Roadha Mihaaru
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ޝާހިދަށް

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ޝާހިދަށް، ރާއްޖެ އަށް ތާރީޚީ ދުވަހެެއް

07 ޖޫން 2021

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކު ހޮވުމަށް މިރޭ ބޭއްވި އިންތިހާބުން ބޮޑު ކާމިޔާބީއެއް ހޯއްދަވައި، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާ މަޖިލީހުގެ ރައީސަކަށް ހޮވިވަޑައިގެންފި އެވެ. މިއީ ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުކުރި ފުރަތަމަ ފަހަރެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޝާހިދަށް 143 ވޯޓު ލިބިވަޑައިގަތެވެ. ޝާހިދާ ވާދަކުރެއްވީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލް އެވެ. އޭނާ އަށް ލިބިވަޑައިގަތީ 48 ވޯޓެވެ.

ރާއްޖެއަށް ލިބުނު ކާމިޔާބީއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މަރުހަބާ ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. އަދި އދ.ގެ އާންމު މަޖިލީހުގައި ރާއްޖެ ފަޚުރުވެރިވާނެ ފަދަ މަސައްކަތްތަކެއް ޝާހިދު ކުރައްވާނެކަން ޔަގީންކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ޝާހިދަކީ ޚާރިޖީ ދާއިރާގައި މީގެ އެތައް އަހަރު ކުރިއްސުރެ ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ އެ ދާއިރާގައި ރާއްޖެ އިން އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ އެވެ.

ރާއްޖޭގެ ގަޑިން މިރޭ 7:00 ގައި ވޯޓުލުން ފެށިއިރު، މި އިންތިހާބު ކާމިޔާބުކުރުމަށް ރާއްޖެ އިން ވަނީ ވަރަށް ގިނަ މަސައްކަތްތައްކޮށް، އެތައް ގައުމެއްގެ ތާއީދު ހޯދައިފަ އެވެ.

މި އިންތިހާބުގައި އދ. ގެ މެމްބަރު 193 ގައުމަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މިއީ ސިއްރު ވޯޓެކެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ވާދަކުރެއްވި އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަމްލައި ރަސޫލް.--

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ވާދަކުރެއްވި އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަމްލައި ރަސޫލް.--

އާ މަޖިލީހުގެ ރައީސް ހޮވުމުގެ އިތުރުން އދ. ގެ މަޖިލީހުގެ ކޮމިޓީތަކަށް އާ ޗެއާ އިންނާއި ބިއުރޯ އިން ހޮވުން ވެސް މިރޭ ކުރިއަށް ދިޔަ އެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައި ވަނީ ސެޕްޓެމްބަރު 14، 2021 ގަ އެވެ. ކޮންމެ ދައުރަކަށް ވަކި ރައީސަކު އިންތިހާބު ކުރަން ޖެހޭއިރު އާންމު މަޖިލީހުގެ ދައުރު ފެށުމުގެ ތިން މަސް ކުރިން މަގާމުތަކަށް މެމްބަރުން އިންތިހާބުކުރަން ޖެހެ އެވެ.

މި އިންތިހާބު ކާމިޔާބުކޮށް އާއްމު މަޖިލީހުގެ ރައީސްކަން ހޯދުމުގެ ކެމްޕެއިނަށް މި އަހަރު ރާއްޖޭގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ކަނޑައެޅި އެވެ.

އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަމްލައި ރަސޫލް.--

އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަމްލައި ރަސޫލް.--

ރާއްޖެއާ ގާތް ގުޅުމެއް ބާއްވާ އިންޑިއާ އާއި ސައުދީ އަރަބިއްޔާގެ އިތުރުން ގިނަ ގައުމުތަކަކުން ވަނީ އާންމު މަޖިލީހުގެ ރައީސްކަން ރާއްޖެ އަށް ދިނުމަށް ތާއީދުކުރާނެ ކަން ކުރިން ވަނީ ހާމަކޮށްފަ އެވެ. އެ ގައުމުތަކުން ވެސް ރާއްޖެ އަށް މިރޭ ވޯޓު ދީފައިވެ އެވެ. އެކި ގައުމުތަކުގެ ތާއީދު ހޯދަން ފޮރިން މިނިސްޓަރު ޝާހިދު ވަނީ ގިނަ ގައުމުތަކަކަށް ދަތުރުކުރައްވައި ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

76 ވަނަ އާއްމު މަޖިލީހަށް ރައީސަކު އިންތިހާބު ކުރުމަށް އ.ދ ގައި މިހާރު ކުރިއަށް ދާ ޖަލްސާ

76 ވަނަ އާއްމު މަޖިލީހަށް ރައީސަކު އިންތިހާބު ކުރުމަށް އ.ދ ގައި މިހާރު ކުރިއަށް ދާ ޖަލްސާ

އާންމު މަޖިލީހުގެ ރައީސްކަން ކުރާ ގައުމެއްގެ ގޮތުން އެ މަޖިލީހުގައި އެޖެންޑާކުރާނެ މައްސަލަތަކަށް ބަދަލު އަންނަކަން ފާހަގަވެފައިވެ އެވެ. ސާކް ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ދިވެހިރާއްޖެ އާއި ނޭޕާލާއި ބޫޓާން ފިޔަވައި އެހެން ގައުމުތަކުން މީގެ ކުރިން ވަނީ އާންމު މަޖިލީހުގެ ރައީސްކަން ކޮށްފަ އެވެ.

އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ވާދަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޚާރިޖީ ސިޔާސަތުގެ ދަށުން، ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ބަދަހިކުރުމުގެ މަސައްކަތުގެ ބައެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ.

ރާއްޖޭން ވަނީ އދ.ގެ އެންމެ ބާރުގަދަ ކައުންސިލް، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަށް ވާދަކުރަން ވެސް ނިންމައިފަ އެވެ. އެއީ 2023-2025 އަށް ދެމިގެންދާ ދައުރަށެވެ. އެ އިންތިހާބު އޮންނާނީ 2022 ގަ އެވެ.