އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑު ތަޅައިލި މައްސަލައިގައި މިދިޔަ ހަފުތާގައި ދައުވާ އުފުލައިފި އެވެ.
06 ޖޫން 2021
އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑު ތަޅައިލި މައްސަލައިގައި މިދިޔަ ހަފުތާގައި ދައުވާ އުފުލައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، މިދިޔަ އޭޕްރީލް 13 ގައި އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑު ތަޅައިލި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ހުށަހެޅި ކަމަށެވެ.
އޭގެ ތެރެއިން ތިން މީހެއްގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމުން މައްސަލަ އަނބުރާ ފޮނުވައިލީ އެވެ. އެހެންވެ، ދައުވާ އުފުލާފައި ވަނީ އަހުމަދު ޝިމާދު މޫސާގެ މައްޗަށް އެކަންޏެވެ.
އެ މައްސަލައިގައި މިދިޔަ ބުދަ ދުވަހު އޭނާގެ މައްޗަށް އުފުލާފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އެވެ.
އެމްޑީޕީގެ އޮފީހަށް ގެއްލުންދިން މައްސަލައިގައި މީގެ ކުރިން ތިން ފިރިހެނަކު ހައްޔަރުކުރި އެވެ. އެއީ އުމުރުން 23 އަހަރާއި 24 އަހަރު އަދި 36 އަހަރުގެ މީހެކެވެ.
ސިނގިރޭޓް ވައްކަމުގައި ހިމެނޭ އެންމެންނަށް ދައުވާކުރަނީ
ސިނގިރޭޓް ވައްކަން: އާއްޓޭ އާއި ދިގަލި ދޫކޮށްލައިފި
ޝިފާއުގެ މައްޗަށް މި މަހު 15ގައި ހުކުމް އިއްވަނީ
ހުސައިންގެ މައްޗަށް ދައުވާ ނުކުރަން ޕީޖީން ނިންމައިފި
ފެނަކަ ސައީދުގެ ޕާސްޕޯޓު ދޫނުކުރަން އެދިއްޖެ
52 ފަހަރު ހައްޔަރުކުރި މީހަކު ހަތް މަހަށް ޖަލަށް
ރައުދު ރާއްޖެއިން ބޭރަށް ނުފުރާ: ފުލުހުން
52 ފަހަރު ހައްޔަރުކުރި ފަވާޒުގެ މައްސަލަ ޕީޖީއަށް
ޕީޖީން ނިންމީ 20 މީހަކު ބަންދުން ދޫނުކުރަން
ރައުދު ބަންދުން ދޫކޮށްލައިފި