Roadha Mihaaru
ބަލި މީހާއަށް އަނިޔާކުރި މީހާ ހައްޔަރުކޮށްފި

ބަލި މީހާއަށް އަނިޔާކުރި ބަންގްލަދޭޝް މީހާ ހައްޔަރުކޮށްފި

26 މެއި 2021

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި ދުވަސްވީ މީހަކާ ހަވާލުވެ، ހުރެ އެ މީހާ އަށް އަނިޔާކުރި މައްސަލައާ ގުޅިގެން ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފި އެވެ

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި ދުވަސްވީ މީހަކާ ހަވާލުވެ، ހުރެ އެ މީހާ އަށް އަނިޔާކުރި މައްސަލައާ ގުޅިގެން ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފި އެވެ

ފުލުހުން ބުނި ގޮތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 31 ބަންގްލަދޭޝް މީހެކެވެ.

ބަލި މީހާއަށް އަނިޔާކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވަނިކޮށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ބަލި މީހާއާ ހަވާލުވެ ހުރި މީހާ އަނިޔާކުރި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާ އެކ އެޓެންޑްވި ކަމަށެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ފުލުހުން ވަނީ ބަންގްލާދޭޝް މީހާ ހައްޔަރުކޮށް ތަހުގީގު ފަށާފައިވާ ކަމަށް ބުނެފަ އެވެ.

އާންމުވި ވީޑިއޯގެ އަޑުތަކަށް ބަލާއިރު ބަލި އެނދުގައި އޮތީ، ރަނގަޅަށް ވާހަކަ ވެސް ނުދެއްކޭ މީހެކެވެ. އެ މީހާ ބާރަށް ކޮންމެވެސް އެއްޗެއް ބުނުމާ އެކު ބިދޭސީ މީހާ ވެސް އެއްޗެހިތަކެއް ކިޔަ އެވެ. އަދި ބަލި މީހާ ގައިގައި އަތުން ބާރަށް ޖަހަ އެވެ. އަދި ޖެހުމާ އެކު ބަލި މީހާ ރޯ އަޑުވެސް ވީޑިއޯ އިން އިވެ އެވެ.

ބަލި މީހާ ރޯން ފެށުމާ އެކު، އެ މީހާއާ ދިމާލަށް އިނގިލި ދިއްކޮށް ބާރަށް އެއްޗެއް ބުނާ އަޑުވެސް އިވެ އެވެ. އެއާ އެކު ބަލި މީހާ ރުއިމުގެ އަޑު ކެނޑެ އެވެ.

އެ މައްސަލައާ އެކު ބަލި މީހާ ބެލުމުގެ ޒިންމާއިން އެ މީހާ ދުރުކުރި އެވެ. ހައްޔަރުކުރީ އޭގެ ފަހުންނެވެ.