މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީގައި ޒުވާނަކު ރަހީނުކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް އެ ރަށު މެޖިސްޓްރޭޓް ކޯޓުން އިތުރުކޮށްފި އެވެ.
02 ޖޫން 2021
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީގައި ޒުވާނަކު ރަހީނުކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް އެ ރަށު މެޖިސްޓްރޭޓް ކޯޓުން އިތުރުކޮށްފި އެވެ.
އިއްޔެ ރޭ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 24 އަހަރުގެ މީހަކާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނެކެވެ. އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ބަންދަށް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ މީހަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކުރި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން، އެ ކާރު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އޭނާގެ ބޮލުގައި ދަގަނޑަކުން ޖެހުމުގެ ސަބަބުން ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑި އަށް ލޭ އެޅިފައިވާއިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އޭނާއަށް މިހާރު ފަރުވާދެނީ އޭޑީކޭގެ އައިސީޔޫގަ އެވެ. އޭނާގެ ހާލު އަދިވެސް ސީރިއަސް އެވެ.
މީހަކު ރަހީނުކުރި ދެ މީހެއްގެ ބަންދަށް 15 ދުވަސް
ރަހީނު ކުރި މައްސަލަގައި ތިން ވަނަ މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށިން މީހަކު ރަހީނުކުރި ދެ މީހަކު ހައްޔަރަށް
ރަހީނުކޮށް އަނިޔާކުރި މީހާއަށް ފަރުވާދެނީ އައިސީޔޫގައި
ކުޅުދުއްފުށީގައި ރަހީނުކުރި މީހަކު ނާޒުކު ހާލަތެއްގައި!
ކުޅުދުއްފުށީގެ 8 ގެއަކުން ސިހުރު ހަދާ ސާމާނު ހޯދައިފި
ސިހުރުގެ މައްސަލަ ބޮޑުވެ ކުޅުދުއްފުށީގައި އޮޕަރޭޝަނެއް
މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ހިތަދޫގައި މީހަކު ރަހީނުކުރި ފަސް މީހަކު ހައްޔަރުކޮށްފި
ކުއްޖަކު ދުއްވި ޕިކަޕެއް ގޮސް އެރީ އެއާޕޯޓް ފެންސަށް