ވިހެއުމުގެ ތެރޭގައި މިދިޔަ ފެބްރުއަރީ މަހު މަރުވި ސަލްމާ ނަސީރުގެ މައްސަލަ ކުރިއަށް ނުގޮސް، ލަސްވާތީ ވަކީލުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
07 ޖޫން 2021
ވިހެއުމުގެ ތެރޭގައި މިދިޔަ ފެބްރުއަރީ މަހު މަރުވި ސަލްމާ ނަސީރުގެ މައްސަލަ ކުރިއަށް ނުގޮސް، ލަސްވާތީ ވަކީލުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ސަލްމާގެ ފިރިމީހާގެ ފަރާތުން ވަކާލާތުކުރާ އެޑްވޮކެސީ ޗެމްބާސް އިން ވަނީ ސަލްމާ މަރުވުމުގައި އޭޑީކޭ ހޮސްޕިޓަލާއި އެ ހޮސްޕިޓަލްގެ މުވައްޒަފުންތަކެއްގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރެވޭތީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް އެދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ސިޓީއެއް ފޮނުވައިފަ އެވެ.
މި މައްސަލާގައި ޝާމިލްވާ ބައެއް މީހުންނަކީ ރާއްޖެއިން ބޭރުގެ ބަޔަކަށް ވުމުން މައްސަލަ ތަހުގީގުކޮށް ނިމުމުގެ ކުރިން އެ މީހުން ފުރައިގެން ހިނގައިދާނެތީ ބިދޭސީންގެ ޕާސްޕޯޓު ހިފަހައްޓައިދިނުމަށް ވެސް ޕޮލިހުގައި ވަނީ އެދިފަ އެވެ.
އެ މައްސަލަ ބަލައިދިނުމަށް އެދި އޭޕްރީލް 27 ގައި މޯލްޑިވްސް މެޑިކަލް ކައުންސިލަށް ވެސް ސިޓީ ހުށަހެޅި އެވެ.
އެޑްވޮކެސީ ޗެމްބާސްގެ މެނޭޖިން ޑިރެކްޓާ މުހުތާޒު މުހުސިން ވިދާޅުވި މައްސަލަ ބަލާކަމުގެ އެއްވެސް ނިޝާނެއް އެއްވެސް އިދާރާއަކުން ނުފެންނަ ކަމަށެވެ.
"ޕޮލިސް އިން ކޭސް ރަޖިސްޓްރީކުރި ކަމެއް ވެސް ނާންގާ،" ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު ވިދާޅުވި އެވެ.
މުހްތާޒް ވިދާޅުވީ ފުރާނަ އަކީ މުހިއްމު އެއްޗަކަށް ނުވާކަން، މި މައްސަލަ ލަސްވާތީ އެނގޭ ކަމަށެވެ.
"ހަގީގަތަކީ މެޑިކަލް މާފިޔާގެ ބާރުގެ ދަށުގައި ސިއްހީ ދާއިރާ އޮތްކަން،" ސިއްހީ ދާއިރާ ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ކަމަށް ތުހުމަތުކުރައްވައި އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސަލްމާ ނިޔާވި މައްސަލައިގެ ތަހުގީގުގައި ހޯދަންޖެހޭ މައުލޫމާތު ހޯދައި ތަހުގީގުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ. މެޑިކަލް ކައުންސިލް ހިންގާ ހެލްތު މިނިސްޓްރީގެ ބަހެއް މިކަމާ ބެހޭ ގޮތުން ނުލިބުނެވެ.
ސަލްމާގެ މަރުގެ މައްސަލަ ތަހުގީގުކޮށްދޭން އެދި ޕޮލިހަށް
ދެމައިން ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަނީ
ފަޒީސް ހިޖާމާ ކްލިނިކް ރަޖިސްޓްރީކޮށްދީފި
ވޭޕްގެ ޖޫރިމަނާ ނުދެއްކިޔަސް އެޅޭނެ ފިޔަވަޅެއް ނެތް؟
ހިޖާމާގެ ހިދުމަތް ހުއްޓުވި މައްސަލާގައި ފަޒީލާ ކޯޓަށް
އޭޑީކޭގައި އިންޓާން ހަދަން 14،500ރ. ދައްކަންޖެހޭ
ދުންފަތުން ސަލާމަތް ވާން ގާނޫނު ބަދަލުކުރަން އެދިއްޖެ
ފަޒީސް ހިޖާމާ ސެންޓަރު ބަންދުކުރަން ޕޮލިހުގައި އެދިއްޖެ
އަތުހަރުގެ ހާލު ގޯސްވެގެން އަނެއްކާވެސް އެޑްމިޓުކޮށްފި
ދުން ލީކުވެ އަނބުރައިގަތް ހަތް މީހަކަށް ފަރުވާދެނީ