Roadha Mihaaru
ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ އިތުރު ހާދިސާއެއް

ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ އިތުރު ހާދިސާއެއް

06 ޖޫން 2021

ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ އިތުރު ހާދިސާއެއް މިއަދު ހިނގައިފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ އިތުރު ހާދިސާއެއް މިއަދު ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ، ކުޑަކުދިންގެ ހިޔާގެ ޓެރަހުގައި ހުރި ގުދަނެއްގައި ރޯވި އެ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ.

ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ފަޔާ ސްޓޭޝަނުގެ ފަޔާމަނުން ނުކުމެ ނިއްވައިލި މި އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:46 ގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ވިލިމާލޭގެ ކުޑަކުދިންގެ ހިޔާގައި މިދިޔަ މަހު ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވެ އެވެ. އެ މަހުގެ ހަތަރުވަނަ ދުވަހު އެ ތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ދެ ކުއްޖެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކަށް ފަހު އެވެ. ނަމަވެސް އެ ހަމަނުޖެހުމާއި އެ އަލިފާނުގެ ހާދިސާއާ ގުޅުމެއް އޮތް ކަމެއް ނޭނގެ އެވެ.