Roadha Mihaaru
އަގުދަށްކުރި ރަށްތަކަށް ބީލަން ހުށަހަޅަން އިތުރު ވަގުތު

އަގު ދަށްކުރި ރަށްތަކަށް ބީލަން ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި

01 ޖޫން 2021

ކޮވިޑް-19ގެ ސަބަބުން އިންވެސްޓް ކުރުމަށް އައި ބަދަލާއެކު، އަގު ދަށްކުރި 23 ރަށުގެ ބީލަން ހުށަހެޅުމުގެ ސުންގަޑި ޓޫރިޒަމް މިނިސްޓްރީން މިއަދު އިތުރު ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19ގެ ސަބަބުން އިންވެސްޓް ކުރުމަށް އައި ބަދަލާއެކު، އަގު ދަށްކުރި 23 ރަށުގެ ބީލަން ހުށަހެޅުމުގެ ސުންގަޑި ޓޫރިޒަމް މިނިސްޓްރީން މިއަދު އިތުރު ކޮށްފި އެވެ.

މިއީ، މިދިޔަ އޭޕްރިލަ މަހު ޓޫރިޒަމަށް ހުޅުވައިލި 23 ރަށެވެ. މި ރަށްތައް އެއްކޮށްގެން 16 ރިސޯޓެއް ތަރައްގީ ކުރަން ވަނީ ނިންމައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަނޑި އިތުރު ކުރީ ކޮވިޑް-19ގެ މިހާރު ހާލަތުގެ ސަބަބުން އިންވެސްޓަރުންނަށް ދަތުރުފަތުރު ކުރުމުގައި ދަތިވެފައި ވާތީ ކަމަށެވެ. އެހެންކަމުން ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10:00އާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަން ޖެހެ އެވެ.

ރިސޯޓު ތަރައްގީ ކުރަން ދޫކުރި ރަށްތައް:

- ހއ. ވެލިފިނޮޅު

- ހއ. އަލިދުއްފަރުފިނޮޅު

- ހދ. ކުޑަފަރުފަސްގަނޑު

- މ. ސީދީހުރާ އާއި އެކު ސީދީހުރާ ވެލިގަނޑު

- މ. މާއުސްފުށި

- ތ. ކާއްޑޫ

- ތ. ކަނިމީދޫ އުތުރު ފަރާތުން 10 ހެކްޓަރުގެ ބިން

- ތ. އޮޅުފުށި، އިޅުފުށި ފިނޮޅާ އެކު

- ލ. ކަށިދޫ

- ލ. ބޮޑުމުންޏަފުށި

- ލ. ދޮންބެރެހާ (ހޮޅުރަހާ އާއެކު)

- ގއ. މާރެހާ

- ގއ. ފުނަދޫވިލިގިއްޔާ

- ގދ. ކަނޑަހަލަގަލާ

- ގދ. ކަޑެވާރެހާ، ދިގުރެހާ އާއެކު

- ގދ. ފެރޭތަވިލިގިއްލާ އާއެކު އެއް ކްލަސްޓާގެ ގޮތުގައި އެ އަތޮޅުގެ ދެކާނބާ އާއި ކޮޑެރަޓާ އަދި 2.97 ހެކްޓަރުގެ އިތުރު ރަށެއް