Roadha Mihaaru
ފިޔަވަތީގައި އެންމެ ފަހުން އަލިފާން!

ފިޔަވަތީގައި އެންމެ ފަހުން އަލިފާން، މައްސަލަ އުފެދުނުތާ 24 ގަޑިއިރު!

17 ސެޕްޓެމްބަރ 2021

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތީ"ގައި މައްސަލަތައް ގިނަވެ، ބައެއް ކުދިން ބޭރަށް ނުކުމެ ފުރާޅު މައްޗަށް އަރައި ނުކިޔަމަންތެރިކަން ދައްކާތާ 24 ގަޑިއިރު ފަހުން، ދާދިދެންމެއަކު އެތާނގައި އަލިފާން ރޯކޮށްލައިފި އެވެ.

އެކަމަކު އަލިފާންގަނޑު ނުފެތުރެނީސް، އެތަނުގެ މުވައްޒަފުން ވަނީ ނިއްވާލައިފަ އެވެ. އަދި އެކަން ސިފައިންގެ ފަޔާ އެންޑް ރެސްކިޔު އަށް ރިޕޯޓް ކޮށްފައި ވާތީ، ފަޔާ ޓްރަކެއް ވަގުތުން އެތަނަށް ދިޔަ އެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރޯކޮށްލާފައިވާ އެތަނުގައި އަލިފާނުގެ ހާދިސާ އިތުރަށް ހިންގައިފާނެތީ އެތާނގައި ފަޔާ ޓްރަކް އަދިވެސް ބާއްވާފައި އެބައޮތެވެ.

ފިޔަވަތީގައި ތިބި ކުދިންތައް މިރޭ ފުރާޅުމަތީގައި

ފިޔަވަތީގައި ތިބި ކުދިންތައް މިރޭ ފުރާޅުމަތީގައި

"މިހާރުގެ" ނޫސްވެރިން މިރޭ އެ ސަރަހައްދަށް ދިޔަ އިރު ވެސް ހައެއްކަ ކުދިން ފިޔަވަތީގެ ފުރާޅުމަތީގައި ތިއްބެވެ. އޭގެ ތެރޭގައި ވަރަށް ހަގު އުމުރުގެ ކުދިން ވެސް ހިމެނެ އެވެ. އެ ކުދިން ފުރާޅުން ބޭލުމަށް ފުލުހުންނާއި ފިޔަވަަތިީގެ މުވައްޒަފުން އަދިވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

ފިޔަވަތީގައި މައްސަލަ ހޫނުވެގެން އުޅެނީ ކީއްވެގެން ކަމެއް އަދި ސާފެއް ނޫނެވެ. އެކަމަކު އިއްޔެ އިރުއޮއްސުނީއްސުރެ މައްސަލަގަނޑު ބޮޑުވެ، ބައެއް ކުދިން ފުރާޅުމައްޗަށް އަރައި ދޮރުތަކާ އެއްޗެހި ވެސް ހަލާކުކޮށްފައި ވެ އެވެ.