ވަކި ސަބަބެއް ނޭނގި އަމިއްލަ ނަފްސު ކުށްވެރިކުރެވޭ ހެއްޔެވެ؟ ކަންކަމާ މެދު އަމިއްލަ ނަފްސު ކުށްވެރިކުރެވެނީ ނުވަތަ ގިލްޓީ ވަނީ ކުރެވޭ ކަމަކާ ހެދި މީހަކާ ދޭތެރޭ ދެރަކޮށް ކަންތައް ކުރެވި، އަމިއްލަ ނަފުސު ކުށްވެރިކުރެވި އެކަމާ ހިތާމަ ކުރެވޭތީ ކަމަށް ވެދާނެ އެވެ.
14 ޖޫން 2021
ވަކި ސަބަބެއް ނޭނގި އަމިއްލަ ނަފްސު ކުށްވެރިކުރެވޭ ހެއްޔެވެ؟ ކަންކަމާ މެދު އަމިއްލަ ނަފްސު ކުށްވެރިކުރެވެނީ ނުވަތަ ގިލްޓީ ވަނީ ކުރެވޭ ކަމަކާ ހެދި މީހަކާ ދޭތެރޭ ދެރަކޮށް ކަންތައް ކުރެވި، އަމިއްލަ ނަފުސު ކުށްވެރިކުރެވި އެކަމާ ހިތާމަ ކުރެވޭތީ ކަމަށް ވެދާނެ އެވެ.
"ސައިކޮލޮޖީ ޓްޑޭ" ވެބްސައިޓުގެ ލިޔުންތެރިޔާ، ސައިކޮލޮޖިސްޓް ސޫސަން ކޮލޮޑް ބުނެފައިވާ ގޮތުގައި ފަރުވާ ހޯދަން އޭނާ ގާތަށް އައިސްފައިވާ ގިނަ މީހުންނަކީ ކުރެވުނު ނުވަތަ ކުރެވެނީ ކީއްކަން ނޭނގި އަމިއްލަ ނަފްސާ މެދު ގިލްޓީ ފީލްވާ މީހުންނެވެ. އެމީހުން ބުނާ ގޮތުގައި އެ މީހުންގެ ފަރާތުން ބަޔަކަށް ދެރައެއް ދެވޭކަމުގެ އިހްސާސްވާ ވަނީ އެވެ. އެއީ ކަމެއް ކުރެވިގެން ނުވަތަ ކުރެވިފައި އޮވެދާނެ ކަމަށް ހީކޮށްގެންނެވެ.
މިސުވާލުތަކަށް ޖަވާބެއް ދިނުމުގެ ގޮތުން އޭނާ ވަނީ ބައެއް ކަންކަން ފާހަގަކޮށް ކިޔައިދީފަ އެވެ.
ގިނަ މީހުން ހަސަދަވެރިވުން މާނަކޮށްފައި އޮންނަނީ "ޖެލެސީ" ގެ ގޮތުގަ އެވެ. ނަމަވެސް ހަގީގަތުގައި މި ދެކަމަކީ ވެސް އޭގެ ޒާތުގައި އެއްގޮތް ދެކަމެއް ނޫނެވެ. ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް މި ދެކަމުގައި ވެސް ހުރެ އެވެ. ޖެލެސީ އަކީ އެ މީހެއްގެ އެއްޗެއް އެހެން މީހަކު "ޖަހައިގެންފާނެތީ" އެ އުޅޭ އުޅުމެވެ. އަދި ހަސަދަވެރިވުމުގެ އަސްލު މާނަ އަކީ އެހެން މީހެއްގެ އެއްޗެއް ބޭނުންވެގެން އުޅޭ ނޭދެވޭ ގޮތެވެ.
އަހަރެމެންގެ ތެރެއިން ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މީހަކު ތިމާއަށް ހަސަދަވެރިވާންޖެހޭ ސަބަކަކަށް ވަނީ ހަމަ ތިމާ މީހާ އެވެ. ދިރިއުޅުމުގައި ތިމާ އަކީ ނަސީބު ރަނގަޅު، ރީތި، އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ މީހަކަށް ވެފައި، މަޝްހޫރު އަދި ކާމިޔާބުވާ ނަމަ އާއިލާ މީހުންނާއި ގާތްތިމާގެ މީހުންގެ ހަސަދަވެރިވުން ބޮޑުވާނެ އެވެ.
އެހެން ބައެއްގެ ހަސަދަވެރިވުމަކަށް ތިމާ ވެއްޖެ ނަމަ، އަމިއްލަ ނަފްސާ މެދު ސުވާލުއުފެއްދެން ފަށާނެ އެވެ. ކުރެވުނީ ކޮންކަމެއްކަން ނޭނގި އެކަމާ ދޭތެރޭ ވިސްނޭނެ އެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވެން ފަށާނެ އެވެ.
"ސައިކޮލޮޖީ ޓުޑޭ" ގައި ކިޔައިދީފައިވާ ގޮތުގައި މީހަކު ކޮވިޑް ވެކްސިން ޖެހުމަށް ފަހު، އެ ވާހަކަ އޭނާގެ ރައްޓެއްސެއް ގާތު ބުނުމުން، އެއީ ނުހައްގުން ހޯދި ވެކްސިނެއް ކަމަށާއި ވެކްސިންގެ ހައްގުކަން މާބޮޑު މީހުން އެބަ އުޅޭ ކަމަށް ބުނެ ވާހަކަ ދެއްކުމުން ވެސް އަމިއްލަ ނަފްސު ކުށްވެރިކޮށް އެކަމާ ފިކުރުކޮށް ބަލިވާ ހިސާބަށް ދިޔަ މީހުން އުޅެ އެވެ. މާނަ އަކީ ކަމަކަށް ނުވާ ކަމެއްގައި ވެސް އެހެން މީހުން ދައްކާ ވާހަކައިން ނުވަތަ އެހެން މީހުން ދައްކާ ވާހަކަ ތިމާ އަށް ގަބޫލުކުރެވޭ ގޮތެއްގެ ސަބަބުން ވެސް އަމިއްލަ ނަފްސު ކުށްވެރިކުރެ އެވެ.
މިހެން ދިމާވުމަކީ ވަރަށް ހިތްދަތި އަދި ވަރަށް ބޮޑު އޮޅުންތަކެއް އަރާ ކަމެކެވެ. މީހަކު ހަސަދަވެރިވާންޖެހޭ އަމާޒަކަށް ތިމާ ވުމަކީ ކުޑަ ކަމެއް ނޫނެވެ. އެކަމަކު ގަބޫލުކުރަންވީ ކަމަކީ ތިމާގެ ކިބައިން ކަމެއް ނުފެނުނު ކަމުގައިވިއަސް އެހެން މީހަކު ތިމާއަށް ހަސަދަވެރިވެދާނެ ކަމެވެ. އެހެންވެ މީހަކު ހީކޮށްފާނެ ގޮތަކާ މެދު ފިކުރު ކުރުމުގެ ބޭނުމެއް ކޮބައިހެއްޔެވެ؟
ޓޮމް ހޮލެންޑު ކުޅުނު ރޯލަކު އޭނާއަށް ފުން އަސަރެއް
ޑރ. ނާޒްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް
އެސްކަލޭޓަރަށް އަރަން ނުކެރޭ ނަމަ ފަރުވާ ހޯދިދާނެ
ފަރުވާ ނުދެވި ބަލި އިތުރަށް ބޮޑުވުމުގެ ބިރު!
ސްކޫލަށް ނުދާތާ ހަ މަސް، ކުދިންގެ އުޅުމަށް ބަދަލު!
ނަފްސާނީ މައްސަލަތައް ދެގުނަ އަށް އިތުރުވެއްޖެ
ލޮކްޑައިންގައި ނަފްސާނީ އެހީ މި ވައިބާ ގްރޫޕުން
ސައިރިކްސް ކޮލެޖުން ސައިކޮލޮޖީގެ ޑިގްރީ ކޯހެއް ފަށަނީ
"ތިބާ ސައިކޮލޮޖީ" ސެންޓަރު ހުޅުވައިފި
ނަފްސާނީ ބަލީގެ ފަރުވާ އެހެން ހަރުފަތަކަށް!