Roadha Mihaaru
ރާއްޖެއިން ދެކެނީ އދ.އިން ސުލްހަ ކަށަވަރުކުރާ ކަމަށް

ރާއްޖެއިން އަބަދުވެސް ދެކެމުން އައީ އދ.އަކީ ސުލްހަ ކޮށްދޭ ފަރާތެއްގެ ގޮތުގައި: ޝާހިދު

24 އޮކްޓޯބަރ 2019

އދ. އަށް 74 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭން އެ ޖަމާއަތުގެ އުސޫލުތަަކާއި އަގުތައް ދަމަހައްޓަން ރާއްޖޭން ވެފައިވާ ވައުދު އާކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އދ. އަށް 74 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭން އެ ޖަމާއަތުގެ އުސޫލުތަަކާއި އަގުތައް ދަމަހައްޓަން ރާއްޖޭން ވެފައިވާ ވައުދު އާކޮށްފި އެވެ.

އދ. އަށް 74 ފުރުމާ ގުޅިިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި އދ.ގެ އުސޫލުތައް ސިފަކުރެެއްވީ އިންސާނިއްޔަތު އެއްބައިވަންތަކޮށްދޭ އުސޫލުތަކަކާއި އަގުތަކެއްގެ ގޮތުގަ އެވެ. ޓްވީޓްގައި ޝާހިދު ވިދާޅުވީ އދ. އަކީ ސުލްހަ އާއި ހަމަހަމަކަމާއި އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމާއި ގާނޫނީ ހުކޫމަތު ދެމެހެއްޓުމުގެ ކަށަވަރުކަން ދޭ ޖަމިއްޔާއެއްގެ ގޮތުގައި ރާއްޖެއިން އަަބަދުވެސް ދެކެމުން އަންނަ ކަމަށެވެ.

"ދިވެހިރާއްޖެއިން އަބަދުވެސް ދެކެމުން އައީ އދ. އަކީ ސުލްހަ، ހަމަހަމަކަން، ގާނޫނީ ހުކޫމަތު، އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކުރުން ކަށަވަރުކޮށްދޭ ފަރާތެއްގެ ގޮތުގައި،" ޓްވީޓްގައި ޝާހިދު ވިދާޅުވި އެވެ.

އދ. އުފެދުނީ 1945 ވަނަ އަހަރުގެ އޮކްޓޯބަރު 24 ގަ އެވެ. އެއީ އެ ޖަމިއްޔާ އުފެދުނު ދުވަސް ކަމަށް ބަލަނީ އެ ޖަމިއްޔާގެ ޗާޓަރު އެކުލަވައިލި ދުވަސް ކަމަށް ވާތީ އެވެ. އެ ދުވަސް ފާހަގަ ކުރަން ކަނޑައެޅީ 1971 ވަނަ އަހަރު އާއްމު މަޖިލީހުން ފާސްކުރި ގަރާރަކުންނެވެ. ރާއްޖެ އދ.ގެ މެމްބަރަކަށްވީ 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު 21 ގަ އެވެ.

އދ. އުފެދުން ދުވަހަކީ ބައެއް މެމްބަރު ގައުމުތަކުަގައި ބަންދު ދުވަހެކެވެ. އަދި އެ ދުވަސް ފާހަގަކުރަން ބައްދަލުވުންތަކާއި އެގްޒިބިޝަންތައް ފަދަ ގިނަ ހަރަކާތްތަކެއް ހިންގަ އެވެ.