Roadha Mihaaru
މާވެލްގެ "މިސް މާވެލް" ގެ ރޯލެއް ފަވާދަށް

މާވެލްގެ "މިސް މާވެލް" ގެ ރޯލެއް ފަވާދަށް

07 ޖޫން 2021

އިންޑިއާގެ އެކްޓަރުން ކަމަށްވާ ފަރުހާން އަޚްތަރާއި މޯހަން ކަޕޫރަށް ވެސް ފުރުސަތު ލިބިފައިވާ މާވެލް ސްޓޫޑިއޯސް އާއި ޑިޒްނީ ޕްލަސްގެ ސީރީޒް "މިސް މާވެލް" ގެ ރޯލެއް ޕާކިސްތާންގެ މަޝްހޫރު އެކްޓަރު ފަވާދު ޚާނަށް ވެސް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ އެކްޓަރުން ކަމަށްވާ ފަރުހާން އަޚްތަރާއި މޯހަން ކަޕޫރަށް ވެސް ފުރުސަތު ލިބިފައިވާ މާވެލް ސްޓޫޑިއޯސް އާއި ޑިޒްނީ ޕްލަސްގެ ސީރީޒް "މިސް މާވެލް" ގެ ރޯލެއް ޕާކިސްތާންގެ މަޝްހޫރު އެކްޓަރު ފަވާދު ޚާނަށް ވެސް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އޭނާގެ ނަން "މިސް މާވެލް" ގެ އައިއެމްޑީބީ ޕޭޖްގެ ކާސްޓުންގެ ތެެރޭގައި ވެސް މިހާރު ހިމަނާފައިވާ އިރު ބީބީސީގެ ނޫސްވެރިޔާ ހާރޫން ރާޝިދުކުރި ޓްވީޓެއްގައި ވެސް ފަވާދަށް ފުރުސަތު ލިބުނު ވާހަކަ ބުނެފައިވެ އެވެ.

ފަވާދަކީ ބޮލީވުޑްގެ ފިލްމުތަކެއް ވެސް ކުޅުނު އެކްޓަރެކެވެ. އޭގެ ތެރޭގައި "އޭ ދިލް ހެ މުޝްކިލް" އާއި "ކަޕޫރް އެންޑް ސަންސް" ގެ އިތުރުން "ޚޫބްސޫރަތު" ހިމެނެ އެވެ. ފަވާދު، 39، ގެ ކުރިއަށް ހުރި ޕާކިސްތާން ފިލްމުތަކަކީ "މައުލާ ޖަޓް" އާއި "މަނީ ބެކް ގެރެންޓީ" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "މިސް މާވެލް" އިން ފަވާދަށް ލިބުނީ ހަސަން ކިޔާ ކެރެކްޓާއެކެވެ.

ފަވާދަށް ހޮލީވުޑްގެ ޕްރޮޖެކްޓަކުން ފުރުސަތު ލިބުނު އިރު އޭނާގެ ވަރަށް ކާމިޔާބު ސިލްސިލާއެއް ކަމަށްވާ "ޒިންދަގީ ގުލްޒާރު ހޭ" މި ހަފުތާގައި ވަނީ ބެލުންތެރިން ވަރަށް ބޮޑަށް އެދިގެން ޒީޓީވީން ގެނެސްދޭން ފަށައިފަ އެވެ.

"މިސް މާވެލް" ގެ ޓައިޓްލް ކެރެކްޓާ މިސް މާވެލް/ކަމާލާ ޚާންގެ ކެރެކްޓާ އިން ފެންނާނީ ކެނެޑާގެ ފުރާވަރުގެ ބަތަލާ އިމާން ވެލާނީ އެވެ. އޭނާ އަކީ ޕާކިސްތާން ދަރިކޮޅަށް ނިސްބަތްވާ ކުއްޖެކެވެ.

ބިޝާ ކޭ އަލީގެ މޭސްތިރިކަމުގެ ދަށުން ހުޅަނދާއި އޭޝިއާގެ މަސްހުނި ކާސްޓަކާ އެކު ގެނެސްދޭން ނިންމާފައިވާ ސުޕަހީރޯ މިނީ ސީރީޒް "މިސް މާވެލް" މި އަހަރުގެ ތެރޭގައި ބެލުންތެރިންނަށް ގެނެސްދޭނެ އެއްޗެކެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.