Roadha Mihaaru

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

ރާއްޖޭގެ މެދުތެރޭގެ އަތޮޅެއްގެ ރަށެއްގައި، އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި
އިފްރާޒް އަލީ
އިފްރާޒް އަލީ

31 މެއި 2021

ރާއްޖޭގެ މެދުތެރޭގެ އަތޮޅެއްގެ ރަށެއްގައި، އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދަޅުވީ މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރު 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާ ހައްޔަރުކުރީ ރޭގެ ވަގުތެއްގަ އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރާ މި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާއަށް މީހަކު ޖިންސީ ގޯނާކުރިކަން އެނގުނީ އޭނާ ގެއްލިގެން، ހޯދި ފަހުންނެވެ. މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި ހެނދުނު ގެއިން ނުކުމެގެން ދިޔަ ގޮތަށް ޚަބަރެއް ނުވެގެން ހޯދަނިކޮށް، އެ ކުއްޖާ ފެނުނީ ގެއާ ވަރަށް ދުރު ހިސާބަކުން ހިނގާފައި އަންނަނިކޮށެވެ.

ބެލެވޭ ގޮތުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކުރީ ގްރޫމްކޮށްގެންނެވެ. ކުޑަކުއްޖަކު ހައްލާލައިގެން އެ ކުއްޖެއްގެ ފަރާތުން ނާޖާއިޒް ފައިދާ ހޯދުމަކީ ގާނޫނީ ބޮޑު ކުށެކެވެ.