Roadha Mihaaru
ދެބާރުގެ ވެރިންނަށް ގެ ހަމަޖައްސަން ކޮމިޓީން ފާސްކޮށްްފި

އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސަށް ގެ ހަމަޖައްސަން ކޮމިޓީން ފާސްކޮށްފި

14 ޖޫން 2021

އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިިލީހުގެ ރައީސް ދިރިއުޅުއްވާނެ ތަނެއް ދައުލަަތުން ހަމަޖައްސައިދޭ ގޮތަށް ގާނޫނުތައް ބަދަލުކުރަން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ރޭ ފާސްކޮށްްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިިލީހުގެ ރައީސް ދިރިއުޅުއްވާނެ ތަނެއް ދައުލަަތުން ހަމަޖައްސައިދޭ ގޮތަށް ގާނޫނުތައް ބަދަލުކުރަން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ރޭ ފާސްކޮށްްފި އެވެ.

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ރަސްމީ ގެއެއް ހަމަޖެއްސުމަށް ޓަކައި ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލާއިި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރަސްމީ ގެއެއް ހަމަޖައްސަން މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީން ފާސްކުރީ މާބޮޑު ބަދަލެއް ނުގެނެހެވެ.

ދެބިލަށް ވެސް ކޮމިޓީން ގެނަައި ކުދި ކުދި ބަދަލުތަކުގެ ތެރޭގައި "ރަސްމީ ގެކޮޅު" ގެ ބަދަލުގައި "ދިރިއުޅުއްވާނެ ތަނެއް" މި ގޮތަށް ބަދަލުކުރުން ހިމެނެ އެވެ. ބިލު ދިރާސާކުރަން އެކުލަވާލި ސަބްކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ގޭގެ ބަދަލުގައި ތަނެއް ކަމަށް ކަނޑައަޅަން ނިންމީ އެއީ ގެއެއްގެ ބަދަލުގައި [ފްލެޓެއް ކަހަލަ] ތަނެއް ވެސް ހަމަ ޖެއްސޭ ގޮތަށް ހުޅުވާލާފައި ބޭއްްވުމަށް ކަމަށެވެ. އެކަމަކު އެގޮތަށް އޮތުމުން ގެއެއް ވެސް ހަމަޖެއްސިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިލަށް ގެނައި އަނެއް ބަދަލަކީ އެ ތަނުގައި އުއްތަމަ ފަނޑިޔާރުގެ އަރިހުގައި ދިރިއުޅެވޭނެ ފަރާތްތައް ކަނޑައަޅާފައިވާ މާއްދާއަށް އަަކުރެއް އިތުރުކޮށް އެކަން އިތުރަށް ތަފްސީލްކުރުމެވެ. ސަރުކާރުން ބިލު ހުށަހެޅި އިރު އޮތީ އުއްތަމަ ފަނޑިޔާރުގެ ދަރިންނާއި މައިންބަފައިން އަދި އަނބި/ފިރިންނަށް އެތަނުގައި ދިރިއުޅެވޭނެ ކަމަށެވެ. ކޮމިޓީން އިތުރުކުރި އަކުރުގައި އޮތީ އުމުރުން 18 އަހަރު ނުވާ ދަރިންނާއި 18 އަހަރު ފުރުނު ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ދަރިންނާއި ކައިވެނި ނުކުރާ ދަރިންނަށް ދިރިއުޅެވޭނެ ކަމަށެވެ.

އިމްތިޔާޒް ވިދާޅުވިގޮތުގައި ސަބްކޮމިޓީން އެ ބަދަލު ގެނައީ ރައީސުލް ޖުމްހޫރިއްޔާގެ ގާނޫނާ އެއްގޮތް ކުރުމަށް ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލު، ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީން ފާސްކުރީ ސަބްކޮމިޓީން ގެނައި ގޮތަށެވެ. މަޖިލީހުގެ ރައީސް ދިރިއުޅުއްވާނެ ގެއެއް ހަމަޖައްސަން ހުށަހެޅި ބިލަށް ވެސް ސަބްކޮމިޓީން ގެނައީ ހަމަ މި ބަދަލުތަކެވެ. ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެ ބިލް ވެސް ފާސްކުރީ ސަބްކޮމިޓީން ގެނައި ގޮތަށެވެ.