Roadha Mihaaru
އެސްޓީއޯ އިން ހިއްސާއަކަށް 60ރ. ބަހަން ފާސްކޮށްފި

އެސްޓީއޯ އިން ހިއްސާއަކަށް 60ރ. ބަހަން ފާސްކޮށްފި

31 މެއި 2021

އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 60ރ. ބަހަން މިއަދު ފާސްކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 60ރ. ބަހަން މިއަދު ފާސްކޮށްފި އެވެ.

އެ ކުންފުނީގެ "އީ ވޯޓިން" ޕޯޓަލް މެދުވެރިކޮށް ބޭއްވި އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާއަކަށް 60ރ. ބަހަން ފާސްކޮށްފައިވަނީ ހާޒިރުވި ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ. މި ޖަލްސާގައި އެ ކުންފުނީގެ 682 ހިއްސާދާރުން ބައިވެރިވި އެވެ.

މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 60ރ. ބަހަން އެސްޓީއޯ އިން ފާސްކޮށްފައިވާއިރު 2019 ވަނަ އަހަރު އެ ކުންފުނިން ހިއްސާ އަކަށް ބަހާފައިވަނީ 58ރ. އެވެ.

މިދިޔަ އަހަރު އެސްޓީއޯ އަށް އާމްދަނީގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ ލިބުނުއިރު، ސާފު ފައިދާއަކީ 127 މިލިއަން ރުފިޔާ އެވެ.

މިއަދުގެ ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރުން ވަނީ އާއްމުންގެ ތެރެއިން ބޯޑަށް މެމްބަރަކާއި ކުރިއަށް އޮތް އަހަރުގެ އެ ކުންފުނީގެ އޮޑިޓަރުން ވެސް ހޮވައިފަ އެވެ. ވޯޓު ލީ ހިއްސާދާރުންގެ އަޣުލަބިއްޔަތުން އާއްމުންގެ ފަރާތުން ބޯޑަށް އާމިނަތު ރުޝްމާ އައްޔަން ކޮށްފައިވާއިރު، އޮޑިޓަރުންގެ ގޮތުގައި ފާސްކުރީ ޕްރައިސް ވޯޓާ ހައުސްކޫޕާސް އެވެ.