ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ގުޅައިގެން މަކަރާއި ހީލަތުން 60،000 އަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގެ ތުހުމަތަށް ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ގުޅައިގެން މަކަރާއި ހީލަތުން 60،000 އަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގެ ތުހުމަތަށް ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ، އުމުރުން 34 އަހަރުގެ ދިވެހި އެ ފިރިހެންމީހާ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު ކަމަށާއި އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ. ނަމަވެސް އެ މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ބީއެމްއެލްގެ ނަމުގައި ފޯނުން ގުޅައި، އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއްގެ ތުހުމަތަށް މީހަކު ހަައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނިއިރު، މިފަދަ މައްސަލަތައް ރާއްޖޭގައި އުޅޭތާ ކިތަންމެ ދުވަހެކެވެ. އެކަމަކު، ބީއެމްއެލް އާއި ދިރާގު ފަދަ ކުންފުނިތަކުގެ ނަމުގައި އެކި މީސްމީހުންނަށް ގުޅައިގެން ބޮޑެތި އަދަދުތަކުން ބަޔަކު ފައިސާ އަތުލަމުން ދާއިރު، އެކަން ހުއްޓުވައި، އެކަން ކުރާ ބަޔަކާ މެދު ފިޔަވަޅު ނޭޅޭ މައްސަލަ ވަރަށް ބޮޑެވެ. އެފަދަ މީސްމީހުންގެ ޝިކާރައަކަށް ރާއްޖޭގައި އެތައް ބަޔަކުވެ، ބައެއް ފޯނު ކޯލްތައް ރެކޯޑުކޮށް، ލީކު ވެސް ކޮށްފައި ވެ އެވެ.
ސްކޭމް ހިންގައިގެން ވިޔަފާރިކުރާ ދެ މީހަކު ހައްޔަރު
ހިޔާނާތްވީ 4.9 މިލިއަނަށް، މައްސަލަ ފުލުހަށް
އެއާޕޯޓުން ފޭރުނު 'އެންމެ ޑޮލަރެއް' ވެސް އަދި ނުފެނޭ
ޑޮލަރު ފޭރުމުގެ ތުހުމަތުވާ މީހުންގެ ވަނަވަރު ހާމަކޮށްފި
ހައްޔަރުކުރި މީހުން ޑޮލަރު ގުނާތަން ސީސީޓީވީއަށް ފެނޭ!
އެއާޕޯޓުން ޑޮލަރު ފޭރުނު މީހުން ދިޔައީ ހުރައަށް!
އެއާޕޯޓުގައި ބިރުދައްކައި ފޭރިގަތީ 100،000ޑޮލަރު
ފޭރިގަތީ ފުރާ މީހުންނަށް ދޫކުރަން ގެންދިޔަ ޑޮލަރު!
މޫނު ނިވާކޮށްގެން ތިބި ބަޔަކު ފައިސާތަކެއް ފޭރިގެންފި
މާލީބަޣާވަތުގެ ތުހުމަތަށް މީހަކާ ސުވާލެއް ނުކުރޭ:ޕޮލިސް