Roadha Mihaaru
ކުޅުދުއްފުށީގައި ރަހީނުކުރި މީހަކު ނާޒުކު ހާލަތެއްގައި!

ކުޅުދުއްފުށީގައި ކިޑްނެޕްްކޮށް އަނިޔާކުރި މީހަކު ނާޒުކު ހާލަތުގައި!

30 މެއި 2021

ހދ. ކުޅުދުއްފުށީގަައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ޒުވާނަކު ރަހީނުކޮށް، ރޭ އަނިޔާކުރުމުން އޭނާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހދ. ކުޅުދުއްފުށީގަައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ޒުވާނަކު ރަހީނުކޮށް، ރޭ އަނިޔާކުރުމުން އޭނާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެއްޖެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ އަނިޔާވި ޒުވާނާ އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ރޭ 9:50 ހާއިރު ކަމަށެވެ.

އެ މީހާ އަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭނާގެ ސިކުނޑި އަށް ލޭ އެޅިފައިވާ ކަމަށް ދާއޫދު ވިދާޅުވި އެވެ. އެހެންވެ، ހަނިމާދޫ މަގުން އިތުރު ފަރުވާ އަށް މިއަދު 1:30 ގެ ފްލައިޓުން މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ބޮލުގައި ދަގަނޑުބުރިއަކުން ޖެހުމުން، ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ލޭ ލީކުވަމުން ދެ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ ދިވެހި ފިރިހެނަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކުރި މައްސަލައެއް ރިޕޯޓްކޮށްފައި ވަނީ ރޭ 8:48 ގައި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

އެ މީހާ ރަހީނުކޮށް، އަނިޔާކުރީ ކީއްވެ ކަމެއް އަދި ސާފެއް ނުވެ އެވެ.