަށް ޖޭއެސްސީން ބުންޏެވެ. އެހެން ނަމަވެސް އެއިން އެއްވެސް މައްސަލައެއްގެ ތަފްސީލެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ހުންނަވަނިކޮށް ގާޒީ އާރިފް ޑްރަގް ކޯޓަށް ބަދަލުކުރީ ޖޭއެސްސީންނެވެ. އޭނާ ވަނީ ކްރިމިނަލް ކޯޓުގައި ހުންނަވައިގެން މަޝްހޫރު ބޭފުޅުންގެ މައްސަލަތަކެއް ބައްލަވައިފަ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްސަލަ އާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލަ ވެސް އޭނާ ބެއްލެވި އެވެ. އެކަމަކު ފަހުން އެ މައްސަލަތައް ބަލައިި، ނިންމީ އެހެން ފަނޑިޔާރުންތަކެކެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަބްދުލްބާރީ ޔޫސުފް 2017 ގައި ޖުވެނައިލް ކޯޓަށް ބަދަލު ކުރުމުން އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވީ ވެސް ގާޒީ އާރިފެވެ. އޭގެެފަހުން އިސްގާޒީ ކަމަށް އަހުމަދު ހައިލަމް އައްޔަން ކުރަންދެން ކޯޓު ހިންގުމާ ހަވާލުވެ ހުންނެވީ ގާޒީ އާރިފެވެ.