Roadha Mihaaru
"ވަކިވަކި ސިފައިން ކަންކުރި ގޮތް ފޮރުވަން ނޫޅެވޭނެ"

ވަކިވަކި ސިފައިން އަމަލުކުރި ގޮތް ފޮރުވަން ސިފައިންގެ ވެރިންނަށް ފުރުސަތެއް ނުދެވޭނެ: ނަޝީދު

04 ޖޫން 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގާ ތަހުގީގުގައި ވަކިވަކި ސިފައިން ޖަވާބުދާރީ ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން ނިންމި ނިންމުމަށް ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގާ ތަހުގީގުގައި ވަކިވަކި ސިފައިން ޖަވާބުދާރީ ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން ނިންމި ނިންމުމަށް ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.

ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިން މައްސަލާގައި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީން ހިންގާ ތަހުގީގަށް ޖަވާބުދާރީވާނީ އެމްއެންޑީއެފް އިން ކަމަށާއި ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާނެ ކަމަށް އެމްއެންޑީއެފް އިން އިއްޔެ ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން އެމްއެންޑީއެފް އަށް ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ ވަކިވަކި ސިފައިން އަމަލުކުރި ފުރިހަމަ ގޮތް ފޮރުވުމަށްޓަކައި ސިފައިންގެ ވެރިންނަށް ކަންކަން ނިންމުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި އެމަނިކުފާނަށް ހަމަލާދިން ވަގުތު އެމަނިކުފާނާ ކައިރީގައި ތިބި ސިފައިންގެ ބަސް ނުބުނެވޭނެ ގޮތަކަށް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭ އިންސާފެއް ކަމަށް ނަޝީދުގެ ޓްވީޓްގައިވެ އެވެ.

ނަޝީދުގެ ޓްވީޓް

ވަކިވަކި ސިފައިން މަޖިލީހުގެ ކޮމެޓީއަށް ޖަވާބުދާރީ ނުކުރެވޭނެ ކަމަށް އެމްއެންޑީއެފް އިން ބުންޏަސް، ސުޕްރީމް ކޯޓުން ކުރިން މަޖިލީހަށް ލަފާދީފައި އޮތީ ވަކިވަކި ސިފައިން ވެސް ކޮމެޓީއަށް ޖަވާބުދާރީ ކުރުވޭނެ ކަމަށެވެ.

ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގަތް އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް މިހާރު ހުުންނެވީ ޖަރުމަނުގަ އެވެ. އެ ހަމަލާއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށް، ފުލުހުން ގެންދަނީ ތަހުގީގު ހިންގަމުންނެވެ.